Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވައިޓް ހައުސް

ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް

ކުޝްނަރ ފުރަތަމަ ވޯޓުލުމަށް ރެޖިސްޓަރކޮށްފައިވަނީ 2009ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 04:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރ އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރ އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނަރ "'އަންހެނެއްގެ ގޮތުގައި" އަށް އަހަރު ވަންދެން އެމެރިކާގެ ވޯޓުލާ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް އާއްމުވެއްޖެ އެވެ.

ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރު އަދި ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފިރިކަލުން ކުޝްނަރގެ ވޯޓަރ ރެޖިސްޓްރޭޝަންގެ މަޢުލޫމާތުތައް ހިމެނޭ ސްކްރީންޝޮޓެއް ވަޔަޑް އިން ވަނީ އާއްމުކޮށްފައެވެ. އެމެރިކާގެ ނިއު ޔޯކްގެ ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްގެ ރެކޯޑްތައް ކަމަށް ބުނާ އެ ސްކްރީން ޝޮޓްގައިވާ މަޢުލޫމާތުތައް ދައްކާ ގޮތުން ޖަރެޑް ކުޝްނަރއަކީ އަންހެނެކެވެ.

އެމަޢުލޫމާތުތަކުގައި ވާގޮތުން ކުޝްނަރ ފުރަތަމަ ވޯޓުލުމަށް ރެޖިސްޓަރކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެހެންކަމުން، ފާއިތުވި އަށް އަހަރުގެ ތެރޭގައި ކުޝްނަރ ވޯޓުލާފައި ވަނީ އަންހެނެއްގެ ގޮތުގައި ރެޖިސްޓަރކޮށްފައިވަނިކޮށް ކަމަށް ބެލެވެއެވެ.

ވަޔަޑް އިން ލީކް ކޮށްލާފައިވާ ސްކްރީންޝޮޓާ ގުޅޭ ގޮތުން ކުޝްނަރގެ ބަހެއް ލިބިފައި ނުވާތީ އެކަން ހިނގާފައިވާ ގޮތެއް ކަށަވަރެއް ނުވާ ކަމަށް އެ ނޫހުން ބުނެއެވެ. އެއީ ނިއު ޔޯކްގެ އިލެކްޝަންސް ބޯޑަށް އަރާފައިވާ އޮޅުމެއް ކަމެއް، ނުވަތަ ވޯޓުލުމަށް ރެޖިސްޓަރ ކުރުމަށް ފޯމް ފުރުމުގައި ކުޝްނަރ އަށް އެރި އޮޅުމެއް ކަމެއް ސާފުވެފައެއް ނުވެއެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން ޤާނޫނީ މައްސަލައެއް ކުރިމަތިވާނެ ކަމަކަށް ނުބެވެލެވެ. ސަބަބަކީ ވޯޓަށް މަކަރު ހެދުމުގެ މައްސަލައެއް ސާބިތު ވާނީ، އިލެކްޝަންސް ބޯޑަށް ގަސްތުގައި ނުބައި މަޢުލޫމާތު ދިންކަމުގެ ހެކި ލިބިގެން ކަމަށް ވާތީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއީ ކުޝްނަރ އަށް ވޯޓަރސް ރެޖިސްޓްރޭޝަން ފޯމް ފުރުމުގައި އެޅި އޮޅުމަކަށް ވުން ގާތެވެ. މީގެ ކުރިން ވެސް ކުޝްނަރ އަށް ވަނީ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ މައްސަލަތަކެއް ދިމާވެފައެވެ. މިދިޔަ ޖުލައި މަހު ސީބީއެސް އިން ވަނީ، ސެކިއުރިޓީ ކްލިއަރެންސް އަށް ބޭނުންވާ ފޯމެއް ތިން ފަހަރެއްގެ މަތީން އޮޅުން އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން ޖެނުއަރީ މަހު ފުރުއްވި ސެކިއުރިޓީ ކްލިއަރެންސް ފޯމަކާއި، މެއި މަހުގެ ތެރޭގައި ފުރުއްވި ފޯމެއްގެ އިތުރުން ޖޫން މަހުގެ ތެރޭގައި ފުރުއްވި ސެކިއުރިޓީ ފޯމްގައި ވެސް މައްސަލަތަކެއް ހުރި ކަމަށް ސީބީއެސް އިން ރިޕޯޓްކޮށްފައި ވެއެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށްފަހު ވޯޓަރސް ލިސްޓާ މެދު އެންމެ ބޮޑަށް ސުވާލު އުފެއްދެވި ބޭފުޅަކީ އެއިންތިޚާބު ކާމިޔާބު ކުރައްވައި، އެމެރިކާގެ ރައީސްގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕެވެ. އިންތިޚާބުގައި ވޯޓުލުމަށް ޝަރުތުހަމަނުވާ އެތައް މިލިއަން މީހުން ވޯޓު ލާފައިވާ ކަމަށް ތުހުމަތު ކުރައްވައި ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ.

އިންތިޚާބުގައި ވާދަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން، 2.68 މިލިއަން ވޯޓު އިތުރަށް ހޯއްދެވި ނަމަވެސް، އިލެކްޓޯރަލް ކޮލެޖްގެ ވޯޓުން އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.

އިންތިޚާބަށް ފަހު ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވަނީ، އިލެކްޓޯރަލް ކޮލެޖްގެ ވޯޓުން ކާމިޔާބު ހޯއްދެވުމުގެ އިތުރުން، ޤަވާއިދާ ޚިލާފަށް ވޯޓުލީ އެތައް މިލިއަން މީހުންގެ ވޯޓު އުނިކޮށްފި ނަމަ، އެންމެ ގިނަ ވޯޓު ވެސް ލިބިވަޑައިގަންނަވަނީ އޭނާ އަށް ކަމަށެވެ.

މަޤާމުގެ ހުވާ ކުރެއްވުމަށް ފަހު އިންތިޚާބުގައި މަކަރު ހެދި ކަމަށް ކުރެއްވި ތުހުމަތުތައް ތަހުގީގު ކުރުމަށް ލަފާދޭ ކޮމިޝަނެއް ޓްރަމްޕް އުފެއްދެވި އެވެ. އެހެންނަމަވެސް އެމެރިކާގެ 20 ސްޓޭޓަކުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެސް އަދި އެހެނިހެން ތަފްޞީލް ފަދަ ޒާތީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅު ހެދި އެވެ.

ޖަރެޑް ކުޝްނަރ އަނެއްކާ ވެސް ފަލަސުރުޚީތަކަށް އަރާފައި މިވަނީ، ކުޝްނަރ އަދި އަނބިކަނބަލުން އިވަންކާ ޓްރަމްޕް، ވައިޓްހައުސްގެ ރަސްމީ މަސައްކަތުގައި އަމިއްލަ އީމެއިލް ބޭނުން ކުރެއްވި މައްސަލައެއް ފެންމަތިވިތާ ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށެވެ. އިވަންކާ އާއި ކުޝްނަރގެ އިތުރުން ޓްރަމްޕްގެ ޓީމްގެ އިތުރު ހަތަރު ބޭފުޅަކު ރަސްމީ މަސައްކަތުގައި އަމިއްލަ އީމެއިލް ބޭނުންކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިޓް ހައުސްގެ ކުރީގެ ޗީފް ސްޓްރެޓީޖިސްޓް ސްޓީވް ބެނޮން، އަދި ޓްރަމްޕްގެ ކުރީގެ ޗީފް އޮފް ސްޓާފް ރެއިންސް ޕްރިއެބަސް އާއި ޓްރަމްޕްގެ ދެ މުޝީރުން ކަމަށްވާ ގެރީ ކޯހެން އަދި ސްޓެފަން މިލަރ އެވެ.

މިމައްސަލާގައި ވެސް ޓްރަމްޕްގެ ޓީމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ. 2016ގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ކަމަކީ އެމެރިކާގެ ޚާރިޖީވަޒީރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ރަސްމީ ބޭނުންތަކުގައި އަމިއްލަ އީމެއިލް އިން ރަސްމީ މުޢާމަލާތްތަކެއް ހިންގެވި މައްސަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު