Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

18 ނޮވެމްބަރު 2025 | އަންގާރަ 08:02

އަންނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް 808 މިލިއަން ރުފިޔާގެ ހިލޭ ކަނޑައަޅާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ނޮވެމްބަރު 2025 | އަންގާރަ 08:02
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ކޯޓުތަކުގައި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާއިރު އެ މައްސަލަތައް އަވަހަށް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކުގައި ތިބިކަމާއި މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް 808 މިލިއަން ރުފިޔާގެ ހިލޭ އެހީ ކަނޑައަޅާފައިވާއިރު މި ސަރުކާރުން ޖުޑީޝަރީ މިނިވަން ކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement
މިހާރު ދިމާވާ މައްސަލައަކީ މައްސަލަތައް ނުހިނގާތީ. ނޫނީ މައްސަލަތައް ނިންމުމުގެ ގާބިލުކަން ތިބި ފަނޑިޔާރު ތިބިކަމާ ދޭތެރޭގަ އުފެދޭ ސުވާލު މައްސަލައަކީ. އެ ސުވާލަށް ޖަވާބު ލިބެނީ ކޯޓުތަކުން ނިންމާފަ ހުރި މައްސަލަތަކުގެ ތަފާސްހިސާބުން. ކޮމިޓީއަށް ލިބިފަ އެބަހުރި ކޯޓުތަކުން ނިންމާފަހުރި މައްސަލަތަކުގެ ތަފާސްހިސާބުތައް. މި ތަފާސްހިސާބުގެ ތެރެއިން ނިންމާފަ ހުރި މައްސަލައިގެ ތަފާސްހިސާބެއް ނޫން އަޅުގަނޑުމެން ބަލަން ވީ. ނުނިންމާ ހުރި މައްސަލަތަކަކީ ކޮބައިތޯ. ނުނިންމާ ހުރީ އެންމެ ބޮޑެތި މައްސަލަތައް،
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ މި ތަފާސްހިސާބުން ހާމަވަނީ މި މައްސަލަތައް ބަލައި، އެ މައްސަލަތައް ނިންމުމުގެ ގާބިލުކަން ފަނޑިޔާރުންގެ ކިބައިގައި ނެތް ކަން ކަމަށެވެ. އެހެންކަމުން އެފަދަ ބޮޑެތި މައްސަލަތައް ނިންމޭނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މި ފަހުން ފާސްކުރި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން، ކަމަށް ގާބިލު ނޫން ފަނޑިޔާރުން ވަކި ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފަ އެވެ. އެ އިސްލާހުގައި ވަނީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލު ކޮށްފަ އެވެ.

އަދި ފަނޑިޔާރުން އައްޔަނު ކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލު ކުރުމުގެ އުސޫލުތައް ކަނޑައެޅި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖައާ ކޮށްފައި ވެއެވެ.

އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލިސްދިއްގަރު ދާއިރާކޯޓުތައްޖުޑިޝަރީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް