Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ޒެއިން މާލިކް

ވަން ޑައިރެކްޝަންގެ މެންބަރުންގެ އާ އުފެއްދުންތަކެއް އެއްފަހަރާ އާންމުންނަށް!

މަޝްހޫރު ލަވަކިޔުންތެރިޔާ ޒެއިން މާލިކްގެ ފަސްވަނަ އަލްބަމް "ކޮންނަކޯލް" އަންނަ އޭޕްރިލް މަހު ނެރުމަށް ތައްޔާރުވަމުންދާއިރު، މިއީ އޭނާގެ ސަގާފީ އަދި ދެކުނު އޭޝިއާގެ މިއުޒިކީ އަސަރުތައް އެންމެ ބޮޑަށް ފެންނާނެ އުފެއްދުން ކަމަށް ބެލެވޭ. މި އަލްބަމާ އެކު ދުނިޔޭގެ އެކި ސިޓީތަކުގައި ބާއްވާ ބޮޑު މިއުޒިކް ޓުއާއެއް ވެސް އިއުލާންކޮށްފައިވާއިރު، ވަން ޑައިރެކްޝަންގެ އެހެން މެންބަރުން ކަމަށްވާ ހެރީ، ލުއީ އަދި ނިއަލް ވެސް ވަނީ ދާދި ފަހުން އާ މިއުޒިކްތަކެއް އާންމުންނަށް ދޫކޮށްލާފައި.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 11:58
2018 ޖެނުއަރީ 28 ވަނަ ދުވަހު ނިއުޔޯކް ސިޓީގެ މެޑިސަން ސްކުޔަރ ގާޑަންގައި ބޭއްވި 60 ވަނަ އެނުއަލް ގްރެމީ އެވޯޑްސްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޒެއިން މާލިކް ބައިވެރިވަނީ.

2018 ޖެނުއަރީ 28 ވަނަ ދުވަހު ނިއުޔޯކް ސިޓީގެ މެޑިސަން ސްކުޔަރ ގާޑަންގައި ބޭއްވި 60 ވަނަ އެނުއަލް ގްރެމީ އެވޯޑްސްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޒެއިން މާލިކް ބައިވެރިވަނީ. | ގެޓީ އިމޭޖަސް

މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން" ގެ ކުރީގެ ލަވަކިޔުންތެރިން އާ މިއުޒިކެއް ނުރެމަށް ސަޕޯޓަރުން އިންތިޒާރު ކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، އެ ބޭންޑުގެ ހަތަރު މެންބަރަކު މިވަނީ ގާތްގާތުގައި އާ އުފެއްދުންތަކެއް އާންމުންނަށް ދޫކޮށްލާފަ އެވެ.

މިދިޔަ ހަފުތާގައި ހެރީ ޓައިލްސް އާއި ލުއީ ޓޮމްލިންސަން މިއުޒިކް ޗާޓުތަކުގެ ކުރި ހޯދާފައި ވަނިކޮށް، ޒެއިން މާލިކް މިހާރު ވަނީ އޭނާގެ ފަސްވަނަ ސްޓޫޑިއޯ އަލްބަމް އިއުލާންކޮށްފަ އެވެ.

އެ އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހު ކަމަށް ވިޔަސް، އޭގެ ކުރިން އޭނާ ވަނީ އަލްބަމްގެ ލީޑް ސިންގަލް "ޑައި ފޯ މީ" އާންމުންނަށް ދޫކޮށްލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ވޯލްޑް ޓުއާއެއް ވެސް އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން، ނިއަލް ހޯރަން ވެސް ވަނީ 2025 ވަނަ އަހަރުގެ ބްރިޓްސް ރައިޒިންގް ސްޓާ ކާމިޔާބުކުރި މައިލްސް ސްމިތާ ގުޅިގެން "ޑްރައިވް ސޭފް" ނަމަކަށް ކިޔާ އާ ލަވައެއް ނެރެފަ އެވެ.

ރޯލިންގް ސްޓޯން މެގަޒިންއިން "އިހުސާސްތަކުން ފުރިގެންވާ" ލަވައެއްގެ ގޮތުގައި ސިފަކޮށްފައިވާ ޒައިންގެ "ޑައި ފޯ މީ" އަކީ އޭނާގެ އާންމު ސްޓައިލް ކަމަށްވާ އާރް އެންޑް ބީ އަށް ބިނާކޮށްފައިވާ ޕޮޕް މިއުޒިކެކެވެ.

މިއީ 2024 ވަނަ އަހަރު އޭނާ ނެރުނު "ރޫމް އަންޑަ ދަ ސްޓެއާސް" އަލްބަމްގެ މަޑުމައިތިރި މިއުޒިކާ ތަފާތު ލަވައެކެވެ. މި ލަވައިގެ ތެރޭގައި "މަގޭ ހިތް ކަލެއަށް ދީފީމެވެ، އެއަށް ދެރައެއް ނުދޭށެވެ،" ފަދަ އަސަރުގަދަ ލިރިކްސް ހިމެނެއެވެ.

ނަމަވެސް، ޒެއިންގެ އާ އަލްބަމަށް ދީފައިވާ ނަމުގެ ސަބަބުން، އޭނާގެ މިއުޒިކަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ބައެއް ސަޕޯޓަރުން އުންމީދު ކުރެ އެވެ.

ޒެއިންގެ އަމިއްލަ ވެބްސައިޓުގައި "ކޮންނަކޯލް" (Konnakol) ސިފަކޮށްފައިވަނީ އަނގައިން ތަފާތު އަޑުތައް ލައްވައިގެން މިއުޒިކް އުފެއްދުމުގެ ފަންނެއްގެ ގޮތުގަ އެވެ.

މިއީ ދެކުނު އިންޑިއާގެ ކާނާޓިކް ނުވަތަ ކްލެސިކަލް މިއުޒިކުގައި ބޭނުންކުރާ އުކުޅެކެވެ. މީގައި ވަކި ސިލަބަލްތަކެއް ނުވަތަ ބަސްތަކެއް ތަކުރާރުކޮށްގެން ޑްރަމް ޖަހާ ފަދަ އަޑުތަކެއް އުފައްދަ އެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑަށް އުފަން ޒެއިން ބުނާ ގޮތުގައި "ކޮންނަކޯލް" އަކީ މިހާތަނަށް އޭނާގެ ސަގާފީ ނުފޫޒު އެންމެ ބޮޑަށް އެކުލެވޭ މަސައްކަތެވެ. ނަމަވެސް މިއީ އޭނާގެ މިއުޒިކުގައި ދެކުނު އޭޝިއާގެ އަސަރުތައް ހިމެނި ފުރަތަމަ ފަހަރެއް ނޫނެވެ.

އޭނާގެ 2016 ވަނަ އަހަރުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ "ފްލާވާ" ލަވައިގައި އުރުދޫ ބަހުން ލަވަކިޔާފައިވާއިރު، 2024 ވަނަ އަހަރު ޕާކިސްތާނުގެ ބޭންޑެއް ކަމަށްވާ "އައުރް" އާއެކު ކިޔާފައިވާ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

މީގެ އިތުރުން، ދާދި ފަހުން ލަސް ވޭގަސްގައި ބޭއްވި ޝޯތަކެއްގައި ވެސް ޒެއިން ވަނީ އުރުދޫ ބަހުން ހިމެނޭ، އަދި ރިލީޒްނުކުރާ ބައެއް މިއުޒިކްތައް އިއްވާލާފައެވެ.

ބައެއް މީހުން ފާހަގަކުރާ ގޮތުގައި "ކޮންނަކޯލް" އަލްބަމްގެ ކަވަރުގައި ޒައިންގެ މޫނުގެ އެއްބަޔާއި ސުނޯ ލެޕަޑެއްގެ މޫނު ގުޅުވާލާފައިވާ ކުރެހުމަކީ ވެސް ދެކުނު އޭޝިއާގެ ފުލޯކް ވާހަކަތަކާ ގުޅުންހުރި ރަމްޒެކެވެ.

އެހެންނަމަވެސް، މި އަލްބަމްގެ ނަމާ އެއްގޮތަށް އޭގައި "ކޮންނަކޯލް" ވޯކަލް ޕާކަޝަން ހިމެނޭތޯ އެނގޭނީ އޭޕްރިލް 17 ގައި އަލްބަމް ނެރުމުންނެވެ.

ވަން ޑައިރެކްޝަންގެ ތަރިން އާ މިއުޒިކް ނެރުމުގެ މާނައަކީ، އެ ބޭންޑުގެ ސަޕޯޓަރުންނަށް އެ ތަރިން ލައިވްކޮށް ބަލާލުމުގެ އިތުރު ފުރުސަތެއް ލިބުމެވެ.

ހެރީ އާއި ލުއީ ފަދައިން، ޒައިން ވެސް ވަނީ އޭނާގެ ސޯލޯ ކެރިއަރުގައި ބާއްވާ އެންމެ ބޮޑު ޓުއާ އިއުލާންކޮށްފައެވެ. މި ޓުއާގައި ދުނިޔޭގެ އެކި ސިޓީތަކުގައި 31 ޝޯ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ޝޯ އޮންނާނީ މެއި 12 ގައި މެންޗެސްޓާގެ އޭއޯ އެރީނާގަ އެވެ.

މީގެ ކުރިން "އެކްސްޓްރީމް އެންޒައިޓީ" އާ ގުޅިގެން ބައެއް ޝޯތައް ކެންސަލްކޮށްފައިވާ 33 އަހަރުގެ ޒެއިން، މިފަހަރު އުތުރު އަދި ދެކުނު އެމެރިކާގައި ވެސް ޝޯތައް ދިނުމަށް ވަނީ ރާވާފައެވެ.

ޒެއިން މަޝްހޫރުވެގެން ދިޔައީ ވަން ޑައިރެކްޝަން ބޭންޑުގެ މެންބަރުން ކަމަށްވާ ހެރީ ސްޓައިލްސް، ނިއަލް ހޯރަން، ލުއީ ޓޮމްލިންސަން އަދި ލިއަމް ޕޭން އާ އެކުގަ އެވެ.

މީގެ ތެރެއިން ލިއަމް ޕޭން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނިން ވެއްޓި މަރުވެފަ އެވެ.

ޒެއިން އެ ބޭންޑުން ވަކިވެ ސޯލޯ ކެރިއަރެއް ފެށީ 2015 ވަނަ އަހަރުއެވެ. އަދި އޭގެ އެއް އަހަރު ފަހުން އޭނާ ނެރުނު ފުރަތަމަ އަލްބަމް "މައިންޑް އޮފް މައިން" އަކީ ޗާޓުތަކުގެ އެއްވަނަ ހޯދި ކާމިޔާބު އަލްބަމެކެވެ.

މިދިޔަ ހަފުތާގައި ސިންގަލް އަދި އަލްބަމް ޗާޓުގެ އެއްވަނަ ހޯދި ހެރީ އާއި ލުއީ ފަދަ ކާމިޔާބީއެއް ޒައިންގެ އާ އުފެއްދުންތަކަށް ލިބޭނެތޯ އެނގޭނީ އަންނަ އޭޕްރިލް މަހުގަ އެވެ.

ވަން ޑައިރެކްޝަންޒެއިން މާލިކްހެރީ ސްޓައިލްސްލުއީ ޓޮމްލިންސަންނިއަލް ހޯރަންލިއަމް ޕޭން

ކޮމެންޓް

އިތުރަށް ކިޔާލަން

68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"

68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"

02 ފެބުރުއަރީ 2026
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބިރުވެރި ފިލްމު ޕަރީގެ ޚާއްސަ ހަވީރެއް މިއަދު ކުޅުދުއްފުށި ސިޓީގައި

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބިރުވެރި ފިލްމު ޕަރީގެ ޚާއްސަ ހަވީރެއް މިއަދު ކުޅުދުއްފުށި ސިޓީގައި

31 ޖެނުއަރީ 2026
އޮސްކާ 2026: ނޮމިނޭޝަން ފުލް ލިސްޓް

އޮސްކާ 2026: ނޮމިނޭޝަން ފުލް ލިސްޓް

23 ޖެނުއަރީ 2026
ޕަރީ ފިލްމު ބަލަން ޚާއްސަ ދައުވަތެއް ޑެފް އެސޯސިއޭޝަނަށް!

ޕަރީ ފިލްމު ބަލަން ޚާއްސަ ދައުވަތެއް ޑެފް އެސޯސިއޭޝަނަށް!

12 ޖެނުއަރީ 2026
ގޯލްޑަން ގްލޯބްސް އެވޯޑްގައި ޑިކެޕްރިއޯ ފަހަތަށް ޖައްސާލުމަށްފަހު ޝަލަމޭ ކާމިޔާބީ ހޯދައިފި

ގޯލްޑަން ގްލޯބްސް އެވޯޑްގައި ޑިކެޕްރިއޯ ފަހަތަށް ޖައްސާލުމަށްފަހު ޝަލަމޭ ކާމިޔާބީ ހޯދައިފި

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު