Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުއީ ދާއިރާ

އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބު ކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ، މިނިވަން މާހައުލެއް އޮތް ފަނޑިޔާރުގެ އެއް އޮވެގެން: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

8 ފެބުރުއަރީ 2026 | އާދީއްތަ 19:31

ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު ވަނީ ކޯޓުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަކީ ދައުލަތުގެ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވާފަ. މީގެ އިތުރުން، ކޯޓުތަކުގެ ހިންގުމާއި، ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ފެބުރުއަރީ 2026 | އާދީއްތަ 19:31
އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު, ޤަޟާއީ އަހަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު, ޤަޟާއީ އަހަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ | ސްކްރީން އިމޭޖް

އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބުކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ ފަނޑިޔާރުގެ އަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބެ، މަސައްކަތ ކުރެވޭނެ މިނިވަން މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ވެގެން ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޤަޟާޢީ ބަޔާން އިއްވަވަމުންނެވެ. އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ދައުލަތުގެ ހުރިހާ ބަހާތަކެއްގައި އަދުލުވެރިކަން ގާއިމް ކުރެވޭކަން ކަށަވަރުކުރުމުގެ މައްޗަށް ތަރުތީބުވެފައިވާ ބާރަކަށް ވާން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

"ރާއްޖޭގެ ޖުމުހޫރިއްޔާގައި ކޯޓުތަކުގެ މިނިވަންކަން ރައްކާތެެރިކޮށްދީ އެތަންތަނަކީ ކޮންމެ މީހަކަށް މައްސަލަ ހުށަހެޅޭ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްތަތް ކުރާ ތަންތަނަކަށް ހެދުމަކީ ދައުލަތުގެ އެންމެހާ ކަންކަން ހިންގެވުމާއި ހަވާލުވެ ތިއްބެވި އެންމެންގެ ޒިންމާ އެއް ކަމުގައި ބަޔާންކޮށްފައި ވަނީ މި މަގްސަދުގައި." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޯޓުތަކުގެ މަސައްކަތް ހަލުވި ކުރުމަށް، ޝަރުއީ ކޯޓުތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުށުގެ ރެކޯޑް ސާފުކުރުމަށް މެނުއަލްކޮށް ކުރަމުން އަންނަ މަސައްކަތް އެކަމަށް ޚާއްސަ ޑޭޓާ ބޭސް އެއް މެދުވެރިކޮށް ޒަމާނާއި އެއްހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތް ނިމުމުން ކުރިން ކުށުގެ ރެކޯޑް ސާފުކުރުމަށް ހޭދަވާ 7 ދުވަހުގެ މުއްދަތު 1 ދުވަހަށް ބަދަލުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ހުށަހަޅާ ބަޔާން ތާނަ އަކުރުން އަކުރަށް ލިޔުމުގެ މަސައްކަތުގެ ފޮނިމީރުކަން އަދި ނުލިބޭތީ މި މަސައްކަތް ވެސް ޚާއްސަ އިސްކަމެއް ދީގެން ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވާނީ އިރުޝާދު ދީފައި." ޢަބްދުލްޣަނީ ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ ބައެއް ދަތިތަކަށް އަލިއަޅުވާލައްވާފަ އެވެ. ކުރިން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މުރާޖައާ ނުވުމުގެ ސަބަބުން ގިނަ ދަތިތަކެއް ދިމާވި ކަމަށާއި ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ވެސް ބޮޑު މައްސަލަ އެއް ކަމަށް ވިދާޅުވި އެވެ.  

މީގެ އިތުރުން ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ކޯޓުތައް ހިނގާ ނިޒާމް ދެމެހެއްޓެނެވި ގޮތެއްގައި މޮނިޓަރ ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މުހައްމަދު އަބްދުލްޣަނީޖުޑީޝަލް އެޑްމިނިސްޓްރޭޝަންޤަޟާޢީ އަހަރު 2026ޖުޑިޝަރީޑީޖޭއޭ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2026

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ
06 ޑިސެމްބަރު 2025

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
18 ނޮވެމްބަރު 2025

ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

18 ނޮވެމްބަރު 2025
ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް
12 ނޮވެމްބަރު 2025

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

12 ނޮވެމްބަރު 2025
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ ހުކުމާއެކު އެނގިގެންދިޔައީ ވަކި ފަރާތަކުން އަންގާ ގޮތަށް ހުކުމް ކުރާކަން - މައުރޫފް

29 ސެޕްޓެމްބަރު 2025
ސައީދުގެ ހުކުމާއެކު އެނގިގެންދިޔައީ ވަކި ފަރާތަކުން އަންގާ ގޮތަށް ހުކުމް ކުރާކަން - މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް