Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤަޟާއީ އަހަރު 2026

މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، ޚާއްސަ އިދާރާއެއް އުފައްދަން ޖެހޭ: އުއްތަމަ ފަނޑިޔާރު

ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރާނެ ޚާއްސަ އިދާރާއަކާއި ގާނޫނީ އޮނިގަނޑެއް އޮވެއްޖެ ނަމަ އެކަމުގެ ސަބަބުން އިޖުތިމާއީ ހަމަޖެހުން ގާއިމްވެ، އިންވެސްޓަރުންގެ އިތުބާރު ލިބުމުގެ އިތުރުން އާއިލީ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ފެބުރުއަރީ 2026 | ހޯމަ 04:20
"ޤަޟާޢީ އަހަރު 2026" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޤަޟާޢީ އަހަރު 2026" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، އެކަމަށް ޚާއްސަ އިދާރާ އެއް ބޭނުންވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޤަޟާއީ އަހަރު އިފުތިތާހު ކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޣަނީ ވަނީ މަދަނީ އަދުލުގެ ނިޒާމަކީ ވަރަށް ފުޅާ ނިޒާމެއް ކަމަށް ފާހަގަކުރައްވާފަ އެވެ. އެ ނިޒާމްގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ޙުކުމްތަކެއް ކުރާ އިރު އެ މައްސަލަތަކުގައި ކުރާ ހުކުމްތައް ފަނޑިޔާރުގެއިން ބޭރުން ނުވަތަ އެތެރެއިން ވިޔަސް ތަންފީޒު ކުރާނެ ޤާނޫނީ ހަރުދަނާ ނިޒާމެއް އޮތުން މުހިންމު ކަމަށް އަބްދުލްޣަނީ ވިދާޅުވި އެވެ. 

ކޯޓުތަކުން ކުރާ ޙުކުމްތަކުގެ ނަތީޖާ ހާސިލް ވާނީ އެ ހުކުމްތައް އެގޮތުގައި ތަންފީޒު ވެގެން ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

"މިއަދު މި ވަނީ މިފަދަ މެކޭނިޒަމްއަކަށް އިންތިހާ އަށް ބޭނުންވެފައި. މިފަދަ ޙުކުމް ތަންފީޒް ކުރާނެ ހަރުދަނާ ޤާނޫނީ އޮނިގަނޑަކާއި އެއްކޮށް، މިކަމަށް ޚާއްސަ އިދާރާ އެއް ޤާނޫނީ އޮނިގަނޑުގެ ބާރުވެރިކަމާއި އެކު މިއަދު ވަނީ އުފައްދަން ޖެހިފައި." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.  

ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރެވުމުން އިޖުތިމާއީ ހަމަޖެހުން ޤާއިމްވެގެން ދާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް ކޮމާޝަލް ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ ކަމަށެވެ.

ހަމައެހެންމެ ހުކުމްތައް ތަންފީޒުކުރުމުގެ ސަބަބުން އާއިލީ ހަމަނުޖެހުމުގެ ތެރެއިން އަނބިންނާއި ދަރިންގެ އިތުރުން މުސްކުޅި މައިންބަފައިންނާ މެދު ހިންގޭ ނޭދެވޭ އަމަލުތަކުން އެ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ކޯޓުތަކުން ކުރާ ހުކުމްތައް އެގޮތުގައި ތަންފީޒް ވުމަކީ  ފަނޑިޔާރު ގެއިން ދެކެމުންދާ  އުއްމީދީ ހުވަފެނެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

މީގެ އިތުރުން ލަސްވަމުންދާ މައްސަލަތައް އަވަސްކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް އުއްތަމަފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. ޝަރުއީ ދާއިރާ އަކީ އާއްމުންގެ އިތުބާރާއި ޔަގީންކަން އޮތް ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

އަބްދުލްޣަނީ މުޙައްމަދުމަދަނީ އަދުލުޖުޑިޝަރީޤަޟާއީ އަހަރު

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ، މިނިވަން މާހައުލެއް އޮތް ފަނޑިޔާރުގެ އެއް އޮވެގެން: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

08 ފެބުރުއަރީ 2026
އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ، މިނިވަން މާހައުލެއް އޮތް ފަނޑިޔާރުގެ އެއް އޮވެގެން: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
03 ފެބުރުއަރީ 2026

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ
06 ޑިސެމްބަރު 2025

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު