Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ. ކިހާދޫ ޓިވެކް ސެންޓަރު

އެމްޑީޕީ ވެރިކަމުގައި ކިހާދޫގައި އިމާރާތް ކުރި ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ސިފައިންގެ މަރުކަޒަކަށް ބަދަލުކޮށްފި

މި ސެންޓަރު 2024 ގައި މާލީ ދަތިތަކެއް ހުރުމުގެ ސަބަބުން ހުއްޓާލުމަށް ފަހު ހަވާލުވާނޭ ފަރާތެއް ނެތި ވީރާނާވަމުން ދިޔަ. މި އިމާރާތުގައި އެ ރަށު 40 ރައްޔިތަކު ވަޒީފާ އަދާކުރަމުން ދިޔައިރު މިހާރު އެފަރާތްތަކުގެ ވަޒީފާ ގެއްލިފައިވާކަމަށް ކިހާދޫ ކައުންސިލް ރައީސް ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 16:05
2018 ވަނަ އަހަރު ބ.ކިހާދޫ ގައި ހުޅުވައިގެން އަމިއްލަ ފަރާތަކުން ހިންގަންފެށި ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު؛ އަހަރަކަށް ވުރެ ގިނަ ދުވަހު ތަން ވީރާނާ ވާން ބޭއްވުމަށް ފަހު މިސަރުކާރުން ވަނީ މި ތަން އެމްއެންޑީއެފް ގެ މަރުކަޒަކަށް ބަދަލުކޮށްފަ

2018 ވަނަ އަހަރު ބ.ކިހާދޫ ގައި ހުޅުވައިގެން އަމިއްލަ ފަރާތަކުން ހިންގަންފެށި ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު؛ އަހަރަކަށް ވުރެ ގިނަ ދުވަހު ތަން ވީރާނާ ވާން ބޭއްވުމަށް ފަހު މިސަރުކާރުން ވަނީ މި ތަން އެމްއެންޑީއެފް ގެ މަރުކަޒަކަށް ބަދަލުކޮށްފަ | ސޯޝަލް މީޑިއާ

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ބ. ކިހާދޫގައި އިމާރާތްކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ހަވާލުވާނޭ ފަރާތެއް ނެތި ވީރާނާވަމުން ދަނިކޮށް، އެތަން އެންމެ ފަހުން އެމްއެންޑީއެފްގެ މަރުކަޒަކަށް ބަދަލުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ބުނީ ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބުރު ގެންދާނީ ކިހާދޫ ސިފައިންގެ މަރުކަޒުގައި ކަމަށެވެ.

ބ. ކިހާދޫ ގައި 23500 (ތޭވީސް ހާސް ފަސް ސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި ޤާއިމްކޮށްފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އަކީ، ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން 4 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. އެ ރަށުގައި ހިންގި ޓިވެކް ސެންޓަރު މިހާރު ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ ގޮތުން ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އިތުރު ތަމްރީންތަކުގައި ބައިވެރިވާން ކުރިމަތިލި 66 ޒުވާނުން ވަނީ އިތުރު ތަމްރީނަށް ބުރާސްފަތި ދުވަހު ކިހާދޫ އަށް ގޮސްފަ އެވެ.

ނޭޝަނަލް ސާވިސް ގެ 66 ޒުވާނުން އިތުރު ތަމްރީނަށް ބ. ކިހާދޫ އަށް ފުރުން
ނޭޝަނަލް ސާވިސް ގެ 66 ޒުވާނުން އިތުރު ތަމްރީނަށް ބ. ކިހާދޫ އަށް ފުރުން

މީގެ ކުރިން ރާއްޖެ އެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވީ، 2018 ވަނަ އަހަރު ހުޅުވައިގެން އަމިއްލަ ފަރާތަކުން ހިންގަންފެށި މި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުގެ ހިންގުން 2024 ވަނަ އަހަރު ވަނީ، އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކަކާއި ހުރެ ހުއްޓާލާފަ ކަމަށެވެ. އޭގެ ފަހުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން މި ސެންޓަރު ހިންގުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައި ވީނަމަވެސް، އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މި ސެންޓަރު ހިންގުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށް ޝާފިއު ފާހަގަ ކުރެއްވި އެވެ.

އިމާރާތުގެ ބޭނުމެއް ނުހިފި ގިނަ ދުވަސް ވުމުގެ ސަބަބުން މި އަގުބޮޑު އިމާރާތް ވީރާނާ ވާން ފެށުމުން، މި ސެންޓަރާ ދޭތެރޭ ގޮތެއް ނިންމުން އަވަސް ކުރުމަށް އަދި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް މުއިއްޒަށް ކިހާދޫ ކައުންސިލުން ވަނީ މީގެ ކުރިން ފެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. މި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރަކީ ކިހާދޫ ގެ އިގްތިސާދީ ކުރިއެރުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިމާރާތަކަށް ވުމުން، ކިހާދޫ ކައުންސިލާ މި އިމާރާތް ހަވާލު ކުރުމަށް މީގެ ކުރިން ސަރުކާރުގައި އެދިފައިވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ވިސްނުމަކީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭ ގޮތަށް، އަލުން މި އިމާރާތުގެ ފައިދާ ރަށަށް ލިބިގެންދާނެ ގޮތަކަށް ކަންކަން ހަމަޖެއްސުން ކަމަށް ވެސް އޭރު ޝާފިއު ވިދާޅުވި އެވެ. ކިހާދޫގައި އިމާރާތް ކޮށްފައިވާ މި ސެންޓަރަކީ ރަށުގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކިހާދޫ ޓިވެކް ސެންޓަރުން ތަމްރީނު ފުރިހަމަ ކުރި ބައިވެރިންތަކެއް
ކިހާދޫ ޓިވެކް ސެންޓަރުން ތަމްރީނު ފުރިހަމަ ކުރި ބައިވެރިންތަކެއް

މި ސެންޓަރުގައި ވަނީ މީގެ ކުރިން އެކި ކަހަލަ ކޯސްތައް ހިންގާފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުން މިކޯސްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށްވެސް ޝާފިއު ފާހަގަ ކުރެއްވި އެވެ. އަދި މި ސެންޓަރު ހިންގަމުން ދިޔައިރު ރަށުގެ 40 ރައްޔިތަކު އެތަނުގައި ވަޒީފާ އަދާކުރަމުން ދިޔަކަމަށާއި، ތަން ބަންދު ކުރުމުގެ ސަބަބުން މި ހުރިހާ ފަރާތެއްގެ ވަޒީފާ މިހާރު ގެއްލިފައިވާ ކަމުގެ ކަންބޮޑުވުން ޝާފިއު ފާޅުކުރެއްވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މި ސެންޓަރު ވީރާނާ ވާން ދޫކޮށްލާފައި ބޭއްވުމަށް ފަހު، އެންމެ ފަހުން އެ ތަން ސިފައިންގެ މަރުކަޒަކަށް ބަދަލު ކުރުމުން، ޝާފިއު ވިދާޅުވީ ޒަމާންތަކަކަށް ފަހު މި އިމާރާތް ބޭނުން ކުރެވެން ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، އުއްމީދަކީ ދާއިމީ ގޮތެއްގައި މި ސެންޓަރުގެ ފައިދާ ދިވެހި ރައްޔިތުންނަށް ކުރުން ކަމުގަ އެވެ.

ބ. ކިހާދޫޤައުމީ ޚިދުމަތުގެ ޕްރޮގްރާމްޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު