Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒައިނަބްގެ މަރު

ޒައިނަބްގެ ޤާތިލު، ޒައިނަބްގެ ޖަނާޒާގައި ބައިވެރިވި!

ޒައިނަބް މަރާލާފައި އޮއްވައި ފެނުނީ ޖެނުއަރީ 9 ވަނަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 ޖެނުއަރީ 2018 | ބުރާސްފަތި 04:30
ޒައިނަބް ރޭޕްކޮށް މަރާލި އިމްރާން އަލީ ޒައިނަބްގެ ޖަނާޒާގައި ބައިވެރިވަނީ

ޒައިނަބް ރޭޕްކޮށް މަރާލި އިމްރާން އަލީ ޒައިނަބްގެ ޖަނާޒާގައި ބައިވެރިވަނީ

ޕާކިސްތާނުގައި ރޭޕްކޮށް، މަރާލާފައި އޮއްވައި ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ޖަނާޒާ އާއި، އެ ހާދިސާ އާއި ގުޅިގެން ކުރި މުޒާހަރާތަކުގައި އޭނާގެ ޤާތިލު ބައިވެރިވިކަން ހާމަވެއްޖެއެވެ.

ޒައިނަބް ރޭޕްކޮށް މަރާލި މައްސަލައިގައި ޒައިނަބްގެ އަވަށްޓެރިއެއް ކަމުގައިވާ، އުމުރުން 24 އަހަރުގެ އިމްރާން އަލީ ހައްޔަރުކޮށްފައިވާއިރު، މިހާރު އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޒައިނަބްގެ ޖަނާޒާ އާއި ޒައިނަބްގެ މަރާއި ގުޅިގެން، އެކަމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ ކުރި މުޒާހަރާތަކުގައި އިމްރާން ބައިވެރިވެފައިވާކަން ވަނީ ހާމަވެފައެވެ.

ޒައިނަބް ވަގަށް ނަގާފައިވަނީ މި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުގެރޭ އޭނާ ޤުރުއާން ކްލާހަށް ދަނިކޮށެވެ. ޒައިނަބް ގެއްލުމާއި ގުޅިގެން އޭނާގެ އާއިލާއިން ކުރި މަސައްކަތުން ހޯދި ސީސީޓީވީ ފުޓޭޖަކުން، ޒައިނަބްގެ އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެނެއެވެ.

ޒައިނަބް މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ޕަންޖާބުގެ ކަސޫރު ޑިސްޓްރިކްޓްގެ މަގެއްގެ މަތީގައި ހުރި ކުނިތަކެއްގެ ތެރެއިން ޖަނަވަރީ 9 ވަނަ ދުވަހުއެވެ. ޒައިނަބްގެ އޮޓޮޕްސީން ހާމަވި ގޮތުގައި ރޭޕް ކުރުމަށް ފަހު އޭނާ މަރާލާފައިވަނީ ކަރުގައި ހިފައި، ނޭވާ ހާސްކޮށްގެންނެވެ. އަދި މަރާލުމުގެ ކުރިން އޭނާ ބަންދުކޮށްގެން ގެންގުޅެފައިވާ ކަމާއި، އަނިޔާ ކޮށްފައިވާކަންވެސް އޮޓޮޕްސީން ވަނީ ހާމަވެފައެވެ.

ޒައިނަބްގެ މަރާއި ގުޅިގެން އެފަދަ މައްސަލަތަކުގައި ފުލުހުން އިހުމާލުވާކަމަށް ބުނެ، ކަސޫރް ޑިސްޓްރިކްޓްގައި ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާތަކަށް އަމާޒުކޮށް ފުލުހުން ބަޑިޖެހުމާއި ގުޅިގެން ދެ މީހަކު މަރުވެފައިވެއެވެ.

ޒައިނަބްގެ މަރާއި ގުޅިގެން، އިމްރާން އަލީ ހައްޔަރުކުރިކަން ހާމަކޮށްފައިވަނީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިމްރާން ހައްޔަރުކުރީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެކަން ހާމަކުރުން ލަސްވީ، ޑީއެންއޭ ޓެސްޓާއި، އެހެނިހެން ޓެސްޓްތައް ހަދައި، އިމްރާން އަކީ ޒައިނަބްގެ ޤާތިލުކަން ޔަޤީން ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒައިނަބްގެ ބައްޕަ، ޒައިނަބްގެ ފޮޓޯއެއް މީޑިއާއަށް ދައްކައިލަނީ

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިމްރާން ވަނީ ޒައިނަބްގެ އިތުރުންވެސް ހަތް ކުއްޖަކު ރޭޕްކޮށް މަރާލާފައެވެ.

ޕާކިސްތާނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނާއި ދެކޮޅަށް ހިންގާ އެކިއެކި ޖަރީމާތަށް ދަނީ އިތުރުވަމުންނެވެ. ޕާކިސްތާނުގައި ކުޑަކުދިންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމަށްވާ ސާހިލްއިން ހާމަކޮށްފައިވާ ގޮތުގައި ނިމިގެންދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނަ ކޮށްގެން 1764 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ.

އިތުރަށް ކިޔާލަން

06 މެއި 2019

ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ހަތް ބިލިޔަން ރުފިޔާގެ މުދާ ލަންކާގެ ސީއައިޑީގެ ބެލުމުގެ ދަށަށް

06 މެއި 2019
ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ހަތް ބިލިޔަން ރުފިޔާގެ މުދާ ލަންކާގެ ސީއައިޑީގެ ބެލުމުގެ ދަށަށް
24 އެޕްރީލު 2019

ބޮން ގޮއްވުމުގައި 9 މީހުން ބައިވެރިވި، 8 މީހަކު ވަނީ ދެނެގަނެފައި: ފުލުހުން

24 އެޕްރީލު 2019
ބޮން ގޮއްވުމުގައި 9 މީހުން ބައިވެރިވި، 8 މީހަކު ވަނީ ދެނެގަނެފައި: ފުލުހުން
04 ޖެނުއަރީ 2019

ޚަޝޯގީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ފަށައިފި

04 ޖެނުއަރީ 2019
ޚަޝޯގީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ފަށައިފި
15 ޑިސެމްބަރު 2018

ހަޝޯގީގެ މަރާލުމުގައި ވަލީއަހުދުގެ ގާތް ބަޔަކު ބައިވެރިވިކަން އޯޑިއޯއިން ޔަގީންވޭ: އުރްދުޣާން

15 ޑިސެމްބަރު 2018
ހަޝޯގީގެ މަރާލުމުގައި ވަލީއަހުދުގެ ގާތް ބަޔަކު ބައިވެރިވިކަން އޯޑިއޯއިން ޔަގީންވޭ: އުރްދުޣާން
13 އޮކްޓޯބަރު 2018

ޒައިނަބްގެ ގާތިލް އިމްރާން ދަންޖެއްސުމަށް ނިންމައިފި

13 އޮކްޓޯބަރު 2018
ޒައިނަބްގެ ގާތިލް އިމްރާން ދަންޖެއްސުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު