Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައީދު އަށް ހުކުމް ކުރުން

ސައީދުގެ ހުކުމާއެކު އެނގިގެންދިޔައީ ވަކި ފަރާތަކުން އަންގާ ގޮތަށް ހުކުމް ކުރާކަން - މައުރޫފް

29 ސެޕްޓެމްބަރު 2025 | ހޯމަ 15:06

ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ޝަރީއަތް ކުރިއަށް ގެންދިޔައީ އެތައްހާސް މައްސަލަތައް ފުނިޖެހިފައި ހުއްޓާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ސެޕްޓެމްބަރު 2025 | ހޯމަ 15:06
އެމްޑީޕީ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު އަހުމަދު މައުރޫފް

އެމްޑީޕީ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު އަހުމަދު މައުރޫފް

ފެނަކައިގެން ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަށް އިއްވި ހުކުމާއެކު ޖުޑިޝަރީ މިނިވަން ނޫން ކަމާއި، ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުކުމް ކުރާކަން އެނގިގެން ދިޔަކަމަށް އެމްޑީޕީ ގެ ލީގަލް ޑިރަކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތަކާ މެދު ބޭއިންސާފުން ކަމެއްކުރާކަމުގައިވާނަމަ ނުވަތަ ދައުލަތުން އަނިޔާކުރާނަމަ އެވާހަކަ ދައްކާނެ ކަމަށެވެ. މައުރޫފް ވިދާޅުވީ ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްސަލައިގައި ތަހުގީގު ކުރެވުނު އިރުވެސް އަދި ޝަރީއަތް ކުރިއަށް ދިޔައިރު ވެސް ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ޝަރީއަތް ކުރިއަށް ގެންދިޔައީ އެތައްހާސް މައްސަލަތައް ފުނިޖެހިފައި ހުއްޓާ ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ އެތައް މައްސަލައެއް ހުއްޓާވެސް ސައީދުގެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމުން ވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި، އެއީ ޖުޑިޝަރީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްދާންޖެހޭނެ ކަމަށް ދެކޭތީ ޕާޓީ އިން ވެސް އަދި އެއްވެސް މީހަކުވެސް އެކަމާއި އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ. ނަމަވެސް ސައީދު އަށް އިއްވި ހުކުމާއެކު ޖުޑިޝަރީ މިނިވަން ނޫން ކަމާއި، ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުކުމް ކުރަން ފެށީ ކަން އެނގިގެން ދިޔަކަމަށް މައުރޫފް ވިދާޅުވިއެވެ.

ކޮށްފައި އޮތް ދައުވާއަށް ބަލާއިރުގައި، ދައުލަތުގެ ފަރާތުން ދައުވާ ކުރީ ޕްރޮސެކިއުޓަރ ޖެނެރަލް. ޕްރޮސެކިއުޓަރ ޖެނެރަލް އަދަބު ކަނޑައެޅުމުގެ މަރުހަލާގައި އެދުނު އަދަބަށްވުރެ މާބޮޑު އަދަބެއް ކަނޑައަޅާފައި މިއޮތީ. ދެން އެކަމާއި މެދު ވިސްނާލާ އިރު އިނގޭ އެއީ ދައުވާ ކުރާ ފަރާތުން އެދިގެން ނުވަތަ ދައުވާއާއި ގުޅިގެން ކަނޑައެޅުނު އަދަބެއް ނޫންކަން. އެއީ ސަރުކާރުން އަންގައިގެން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އަންގައިގެން ކުރި ހުކުމެއް ކަން އަޅުގަނޑުމެންނަށް އެބައިނގޭ.
އެމްޑީޕީ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު އަހުމަދު މައުރޫފް

މަައުރޫފް ވިދާޅުވީ މި މައްސަލައިގެ މާގިނަ ވާހަކަތަކެއް ދެކެވިފައިނުވާތީ ހަގީގަތް އޮޅިފައިވާ ކަމަށާއި، ސަރުކާރުން ގިނަ މީޑިއާތަކެއް ކޮންޓްރޯލް ކުރާ އިރު އެ މީޑިއާތަކުން ޕްރޮޕެގެންޑާ ފަތުރަމުން އަންނަ ކަމަށެވެ.

މައުރޫފް ވަނީ ބްލޭޒަން އާއެކު ހެދި އެއްބަސްވުމާއި ސެޓްލްމަންޓް އެގްރީމަންޓް ހަދަންޖެހެނު ސަބަބު ވެސް ތަފްސީލުކޮށްދެއްވާފައެވެ.

މުޅީ މައްސަލައަކީ ސައީދު މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނަވައިގެން ސޮއިކުރި ކަމަށް ބުނެ އެ ސޮއިކުރި ކުރުމަކީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކުރިކަމެއް ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއެއް. މި މައްސަލައިގައި އެކަމުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސައީދު މަގާމާއި ހަވާލުވުމުގެ މާ ކުރިން އެއްބަސްވުމެއް އެއީ ބަޔަކާއި ރިޓައިނާ ބޭސިސްގައި މަސައްކަތް ހަވާލުކުރަން. ދެން ބައެއްފަހަރު މަސައްކަތް ހަވާލުކޮށްފައި އަނެއްބައި ފަހަރު މަސައްކަތް ހަވާލުނުކޮށް އޮތީ. ސައީދު މަގާމާއި ހަވާލުވި އިރުގައި އެފަރާތުން ޝަކުވާ އަދި މައްސަލަ ފެނަކައިގައި ޖައްސަމުން ދިޔައީ އެއްބަސްވި އަގު އެފަރާތަށް ދޭން. ރިޓައިނާ ބޭސިސްގައި ހަވާލުކުރާ މަސައްކަތަކީ މަހުން މަހަށް ދޭންޖެހޭ އަގު މަސައްކަތެއް ހަވާލުކުރިޔަސް ނުކުރިޔަސް ދޭންޖެހޭ. ސައީދު މަގާމާއި ހަވާލުވުމަށްފަހު ވަކިގޮތެއް ނުނިމި ހުރި ގިނަ މައްސަލަތަކުގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރީ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓުގެ ލެވެލްގައި ހާއްސަކޮށް ލީގަލް ޑީޕާޓްމަންޓުގެ ލަފާ އެކީގައި. ސައީދު މަސައްކަތް ކޮށްފައި އޮތީ ގާނޫނާއި އެއްގޮތަށް ޒިންމާދާރުކަމާއެކީގައި އެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރަންޖެހޭ ގޮތަށް.
އެމްޑީޕީ ގާނޫނީ ވަކީލުންގެ ޓީމުގެ މެންބަރު އަހުމަދު މައުރޫފް

މައުރޫފް ވިދާޅުވީ މި މައްސަލައިގައި ކުންފުނީގެ ގާނޫނީ ލަފާ ހޯދާފައިވާ ކަމަށާއި، އެ ލަފާގައި ފާހަގަކޮށްފައި އޮންނަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާއެއް ކޮށްފި ނަމަ ފެނަކައިން މާބޮޑު އަދަދެއް ދައްކަންޖެހިދާނެ ކަމަށާއި، އެހެންކަމުން ކުންފުންޏަށް އެންމެ ރަނގަޅު ގޮތަކީ ސެޓަލްމެންޓް އެގްރީމެންޓެއްގައި ސޮއިކުރުން ކަމަށެވެ.

މައުރޫފް ވިދާޅުވީ ސެޓްލްމަންޓް އެގްރީމެންޓަކަށް ދިޔައީ ދޭން ޖެހޭ އަދަދުވެސް އެތައް ގުނައަކުން ކުޑަކުރުމަށްފަހު އިތުރު 17 މަސް ދުވަހު ކުންފުންޏަށް މަސައްކަތް ކޮށްދޭންޖެހޭ ގޮތަށް ކަމަށެވެ. އަދި ސައީދުގެ މައްޗަށް މި މައްސަލައިގައި ހުކުމް ކުރި ނަމަވެސް މިއީ ސައީދުގެ އެކަނި ނިންމުމެއް ނޫން ކަމަށާއި، ނިންމުން ނިންމުމުގައި ކުންފުނީގެ ގާނޫނީ ވަކީލުންގެ ލަފާވެސް ހޯދާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ފެނިގެންދިޔައީ ދައުލަތުން އެދުނު ވަރަށް ވުރެ ބޮޑު އަދަބެއް ކަނޑައެޅިގެން ދިޔަތަން ކަމަށާއި، ޝަރީއަތް ކުރިއަށް ދިޔަ އިރު ދިފާއީ ހެކިންގެ ގޮތުގައި ކުންފުނީގެ ކުރީގެ ލީގަލްގައި މަސައްކަތް ކުރި ފަރާތްތައް ހެކިބަސް ދީ، ސެޓްލްމަންޓް އެގްރީމެންޓަކަށް ދިއުމަށް ލަފާދިން ކަމަށް ހެކި ދިން ކަމަށާއި، ނަމަވެސް ފެނިގެން ދިޔައީ ކޯޓުން މި މައްސަލަ ސައީދުގެ މައްޗަށް ސާބިތުވާކަމަށް ނިންމި ކަމަށެވެ.

އަހުމަދު ސައީދު މުހައްމަދުއަހުމަދު މައުރޫފްފެނަކައެމްޑީޕީޖުޑިޝަރީކުރީގެ ރައީސުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
10 ޑިސެމްބަރު 2025

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

10 ޑިސެމްބަރު 2025
ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް