Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީބިޔާ

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ

ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަ ކޮށްލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި. އެއީ ލީބިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ، ޒިންތާންގައި ހުންނަ އޭނާގެ ގެކޮޅުގެ ބަގީޗާއެއްގައި ހުންނަވަނިކޮށް. އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ އަވަހާރަ ކޮށްލާފައި ވަނީ ގެއަށް ވަދެގަތް ހަތިޔާރު އެޅި، ގޮތް ނޭނގޭ ހަތަރު މީހަކު ވެގެން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 04:16
ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ޖަނާޒާގައި ބައިވެރި މީހުންގެ ތެރެއިން

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ޖަނާޒާގައި ބައިވެރި މީހުންގެ ތެރެއިން | ގެޓީ އިމޭޖަސް

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އެންމެ ނުފޫޒު ގަދަ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

ސައިފުލް އިސްލާމް ގައްޒާފީގެ ހަށިކޮޅު ހުކުރު ދުވަހު ވަޅުލާފައި ވަނީ، ލީބިޔާގެ ވެރިރަށް ޓްރިޕޮލީއާ ގާތް ގަނޑަކަށް 175 ކިލޯ މީޓަރު ދުރުގައި އޮންނަ ބަނީ ވަލީދުގަ އެވެ. 

މީގެ ގާތް ގަނޑަކަށް 15 އަހަރު ކުރިން، 2011 ވަނަ އަހަރު ނޭޓޯގެ އެހީތެރިކަމާ އެކު ގެނައި އިންގިލާބެއްގައި މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލި ފަހުން، އޭނާގެ އާއިލާ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހުކުރު ދުވަހު އޮތް ސައިފުލް އިސްލާމް ގައްޒާފީގެ ޖަނާޒާގައި ބައިވެރިވެފަ އެވެ. ސައިފުލް އިސްލާމް ގައްޒާފީ އަކީ އެއް ދުވަސް ވަރެއްގައި ވެރި ކަމުގެ ވަލީ އަހުދު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރި ފަރާތެވެ. 

ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަ ކޮށްލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. އެއީ ލީބިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ، ޒިންތާންގައި ހުންނަ އޭނާގެ ގެކޮޅުގެ ބަގީޗާއެއްގައި ހުންނަވަނިކޮށެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ އަވަހާރަ ކޮށްލާފައި ވަނީ ގެއަށް ވަދެގަތް ހަތިޔާރު އެޅި، ގޮތް ނޭނގޭ ހަތަރު މީހަކު ވެގެން ކަމަށެވެ. 

ލީބިޔާގެ އެޓަރނީ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، އުމުރުފުޅުން 53 އަހަރުގެ ސައިފުލް އިސްލާމް ގައްޒާފީގެ ހަށިގަނޑު ތަހުގީގު ކުރި ފޮރެންސިކް ޑޮކްޓަރުން ވަނީ އޭނާ އަވަހާރަވީ ބަޑީގެ ހަމަލާ ތަކުގެ ސަބަބުންކަން ކަށަވަރު ކޮށްދީފަ އެވެ. އޭނާ އަވަހާރަ ކޮށްލަން ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. 

ޖަނާޒާގައި ބައިވެރިވުމަށް 300 އެއްހާ ކިލޯ މީޓަރު ދުރުގައި އޮންނަ ސިރުތުން އައި އުމުރުން 33 އަހަރުގެ އަންހެނަކު ބުނެފައި ވަނީ، އެ މީހުން އެ ތަަނަށް އައީ، އެ މީހުންގެ އުންމީދުތަކާ ގުޅިފައިވާ ލީޑަރުގެ ދަރިކަލުންނަށް އެންމެ ފަހުގެ އިޙުތިރާމް އަދާ ކުރުމަށް ކަމަށެވެ. 

ބައްޕަގެ 40 އަހަރުވީ ވަރުގަދަ ވެރި ކަމުގެ އެއްވެސް މަގާމެއްގައި ސައިފުލް އިސްލާމް ގައްޒާފީ ނެތް ނަަމަވެސް، އޭނާ ަކީ ޑި ފެކްޓޯ ބޮޑު ވަޒީރުގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ފަރާތެވެ. އޭނާ ވަނީ ލީބިޔާ އިން ފަނާ ކުރަނިވި ހަތިޔާރު ދޫކޮށްލުމަށާއި، 1988 ވަަނަ އަހަރު ލޮކާބީ ބޮން ގޮއްވާލުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކަށް ބަދަލު ދިނުމުގެ މަޝްވަރާ ތަކުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ސައިފުލް އިސްލާމް ގައްޒާފީމުއައްމަރުލް ގައްޒާފީލީބިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލައިފި

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީގެ ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލައިފި

04 ފެބުރުއަރީ 2026
ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ

ދަތުރުކުރެއްވި ޖެޓު ވެއްޓި ލީބިޔާ ސިފައިންގެ ވެރިޔާ އަވަހާރަ ވެއްޖެ

24 ޑިސެމްބަރު 2025
ލިބިޔާގެ ގައްޒާފީ އަތުން ނާޖާއިޒް ގޮތުގައި އެތައް މިލިއަން ޑޮލަރު ހޯދި ކަމަށް ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ލިބިޔާގެ ގައްޒާފީ އަތުން ނާޖާއިޒް ގޮތުގައި އެތައް މިލިއަން ޑޮލަރު ހޯދި ކަމަށް ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

25 ސެޕްޓެމްބަރު 2025
ޒައިނަބްގެ ޤާތިލު، ޒައިނަބްގެ ޖަނާޒާގައި ބައިވެރިވި!

ޒައިނަބްގެ ޤާތިލު، ޒައިނަބްގެ ޖަނާޒާގައި ބައިވެރިވި!

25 ޖެނުއަރީ 2018
ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި

ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު