Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ޕަރީ ފިލްމު

"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި

ވީއެފްއެކްސް ނުވަތަ 'ވިޝުއަލް އިފެކްޓްސް' އަކީ ފިލްމު އުފެއްދުމުގެ ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ އެއް ޓެކްނޮލޮޖީ. މިއީ ކެމެރާއިން ނަގާ ހަގީގީ މަންޒަރުތަކުގެ ތެރެއަށް، ކޮމްޕިއުޓަރ ގްރެފިކްސް ބޭނުންކޮށްގެން އިތުރު މަންޒަރުތައް ވެއްދުން.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 15:00
ދިވެހި ފިލްމު "ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ކުރަނީ

ދިވެހި ފިލްމު "ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ކުރަނީ

އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" ގެ ވީއެފްއެކްސް (VFX) އާއި ސައުންޑް މިކްސިންގްގެ މަސައްކަތް އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯއަކުން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ދިވެހި ފިލްމީ ތާރީހުގައިވެސް، ދިވެހި ފިލްމެއްގައި ވީއެފްއެކްސް އާއި ސައުންޑް މިހާ ފުރިހަމައަށް، އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއެއް ގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މި ފިލްމު އުފެއްދުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ފެންވަރަކަށް ގެނެސްދިނުމަށް ކަމަށް "ޕަރީ" ޓީމުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިފިލްމުގެ ވީއެފްއެސްގެ މަސައްކަތް ވަނީ ބަންގްލަދޭޝް އަދި ސްރީލަންކާގެ ވީއެފްއެސްގެ ސްޓީއޯތަކުން ކޮށްފަ އެވެ. 

ވީއެފްއެކްސް ނުވަތަ 'ވިޝުއަލް އިފެކްޓްސް' އަކީ ފިލްމު އުފެއްދުމުގެ ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ އެއް ޓެކްނޮލޮޖީ އެވެ. މިއީ ކެމެރާއިން ނަގާ ހަގީގީ މަންޒަރުތަކުގެ ތެރެއަށް، ކޮމްޕިއުޓަރ ގްރެފިކްސް ބޭނުންކޮށްގެން އިތުރު މަންޒަރުތައް ވެއްދުމެވެ.

ނަގަން އުނދަގޫ ނުވަތަ ނުނެގޭނެ ފަދަ ނާމާން، ބިރުވެރި އަދި ހިޔާލީ މަންޒަރުތައް ސްކްރީނުން ހަގީގަތެއް ފަދައިން ދައްކުވައިދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖީއަކީ 'ވިޝުއަލް އިފެކްޓްސް' އެވެ.

"ޕަރީ" ފަދަ ބިރުވެރި ފިލްމެއްގައި ޖިންނި ޝައިތާނުން ސިފަވާ ގޮތާއި، ގުދުރަތީ ގޮތުން ނުވާނެ ފަދަ ބިރުވެރި ހަރަކާތްތައް ގެނެސްދިނުމުގައި ވީއެފްއެކްސްގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ޓީމުން ބުންޏެވެ.

އާންމުކޮށް ދިވެހި ފިލްމުތަކުން ފެންނަ ގްރެފިކްސްތަކާ ހިލާފަށް، އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއަކުން "ޕަރީ" ގެ ވީއެފްއެކްސް ހެދުމުގެ ސަބަބުން، ފިލްމުގެ މަންޒަރުތައް ފެންނާނީ އަސްލާ އެއްގޮތަށެވެ. ބެލުންތެރިޔާއަށް އެއީ ހަދާފައިވާ އެއްޗެއްކަން އިހުސާސް ނުވާނެހާ ފުރިހަމައަށް، ފިލްމުގެ ވާހަކައާ ގުޅޭ ގޮތަށް މަންޒަރުތައް ވަނީ ފަރުމާކޮށްފަ އެވެ.

ހަމައެއާއެކު، 7.1 ސައުންޑްގެ އެހީގައި ފިލްމުގެ އަޑުތައް ޑިޒައިންކޮށްފައި ވަނީ ސިނަމާގައި ތިބޭއިރު، އެ ބިރުވެރި ހާދިސާތައް ހިނގަނީ ބެލުންތެރިޔާގެ ވަށައިގެން ކަހަލަ އިހުސާސެއް ކުރުވާނެ ފެންވަރަށެވެ.

ސްރީލަންކާގެ ހިތްގައިމު އަދި ނާމާން މާހައުލުތަކުގައި ޝޫޓްކޮށްފައިވާ މި ފިލްމު ސިނަމާއަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މިއީ ދިވެހި ސިނަމާގެ ތަޖުރިބާ މުޅިން އެހެން ހަރުފަތަކަށް ގެންދާނެ ފިލްމަކަށް ވާނެކަމާމެދު ޝައްކެއް ނެތެވެ.

އޮލިމްޕަހުގެ ޓިކެޓް ކައުންޓަރ ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށާއި، މިފިލްމު އަތޮޅު ތެރޭގެ ރަށްރަށުގައި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށް ޕަރީގެ ޓީމުން ވަނީ އެދިފަ އެވެ.

މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވާއިރު، ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ އަލީ ސީޒަން އެވެ.

ޕަރީ ފިލްމް

ކޮމެންޓް

އިތުރަށް ކިޔާލަން

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

19 ޑިސެމްބަރު 2025
އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

16 އޮކްޓޯބަރު 2025
'ލާލް ސިންގ ޗައްޑާ'ގެ ބައެއް ސީންތަކާއި ގުޅިގެން އާމިރު ޚާން އާއި ދެކޮޅަށް މައްސަލަ އެއް!

'ލާލް ސިންގ ޗައްޑާ'ގެ ބައެއް ސީންތަކާއި ގުޅިގެން އާމިރު ޚާން އާއި ދެކޮޅަށް މައްސަލަ އެއް!

13 އޯގަސްޓު 2022

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު