Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްބިޔޯންސޭ

ބިޔޯންސޭ ބިލިއަނަރަކަށް!

30 ޑިސެމްބަރު 2025 | އަންގާރަ 14:55

ފޯބްސް އިން ވަނީ 2025 ވަނަ އަހަރު ޓެކްސް ނުހިމަނާ ބިޔޯންސޭ އަށް 148 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ލަފާކޮށްފައި.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 14:55
ރެކޯޑިން އާޓިސްޓް ބިޔޯންސޭ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ގެ ކެމްޕޭން އިވެންޓެއްގައި

ރެކޯޑިން އާޓިސްޓް ބިޔޯންސޭ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ގެ ކެމްޕޭން އިވެންޓެއްގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ބިލިއަނަރަކަށް ވެއްޖެ އެވެ.

ފޯބްސް މަޖައްލާ އިން ހޯމަ ދުވަހު ބުނި ގޮތުގައި، މި ދަރަޖަ އަށް ވާސިލްވި ފަސްވަނަ މިއުޒިޝަނަކީ ބިޔޯންސޭ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ރޭންކިން އެކުލަވާލާ މަޝްހޫރު ފޯބްސް މަޖައްލާ އިން ބުނި ގޮތުގައި، 44 އަހަރުގެ މި ފަންނާނު މިހާރު ވަނީ އޭނާގެ ފިރިމީހާ، ރެޕަރ ޖޭ-ޒެޑް އާއި، ޓޭލަރ ސްވިފްޓް، ބްރޫސް ސްޕްރިންގްސްޓީން އަދި ރިހާނާ ފަދަ މަދު ބައެއްގެ ގްރޫޕުގައި ހިމެނިފަ އެވެ.

ބިޔޯންސޭ މި އުސްމިނަަށް ދިޔައީ ވަރަށް ކާމިޔާބު އެހެން ނަމަވެސް ގިނަ އަހަރުތަކެއް ފަހުންނެވެ.

2023 ވަނަ އަހަރު އޭނާގެ "ރެނެސަންސް ވޯލްޑް ޓޫރ" އިން ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވެ އެވެ.

ބިޔޯންސޭ ވަނީ 2024 ވަނަ އަހަރު ގްރެމީ އެވޯޑް ހާސިލްކުރި ކަންޓްރީ އަލްބަމް "ކައުބޯއި ކާޓަރ" އާއި އެކު އޭނާގެ މިއުޒިކަލް ޕްރޮފައިލް ބަދަލުކޮށް، 2025 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ޓުއަރ ބާއްވާފައެވެ.

މި އާމްދަނީތަކާއި، އޭނާގެ މިއުޒިކް ކެޓަލޮގް އާއި އެހެނިހެން އެއްބަސްވުންތަކުން ލިބިފައިވާ އާމްދަނީ އަށް ބަލާފައި، ފޯބްސް އިން ވަނީ 2025 ވަނަ އަހަރު ޓެކްސް ނުހިމަނާ ބިޔޯންސޭ އަށް 148 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ލަފާކޮށްފަ އެވެ. މިއީ ދުނިޔޭގެ އެންމެ މަތީ އާމްދަނީ ލިބޭ ތިންވަނަ މިއުޒިޝަނެވެ.

ފޯބްސް މަޖައްލާ އިން ބިޔޯންސޭ ގެ މުޅި މިލްކިއްޔާތުގެ ތަފްސީލެއް ހާމަކޮށްފަ އެއް ނުވެއެވެ. ބިޔޯންސޭ ވަނީ އޭނާގެ ކެރިއަރާއި އުފެއްދުންތައް މެނޭޖް ކުރުމަށްޓަކައި "ޕާކްވުޑް އެންޓަޓެއިންމަންޓް" އުފައްދާފައެވެ.

ފޯބްސް އިން ބުނި ގޮތުގައި، ބިޔޯންސޭ ހެއަރ ކެއަރ ބްރޭންޑަކާއި، ހެދުމުގެ ބްރޭންޑެއް ފަދަ އެކި ވިޔަފާރިތަކުން އޭނާގެ ވިޔަފާރީގެ ދާއިރާ ފުޅާކޮށްފައިވީ ނަމަވެސް، އޭނާގެ އަމިއްލަ އާމްދަނީގެ ބޮޑު ބަޔެއް ލިބިފައި ވަނީ މިއުޒިކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ކޮންސަޓް ޓުއަރތަކުންނެވެ.

ބިޔޯންސޭފޯބްސްޖޭ-ޒެޑްޓޭލަރ ސްވިފްޓް ރިހާނާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2024

ގްރެމީ އެވޯޑް 4 ފަހަރު ކާމިޔާބް ކޮށްގެން ޓޭލާ ސްވިފްޓް ރެކޯޑެއް ގާއިމް ކޮށްފި

05 ފެބުރުއަރީ 2024
ގްރެމީ އެވޯޑް 4 ފަހަރު ކާމިޔާބް ކޮށްގެން ޓޭލާ ސްވިފްޓް ރެކޯޑެއް ގާއިމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް