Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރީއަތްކުރުން

ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ އިންސާނީ އަސާސީ ޙައްގެއް، އެ ހައްގު ހަންޏެއް ނުކުރެވޭނެ: މެމްބަރު ނަޝީދު

14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 15:58

ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން އެމީހެއްގެ ހާޒިރުގައި ޝަރީޢަތްކުރެވުން އެއީ ހައްގެއް ކަމަށް ބުނެފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 15:58
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ޖިނާޢީ ދަޢުވާގެ ޝަރީޢަތް ކުރެވޭހިނދު، ދަޢުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، އިންސާނީ އަސާސީ ޙައްޤުތަކުގެ ތެރެއިން ރައްކާތެރިކުރެވިގެންވާ ޙައްޤެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލް ނަޝީދު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވަނީ ދަޢުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. ނަޝީދު މި ގޮތައް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގެ ޝަރީއަތް އޭނާއާ ނުލާ ހިންގުމަށްފަހު ހުކުމްކޮށްފައިވަނިކޮށެވެ.

Advertisement - newsAdvertisement
"މި ( ދައުވާ ލިބޭ މީހާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ) ޙައްޤުގެ ފެށުން ގުޅިފައިވަނީ، އިންސާނީ ޙައްޤުތަކުގެ އާލަމީ ޤަރާރުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއެވެ. ޖިނާޢީ ދަޢުވާއެއް ކުރެވޭހިނދު، އެ ދަޢުވާ ރައްދުވާ މީހާއާމެދު ޢަދުލުވެރި އަދި ހަމަހަމަކަމާއެކު ޝަރީޢަތް ހިންގުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނާ ހިސާބުންނެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.

ފެއަރ ޓްރަޔަލް ރައިޓްސް ނުވަތަ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު ތަކުގެ ތެރެއިންވެސް އެންމެ އަސާސީ އެއް ޙައްޤަކީ، އިކުއަލިޓީ އޮފް އާރމްސްގެ އުސޫލު ކަމަށާއި އެ އުސޫލުގެ ތެރޭގައި، ތިމާގެ ހާޒިރުގައި ދަޢުވާ ކުރިއަށް ގެންދިޔުމާއި، ވަކީލެއްގެ އެހީތެރިކަން ލިބުމާއި، އަމިއްލައަށް ނުވަތަ ވަކީލެއް މެދުވެރިކޮށް ދަޢުވާއިން ދިފާޢުވުމާއި ޖަވާބުދާރީވުމަށް މަސައްކަތްކުރުމާއި، ތިމާއާ ދެކޮޅަށް ހެކިބަސް ދޭ މީހުންނާއި ސުވާލުކުރުމާއި ހުށަހެޅޭ ހެއްކަށް ޗެލެންޖުކުރުމުގެ ޙައްޤު ލިބިގެންވުން ހިމެނޭ ކަމަށްވެސް ފާހަގަ ކުރައްވާފައިވާފައިވެ އެވެ.

އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ޤާނޫނުއަސާސީގެ 42 (ހ) އިން، އަދި، ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު 42 ގެ (ށ) އިން ކަށަވަރުކޮށްފައިވާއިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން އެމީހެއްގެ ހާޒިރުގައި ޝަރީޢަތްކުރެވުން އެއީ ހައްގެއް ކަމަށް ބުނެފައިވޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އިކުއަލިޓީ އޮފް އާރމްސް އުސޫލުގެ ތެރޭގައި، ތިމާގެ ހާޒިރުގައި ދަޢުވާ ކުރިއަށް ގެންދިޔުމާއި، ވަކީލެއްގެ އެހީތެރިކަން ލިބުމާއި، އަމިއްލައަށް ނުވަތަ ވަކީލެއް މެދުވެރިކޮށް ދަޢުވާއިން ދިފާޢުވުމާއި ޖަވާބުދާރީވުމަށް މަސައްކަތްކުރުމާއި، ތިމާއާ ދެކޮޅަށް ހެކިބަސް ދޭ މީހުންނާއި ސުވާލުކުރުމާއި ހުށަހެޅޭ ހެއްކަށް ޗެލެންޖުކުރުމުގެ ޙައްޤު ލިބިގެންވުން ހިމެނޭ ކަމަށްވެސް އެ ބްލޮގުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވެފައިވަނީ ތިމާގެ ޙާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށްވާއިރު އެ ޙައްޤު ޤާނޫނުއަސާސީން އެހެން ލިބިދީފައި އޮއްވައި، ޤާނޫނަކުން ނޫންގޮތަކަށް އެ ޙައްޤު ހަންޏެއް ނުކުރެވޭނެއެވެ. އަދި، ނުވެސް ހިފެހެއްޓޭނެއެވެ. އަދި 2ޖުލައި 2017 ގައި ޢަމަލުކުރަންފެށި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު މެދުވެރިކޮށް، ތިމާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު، ބައެއް ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި ހިފެހެއްޓެން އޮތް ނަމަވެސް އެ ޤާނޫނުގެ އެއްވެސް މާއްދާއަކުން، އެ ޙައްޤު އެއްވެސް މިންވަރަކަށް ހަނިކޮށްފައެއް ނުވަތަ ހިފަހައްޓާފައެއް ނެތެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުން ކަނޑައަޅައިދޭ ދަޢުވާގެ ނިޒާމު ބިނާކޮށްފައިވަނީ، އަދި ހުރިހާ މާއްދާއެއްވެސް ލިޔެ އެކުލަވާލާފައިވަނީ، ތިމާގެ ޙާޒިރުގައި ޝަރީޢަތްކުރުމުގެ ޙައްޤު އެއީ އޮތް ޙައްޤެއްކަމަށް ބަލައިގެން ކަމަށް އެ ޙައްޤަށް ދިރުން ލިބޭގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.

"މިސާލަކަށް އަންނަނިވި މާއްދާ ފުދެއެވެ. 156 (ރ) ގައިވާގޮތުން، ދަޢުވާ ލިބޭމީހާ ޙުކުމް އިއްވާއިރު ޝަރީޢަތުގެ މަޖިލީހުގައި ހުންނަންޖެހޭކަން ފާހަގަކޮށްފައިވާކަމާއި، އޭނާ އެވަގުތު ހުންނަންވީ ގޮތްވެސް އެ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ." ނަޝީދު ލިޔުއްވާފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް