Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ގްރެމީ އެވޯޑްސް

68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"

68 ވަނަ ގްރެމީ އެވޯޑްސްގައި ބޭޑް ބަނީ އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު ހޯދިއިރު، އޮލިވިއާ ޑީން، ސިންތިއާ އެރީވޯ، އެރިއާނާ ގްރާންޑޭ އަދި ލޭޑީ ގާގާގެ އިތުރުން އެކި ކެޓަގަރީތަކުން ވަރަށް ގިނަ ފަންނާނުން އެވޯޑް ހާސިލްކުރި.

ޖިނާ
ޖިނާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 09:35
ރޯޒޭ އާއި ބްރޫނޯ މާސް އެކުގައި ޕާފޯމް ކުރަނީ.

ރޯޒޭ އާއި ބްރޫނޯ މާސް އެކުގައި ޕާފޯމް ކުރަނީ. | ޝަޓާ ސްޓޮކް

68 ވަނަ ގްރެމީ އެވޯޑްސް ހަފުލާ އާދިއްތަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި ބާއްވާފައިވާއިރު، ޖެހިޖެހިގެން ދެވަނަ އަހަރަކަށް މި އެވޯޑް ހަފުލާގެ އެންމެ ބޮޑު ކާމިޔާބީއެއް ހާސިލުކުރި ފަންނާނަކަށް ކެންޑްރިކް ލާމާ ވެއްޖެއެވެ.

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މި ފަހަރުގެ ހަފުލާގައި ޖުމްލަ ފަސް އެވޯޑެއް ކާމިޔާބުކުރިއެވެ. މީގެ ތެރޭގައި އެސް.ޒީ.އޭ އާއެކު ކިޔާފައިވާ "ލޫތާ" އަށް ލިބުނު 'ރެކޯޑް އޮފް ދަ އިޔާ' އާއި، އޭނާގެ "ޖީ.އެން.އެކްސް" އަލްބަމަށް ލިބުނު 'ބެސްޓް ރެޕް އަލްބަމް' ގެ އެވޯޑު ހިމެނެއެވެ.

ނަމަވެސް، މި ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ 'އަލްބަމް އޮފް ދަ އިޔާ' ކެންޑްރިކް އަށް ގެއްލުނީ، ޕުއެޓޯ ރިކަން ގެ މަޝްހޫރު ތަރި ބޭޑް ބަނީ އާ ވާދަކޮށްގެންނެވެ.

ތިރީގައި އެވަނީ މައިގަނޑު ކެޓަގަރީތަކުން އެވޯޑު ހާސިލުކުރި ފަރާތްތަކާއި، އެވޯޑަށް ނޮމިނޭޓްވި ފަންނާނުންގެ ތަފުސީލެވެ.

68 ވަނަ އަހަރީ ގްރެމީ އެވޯޑްސްގައި އެވޯޑް ހާސިލްކުރި ފަރާތްތަކުގެ ތެރޭގައި ސޯންގް އޮފް ދަ އިޔަރ ހޯދީ ބިލީ އީލިޝް، ރެކޯޑް އޮފް ދަ އިޔާރ ހޯދި ކެންޑްރިކް ލާމާރ ފާހަގަ ކުރެވެ އެވެ.

މި އެވޯޑް ހަފުލާގެ މައިގަނޑު ޝޯ ހުށަހަޅައިދިނީ ޓްރެވަރ ނޯއާ އެވެ.

އާދީއްތަ ދުވަހުގެ ގްރެމީ އެވޯޑްސްގައި އެކި ކެޓަގަރީތަކުން އެވޯޑް ހާސިލްކުރި ބައެއް ފަރާތްތަކަކީ:

އެންމެ މޮޅު ލަވަ - ބިލީ އީލިޝް - ވައިލްޑް ފްލޯވަރ

އެންމެ މޮޅު އަލްބަމް "ޑެބީ ޓީރާ މަސް ފޯޓޯސް" – ބޭޑް ބަނީ

އެންމެ މޮޅު ރެކޯޑް "ލޫތަރ" – ކެންޑްރިކް ލާމާ ފީޓް އެންޑް އެސްޒީއޭ 

އެންމެ މޮޅު ރެޕް އަލްބަމް "ޖީއެންއެކްސް" – ކެންޑްރިކް ލާމާ

އެންމެ މޮޅު ލެޓިން އާބަން އަލްބަމް "ޑެބީ ޓީރާ މަސް ފޯޓޯސް" – ބޭޑް ބަނީ

އެންމެ އުންމީދީ އާ ފަންނާނު - އޮލިވިއާ ޑީން

އެންމެ މޮޅު ޕޮޕް ވޯކަލް އަލްބަމް "މޭހަމް" – ލޭޑީ ގާގާ

އެންމެ މޮޅު ޕޮޕް ސޯލޯ ޕާފޯމަންސް "މެއްސީ" – ލޯލާ ޔަންގް

އަހަރުގެ އެންމެ މޮޅު ލަވަ (ޅެންވެރިކަމުގެ އެވޯޑް) "ވައިލްޑް ފްލާވަރ" – ބިލީ އައިލިޝް އޯކޮނަލް އަދި ފިނިއަސް އޯކޮނަލް

އެންމެ މޮޅު ޑާންސް/އިލެކްޓްރޯނިކް އަލްބަމް "ޔޫސެކްޝުއާ" – އެފްކޭއޭ ޓްވިގްސް

އެންމެ މޮޅު ޕޮޕް ޑުއޯ/ގްރޫޕް ޕާފޯމަންސް "ޑިފައިންގ ގްރެވިޓީ" – ސިންތިއާ އެރީވޯ އަދި އަރިއާނާ ގްރާންޑޭ

އެންމެ މޮޅު ރޮކް އަލްބަމް "ނެވާރ އިނަފް" – ޓާންސްޓައިލް

އެންމެ މޮޅު ކޮންޓެމްޕަރަރީ ކަންޓްރީ އަލްބަމް "ބިއުޓިފުލީ ބްރޯކަން" – ޖެލީ ރޯލް

އެންމެ މޮޅު އާރް އެންޑް ބީ (އާރް އެން ބީ) އަލްބަމް "މަޓް" – ލިއޯން ތޯމަސް

އެންމެ މޮޅު ޓްރެޑިޝަނަލް ޕޮޕް ވޯކަލް އަލްބަމް  "އަ މެޓަރ އޮފް ޓައިމް" – ލައުފޭ

އެންމެ މޮޅު ލެޓިން ޕޮޕް އަލްބަމް "ކާސިއޮނާރާ" – ނަޓާލިއާ ލަފޯކޭޑް

އެންމެ މޮޅު މިއުޒިކާ މެކްސިކާނާ އަލްބަމް  "ޕެލަބްރާ ޑީ ޓޯސް (ސެކާ)" – ކަރީން ލިއޮން

ވިޝުއަލް މީޑިއާއަށް ތައްޔާރުކުރި އެންމެ މޮޅު ކޮމްޕައިލޭޝަން ސައުންޑްޓްރެކް "ސިނާރސް" – އެކި ފަންނާނުން

ވިޝުއަލް މީޑިއާއަށް ތައްޔާރުކުރި އެންމެ މޮޅު ސްކޯ ސައުންޑްޓްރެކް (ކޮމްޕޯޒަރުގެ އެވޯޑް) "ސިނާރސް" – ލުޑްވިގް ގޯރަންސަން

އެންމެ މޮޅު ގޮސްޕެލް އަލްބަމް "ހާޓް އޮފް މައިން" – ޑަރެލް ވޯލްސް އަދި ޕީޖޭ މޯޓަން

އެންމެ މޮޅު ކޮންޓެމްޕަރަރީ ކްރިސްޓިއަން މިއުޒިކް އަލްބަމް "ކޮރިޓޯސް ވޮލިއުމް1" – އިސްރޭލް އެންޑް ނިއު ބްރީޑް

ވިޝުއަލް މީޑިއާ އަށް ތައްޔާރުކުރި އެންމެ މޮޅު ލަވަ "ގޯލްޑެން" – "ކޭޕޮޕް ޑީމަން ހަންޓާސް" އިން

އެންމެ މޮޅު ޖޭޒް ވޯކަލް އަލްބަމް "ޕޯޓްރެއިޓް" – ސަމާރާ ޖޯއި

އެންމެ މޮޅު ޖޭޒް އިންސްޓްރޫމެންޓަލް އަލްބަމް "ސަދާން ނައިޓްސް" – ސުލިވަން ފޯޓްނާ (ޕީޓާ ވޮޝިންގްޓަން އަދި މާކަސް ގިލްމޯއާއެކު)

އެންމެ މޮޅު އެފްރިކަން މިއުޒިކް ޕާފޯމަންސް "ޕުޝް ޓޫ ސްޓާރޓް" – ޓައިލާ

އެންމެ މޮޅު ރެގޭ އަލްބަމް "ބީއެލްއެކްސްއެކްސްޑީ އެންޑް އެފްވައިއޭއެޗް" - ކެޒްނަމްޑީ

އެންމެ މޮޅު މިއުޒިކް ވީޑިއޯ "އެންޒައިޓީ" – ޑޯޗީ

އެންމެ މޮޅު މިއުޒިކް ފިލްމު "މިއުޒިކް ބައި ޖޯން ވިލިއަމްސް"

އެންމެ މޮޅު އޮލްޓަނޭޓިވް މިއުޒިކް އަލްބަމް "ސޯންގްސް އޮފް އަ ލޮސްޓް ވޯލްޑް" – ދަ ކިއުއާ

އަހަރުގެ އެންމެ މޮޅު ލަވަލިޔުންތެރިޔާ - އޭމީ އެލަން

އަހަރުގެ އެންމެ މޮޅު ޕްރޮޑިއުސަރު (ނޮން-ކްލެސިކަލް) ސާކަޓް

އެންމެ މޮޅު ކޮމެޑީ އަލްބަމް "ޔޯ ފްރެންޑް ނޭޓް ބާރގޭޓްޒް" – ނޭޓް ބާގަޓްޒޭ

އެންމެ މޮޅު އޯޑިއޯ ބުކް، ނެރޭޝަން އަދި ސްޓޯރީޓެލިންގ ރެކޯޑިންގ "ދަ މީޑިއޭޝަންސް: ދަ ރިފްލެކްޝަން އޮފް ދަ ހޯލިނެސް އޮފް ދަ ދަލައިލާމާ" – ދަލައި ލާމާ

އެންމެ މޮޅު ސްޕޯކަން ވާރޑް ޕޮއެޓްރީ އަލްބަމް "ވޯޑްސް ފޯ ޑޭސް ވޮލިއުމް 1" – މޭޑް ސްކިލްޒް

އެންމެ މޮޅު އަލްބަމް ކަވަރު "ކްރޮމަކޯޕިއާ" ޑރ. ޑްރޭ ގްލޯބަލް އިމްޕެކްޓް އެވޯޑް ފަރެލް ވިލިއަމްސް

ގްރެމީ އެވޯޑްސް ބޭޑް ބަނީކެންޑްރިކް ލަމާއޮލިވިއާ ޑީންއަރިއާނާ ގްރާންޑޭބިލީ އައިލިޝް

ކޮމެންޓް

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު