Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބަޖެޓް ޚަރަދު

އޮގަސްޓް 13 ގެ ނިޔަލަށް އާމްދަނީއަށް ވުރެ އިތުރަށް 950 މިލިއަން ރުފިޔާ ޚަރަދުކޮށްފި

20 އޯގަސްޓު 2026 | ބުރާސްފަތި 16:52

މި އަހަރުގެ އޮގަސްޓް 13 އާ ހަމައަށް ދައުލަތަށް 27.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް ވަނީ ޖީއެސްޓީން ލިބުނު 10.7 ބިލިއަން ރުފިޔާ. ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއާއި އާސަންދައަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޚަރަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 30 އިންސައްތަ ދަށްވެފައި

ރާއްޖެ އެމްވީ | 20 އޯގަސްޓު 2026 | ބުރާސްފަތި 16:52
މިނިސްޓަރ އޮފް ފައިނޭންސް ޙަސަން ޒަރީރު (ކ)

މިނިސްޓަރ އޮފް ފައިނޭންސް ޙަސަން ޒަރީރު (ކ) | ފިނޭންސް މިނިސްޓްރީ

ފައިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ޖުމްލަ ޚަރަދު ވަނީ 28.1 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފަ އެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން މިހާތަނަށް 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއް ނުވަތަ ދަރަނި އުފެދިފައިވާކަން ރިޕޯޓުން ދައްކަ އެވެ.

މިއީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 23.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 19.3 އިންސައްތައިގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވަނީ ހާމަކޮށްފަ އެވެ. 

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 10.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 460.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 24.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި 9.4 ބިލިއަން ރުފިޔާގެ ޚަރަދާއި، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް ހޭދަވި 15 ބިލިއަން ރުފިޔާ ހިމެނެ އެވެ. ހިންގުމުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން ސަބްސިޑީއަށް 3,5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އާސަންދައަށް 1.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ޖުމްލަ 3.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން އުމުރާނީ ތަރައްގީގެ މަޝްރޫއުތަކަށް 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި އިމާރާތްކުރުމަށް ކުރި 1.2 ބިލިއަން ރުފިޔާގެ ޚަރަދާއި، މަގުތަކާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ކުރި 864.1 މިލިއަން ރުފިޔާގެ ޚަރަދު ހިމެނެ އެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިގްތިސާދީ ދާއިރާގެ މަޝްރޫއުތަކަށެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، (ޕީއެސްއައިޕީ) އަށް 3.6 ބިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު މިއީ، 2025 ވަނަ އަހަރު ޚަރަދުކުރި 5.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތުގެ އިދާރާތަކުން ބަޖެޓް ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 3.2 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން 2.4 ބިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފަ އެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2.1 ބިލިއަން ރުފިޔާ އަދި ފުލުހުންގެ ޚިދުމަތުން 1.6 ބިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފަ އެވެ.

ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު، 2026 އޮގަސްޓް 10 ގެ ނިޔަލަށް ދައުލަތުން ވިއްކާފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު ވަނީ 99 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލްތަކެވެ. އެގޮތުން 41.4 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކާފައިވާއިރު، މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހިއްސާކުރަނީ ވިޔަފާރި ބޭންކުތަކުންނެވެ. މީގެ އިތުރުން 33.7 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑާއި 13.1 ބިލިއަން ރުފިޔާގެ ޔޫއެސް ޑޮލަރު ޓްރެޜަރީ ބޮންޑު ވެސް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުދައުލަތުގެ މާލިއްޔަތު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެސްއޯއީތަކުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ދެނެގަނެ ލަފާދޭނެ މީހަކު ހޯދަނީ، މުސާރަ 46،000 ރުފިޔާ!

05 އޯގަސްޓު 2026
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެސްއޯއީތަކުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ދެނެގަނެ ލަފާދޭނެ މީހަކު ހޯދަނީ، މުސާރަ 46،000 ރުފިޔާ!
02 އޯގަސްޓު 2026

ޖުލައި 23 އަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ

02 އޯގަސްޓު 2026
ޖުލައި 23 އަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ
02 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި

02 އޯގަސްޓު 2026
ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި
02 އޯގަސްޓު 2026

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!

02 އޯގަސްޓު 2026
މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!
30 ޖުލައި 2026

ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!

30 ޖުލައި 2026
ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
22 ޖުލައި 2026

ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ

22 ޖުލައި 2026
ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް