Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަންވިލާތް

ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި

މުސްލިމުންނާއި އެހާ ދެކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު އިސްލާމްވުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ޖެނުއަރީ 2018 | ބުރާސްފަތި 02:57
އޭއެފްޑީއިން ގެންދަނީ މުސްލުންނާއި ދެކޮޅު ގިނަ ޙަރަކާތްތަކެއް ހިންގަމުން

އޭއެފްޑީއިން ގެންދަނީ މުސްލުންނާއި ދެކޮޅު ގިނަ ޙަރަކާތްތަކެއް ހިންގަމުން

ޖަރުމަންވިލާތުގެ ކަނާތު ފިޔައިގެ އޮލްޓަރނޭޓިވް ފޮރ ޖަރމަނީ (އޭ.އެފް.ޑީ) އަށް ނިސްބަތްވާ އިސް ބޭފުޅަކު އިސްލާމްވެ، އެޕާޓީގެ އިސް މަޤާމެއް ދޫކޮށްލައްވައިފިއެވެ.

އޭ.އެފް.ޑީ އަކީ އިސްލާމްދީނާއި ދެކޮޅުކަމަށް މަޝްހޫރު ޕާޓީއެކެވެ. އަދި ޖަރުމަންވިލާތް ނަޞާރާ ޤައުމެއްގެ ގޮތުގައި ބާއްވަން ބާރު އަޅާ އޭ.އެފް.ޑީ އަކީ އެޤައުމަށް މެދުއިރުމަތިންނާއި އެފްރިކާއިން މީހުން ހިޖުރަކުރުމާއި ވަރަށް ދެކޮޅު ޕާޓީއެކެވެ. އެޕާޓީއިން ވަނީ ނިމިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮތް ޖަރުމަންވިލާތުގެ ފެޑެރަލް އިންތިޚާބުގައި ރަނގަޅު ކާމިޔާބެއް ހޯދައި، ޤާނޫން ހަދާ މަޖިލީހުގެ 12.6 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރުމަށްފަހު އެންމެ ފުރަތަަމަވެސް އެޕާޓީއިން ހުށަހެޅި ބިލަކީ ޖަރުމަންވިލާތަށް ހިޖުރަކުރާ މުސްލިމުންނަށް އެމީހުންގެ އާއިލާތައް އެޤައުމަށް ނުގެނެވޭނެ ގޮތް ހެދުމެވެ.

އިސްލާމްވެ، އޭ.އެފް.ޑީއާއި ވަކިވީ ޖަރުމަންވިލާތުގެ ބްރެންޑެންބަރގްގައި އޭ.އެފް.ޑީގެ އިސް ރޯލެއް އަދާކުރައްވަމުން ގެންދެވި އާތަރ ވެގްނަރއެވެ. ވެގްނަރ އަކީ 2015 ވަނަ އަހަރުން ފެށިގެން އޭ.އެފް.ޑީގެ ޙަރަކާތްތެރި މެމްބަރެކެވެ.

ވެގްނަރ ޕާޓީ ދޫކޮށްލެއްވިކަން އެޕާޓީއިން ވަނީ ޖަރުމަންވިލާތުގެ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ ގޮތުން މީޑިއާއާއި ވާހަކަ ދައްކަވަން ވެގްނަރ ބޭނުންފުޅެއް ނުވެއެވެ.

އިސްލާމް ދީނާއި އެހާ ދެކޮޅު އަދި މުސްލިމުން ޖަރުމަންވިލާތަށް ވަނުން މަނާކުރުމަށް ގޮވާލަމުން ދިޔަ ޕާޓީއެއްގެ އިސް ބޭފުޅަކު އިސްލާމްވުމުން ގިނަ ބަޔަކު ދަނީ އެކަމާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ބައެއް މީހުން ވެގްނަރގެ ނިންމުމަށް މަރުހަބާ ކިޔަމުންދާއިރު، އަނެއް ބަޔަކު ދަނީ ވެގްނަރ އަށާއި އިސްލާމް ދީނަށް ފާޑުކިޔަމުންނެވެ.

އޭ.އެފް.ޑީ އަކީ ދާދިފަހުން ޖަރުމަންވިލާތުގެ ސިޓީއެއްގެ ފުލުހުން ޢަރަބި ބަހުން އައު އަހަރުގެ ތަހުނިޔާ ސޯޝަލް މީޑިއާގައި ކީ މައްސަލައިގައި ފުލުހުންނަށް ފާޑުކިޔަން ފެށި ޕާޓީއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު