Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ދާއިރާ

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ބަދަލުކުރި ހިސާބުން އެއްކޮށް އިތުބާރު ވަނީ ގެއްލިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 06:58
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ދުވަހަކީ ސަރުކާރުގެ ނުފޫޒު ފޯރުވުން ފެށުނު ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު އަމީން ފައިސަލް ވަނީ 17 ނޮވެންބަރު 2023 ގައި ރައީސް ކަމުގެ މަގާމު ހުވާ ކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ބާރުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މެންބަރު އަމީން ފައިސަލް ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް މި ނިމުނީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ހަގީގީ މާނައިގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ފެށި ދުވަސް ކަމަށާއި، މި ސަރުކާރުން ބޭނުންވާ ގޮތަކަށް ޝަރުއީ ދާއިރާ ބޭނުން ގޮތަކަށް ބައްޓަން ކުރަމުންދާ ކަމަށެވެ.

އަބަދުވެސް ޝަރުއީ ދާއިރާއަށް ޝައްކުގެ ނަޒަރުން ރައްޔިތުން ދެކޭކަން ފާހަގަ ކުރައްވައި މެންބަރު އަމީން ފައިސަލް ވިދާޅުވީ މިދިޔަ ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތާއި، ރައްޔިތުންނަށް ފެނުނު ރަނގަޅު މަންޒަރުތަކުން ކޮންމެވެސް ވަރަކަށް ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބެމުން ދިޔަ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ބަދަލުކުރި ހިސާބުން އެއްކޮށް އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު އަމީން ފައިސަލް ވިދާޅުވީ ޝަރުއީ ދާއިރާގެ ބަޖެޓު ބޮޑު ކޮށްދީފައިވާ ކަމަށާއި، މާލީ މިނިވަންކަން ދީފައިވާ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް މިނިވަންކަމާއެކު މަސައްކަތް ގާބިލް ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށާއި، ބައެއް ފަނޑިޔާރުން ވަކި ކުރަމުންދާ ކަމަށެވެ. މި ސަރުކާރަށް ކޮންޓްރޯލް ނުކުރެވޭ ބޭފުޅެއް ނަމަ އެ ހާލަތު ގެނެސްގެން ވެސް އެ ފަނޑިޔާރަކު ދުރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ރަނގަޅު މިސާލެއް. ވަގުތަށް މައްސަލައެއް އެޖެންޑާ ކުރެވޭނެތީ މި ޒަމާނުގައި ސިޓީއެއް ގެންގޮސްގެން އީމެއިލް ކުރުމުގެ ބަދަލުގައި ސިޓީއެއް ގެންގޮސްގެން ސަބްމިޓް ކޮށްގެން ސަކަރާތެއް ޖަހައިގެން ތިން ފަނޑިޔާރެއް މި ވަކި ކުރީ. އެއާ ގުޅުން ވެސް ނެތް ހާލަތެއް އުފައްދައިގެން. އެހެންވީމަ މިހާލަތުގައި މި ބޭފުޅުން ބޭނުންވާ ގޮތަށް މި ނިޒާމުގެ ތެރެއިން ކަންކަން ހިނގަންވާނެ ކަމަށް ދިވެހިން ގަބޫލުކޮށްގެން ތިއްބާ އެއަށް ނޫނެކޭ މިއޭ އެންމެ ރަނގަޅު ގޮތަކީ ކިޔާފައި ވަކި މަންޒަރެއް ދިވެހިންނަށް ދައްކާފައި ހަގީގަތުގައި މިބޭފުޅުން ބޭނުންވާ ގޮތަށް ޖުޑީޝަރީ ބައްޓަން ކުރުމުގެ ހާލަތްތަކެއް މިހާރު މިދަނީ. އެއްވެސް ހާލަތެއްގައި ޖުޑީޝަރީ މިނިވަންކޮށް އަތް ބޭނުން މި ބޭފުޅުންގެ ނުފޫޒު ފޯރުވުން ހަގީގަތުގައި އަދި މިފެށުނީ.
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މެންބަރު އަމީން ފައިސަލް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ދާއިރާ ހިންގަން ބޭނުންވަނީ މިހާރު ރައްޔިތުންގެ މަޖިލިސް ހިންގާ އުސޫލުން ކަމަށެވެ. އެއީ މިއަދު ރައްޔިތުންގެ މަޖިލީހަކީ ރައީސް އޮފީހުން ހިންގާ އޮފީހެއް ކަމަށާއި، ހުރިހާ ކޮމާންޑެއް އަންނަނީ ރައީސް އޮފީހުން ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުއަމީން ފައިސަލްޖުޑިޝަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު