Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްޕަރީ

ޕަރީ ފިލްމު ބަލަން ޚާއްސަ ދައުވަތެއް ޑެފް އެސޯސިއޭޝަނަށް!

12 ޖެނުއަރީ 2026 | ހޯމަ 13:29

މި މަހުގެ 7 ވީ ބުދަ ދުވަހުގެ ރޭ ޕްރިމިއަރ ކުރި "ޕަރީ" ފިލްމު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ގޮސްފައި ވާ އިރު ޕަރީ ގެ ޓީމުން މިދިއަ ހުކުރު ދުވަހު ވަނީ އެ ފިލްމު އޮލިމްޕަހުން ހިލޭ ބަލައިލުމުގެ ދައުވަތު ޑެފް އެސޯޝިއޭޝަނަށް ދީފަ. މުޅި ފިލްމަކީ އިނގިރޭސި ބަހުން ސަބްޓައިޓަލް އަރާ ފިލްމަކަށް ވުމާއެކު އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ވެސް މި ފިލްމު އެއްވެސް އުނދަގުލެއް ނެތި ބެލޭނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖެނުއަރީ 2026 | ހޯމަ 13:29
ފިލްމު ޕަރީ ގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް

ފިލްމު ޕަރީ ގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް | ރާއްޖެއެމްވީ

ގިނަ ބައެއްގެ ތައުރީފް އޮހެމުންދާ، އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" ބަލައިލުމުގެ ޚާއްސަ ދައުވަތު ޑެފް އެސޯސިއޭޝަނަށް ޕަރީގެ ޓީމުން ދީފި އެވެ.

މި މަހުގެ 7 ވީ ބުދަ ދުވަހުގެ ރޭ ޕްރިމިއަރ ކުރި "ޕަރީ" ފިލްމު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ގޮސްފައި ވާ އިރު ޕަރީ ގެ ޓީމުން މިދިއަ ހުކުރު ދުވަހު ވަނީ އެ ފިލްމު އޮލިމްޕަހުން ހިލޭ ބަލައިލުމުގެ ދައުވަތު ޑެފް އެސޯޝިއޭޝަނަށް ދީފަ އެވެ. 

މުޅި ފިލްމަކީ އިނގިރޭސި ބަހުން ސަބްޓައިޓަލް އަރާ ފިލްމަކަށް ވުމާއެކު އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ވެސް މި ފިލްމު އެއްވެސް އުނދަގުލެއް ނެތި ބެލޭނެ ކަން ފާހަގަކޮށް ޕަރީ ފިލްމުގެ ޓީމުން ބުނީ އޮލިމްޕަހުން އެ ފިލްމު ބަލައިލުމުގެ ދައުވަތު އެ އެސޯސިއޭޝަނަށް ދީފައި ވަނީ އެ ކޮމިއުނިޓީ އަކީ ވެސް މުނިފޫހިފިލުމުގެ ދާއިރާގައި ޝާމިލުވާ ބަޔަކަށް ހެދުމުގެ ގޮތުން ކަމަށެވެ. 

ޕަރީ ގެ ޓީމުން ބުނީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މިފަދަ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. ޚާއްސަކޮށް މުނިފޫހިފިލުމުގެ ދާއިރާ ގެ އިތުރުން ފިލްމު އިންޑަސްޓްރީ ގެ މަސައްކަތްތައް ބެލުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ. 

ޕަރީ ގެ ޓީމުން ދިން މި ދައުވަތަށް ޑެފް އެސޯސިއޭޝަން ގެ 25 މީހުން ވަނީ އޮލިމްޕަހަށް ގޮސް ފިލްމު ބަލާފަ އެވެ.  އެ އެންމެން ވެސް ވަނީ ފިލްމު ގެ ރީތި ކަމާއި، މޮޅު ކަމުގެ ވާހަކަ ދައްކާފަ އެވެ. އަދި އެންމެން ވެސް ބުނީ އެފަދަ ދައުވަތެއް ޕަރީ ގެ ޓީމުން ދިނުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ. 

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިގޮތަށް އޮލިމްޕަހުގައި ހިލޭ ފިލްމެއް ބަލައިލަން ދައުވަތު ދިން ފުރަތަމަ ފަހަރު ކަމަށް ވުމާއެކު  އެކަމަށްޓަކައި އެ އެސޯސިއޭޝަންގެ އެންމެން ގެ ނަމުގައި ޝުކުރު ޕަރީގެ ޓީމަށް ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ. 

ޕަރީ ފިލްމު ބަލަން ދާ އެންމެން ގެ ވެސް ޕޮޒިޓިވް ކޮމެންޓުތައް ފިލްމަށް ލިބެވުންދާއިރު އެ ޓީމުން ވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދު ދެ ދުވަހުގައި މެންދުރު ފަހުގެ ޝޯތައް އޮލިމްޕަހުގައި އެޅުވުމަށް ވެސް ނިންމާފަ އެވެ. 

ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު ފިލްމުގެ މަންޒަރުތަކާއި އަޑުގެ އިތުރުން ފަންނާނުންގެ އެކްޓިންގ ވެސް ކަމުދިއަ ކަން ގިނަ ބަޔަކު ފާހަގަ ކުރިއިރު އެންމެ ގިނަ ބައެއްގެ ތައުރީފު އޮހިގެން ދިޔައީ "ޕަރީ" އަށެވެ. އައިޝަތު ލަމްސާ ލަތީފް ގެ ރޯލަށް ތައުރީފު ނުކުރާ އެކަކުވެސް ނެތެވެ. 

ބެލުން ތެރިން މި ވަނީ ޕަރީ އަކީ ރާއްޖޭގެ އެންމެ މޮޅު ފިލްމް ކަމަށް ނިންމައިފަ އެވެ. މިއީ ބޮލީވުޑް އާ އެންފެންވަރުގެ ފިލްމެއް ކަމަށް ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނީ ހޮލީވުޑްގެ ތަރިންނަށް ދިވެހި ފަންނާނުން ދޫ ނުކުރާ ކަމަށެވެ. ފިލްމަށް ފަހު ބައެއް ބެލުން ތެރިން ވަނީ ފިލްމުގެ ޑައިރެކްޝަން، ސްޓޯރީ، ސްކީރްންޕްލޭ، ސިނަމަޓޯގްރަފީ، ވީއެފްއެކްސް އަދި ސައުންޑްގެ މަސައްކަތްތަކަށް 100 މާކްސް ދީފަ އެވެ.

ދިވެހި ފިލްމުތަކަށް ބެކް މިއުޒިކް ތައްޔާރުކުރާ މިއުޒީޝަނަކު މި ފިލްމު ބެލުމަށްފަހު ބުނެފައި ވަނީ މިއީ އޮލިމްޕަހުގައި މިހާތަނަށް އެޅުވި ސައުންޑްގެ މަސައްކަތް އެންމެ ފުރިހަމަ މަސައްކަތް ކަމަށެވެ. ފިލްމު ބެލި، ފިލްމު އުފައްދާ ޕްރޮޑިއުސަރަކަު ބުނި ގޮތުގައި މިއީ އޮލިމްޕަހުގައި އެޅުވި ޑައިރެކްޝަން އާއި ސައުންޑާ ވީއެފްއެކްސް އެންމެ މޮޅު ފިލްމު ކަމަށެވެ.

މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށްފައިވާ ފިލްމަކަށް ވާއިރު، ޑައިރެކްޑް ކޮށްފައި ވަނީ އަލީ ސީޒަން އެވެ. މިއީ އަލީ ސީޒަން ގެ އެންމެ "ބެސްޓް" މަސައްކަތް ކަމަށް ސީޒަން އަމިއްލަ އަށް ބުނެފައިވާއިރު، އެކަން ފިލްމު ބެލި އެންމެ ވެސް ވަނީ ފާހަގަކޮށް ފައެވެ. އަހުސަން އާ ސީޒަން ގެ މި ފިލްމަކީ ދިވެހީން ފަޚުރުވެރިވާ ވަރުގެ މޮޅު ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީ ފަދަ މޫނުތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ލަންކާގެ ބައެއް ފިލްމީ ތަރީން ވެސް މި ފިލްމުގައި ހަރަކާތްތެރިވެފައި ވެ އެވެ. ފިލްމުގެ ކޮންމެ ކާސްޓެއް ވެސް ދައްކުވައި ދީފައިވަނީ ތަފާތު މޮޅު އެކްޓިންގ އެކެވެ.

އަވަށްޓެރި ސްރީލަންކާގައި 99 އިންސައްތަ ޝޫޓް ކޮށްފައިވާ މި ފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމެކެވެ.

ޕަރީ ފިލްމް

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2026

ޕަރީ ފިލްމު އޮލިމްޕަހުގައި އަޅުވައިފި، ނިމުމާއެކު ބެލި އެންމެންގެ ތައުރީފް ބަންޑުން ކޮށްލައިފި

08 ޖެނުއަރީ 2026
ޕަރީ ފިލްމު އޮލިމްޕަހުގައި އަޅުވައިފި، ނިމުމާއެކު ބެލި އެންމެންގެ ތައުރީފް ބަންޑުން ކޮށްލައިފި
30 ޑިސެމްބަރު 2025

"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި

30 ޑިސެމްބަރު 2025
"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި
19 ޑިސެމްބަރު 2025

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

19 ޑިސެމްބަރު 2025
'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި
05 ޑިސެމްބަރު 2025

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025
އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!
02 ޑިސެމްބަރު 2025

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!
16 އޮކްޓޯބަރު 2025

'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

16 އޮކްޓޯބަރު 2025
'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި
04 މެއި 2023

ބެލުންތެރިންނަށް ޚާއްސަ ހަދިޔާއަކާއެކު "ލޯބިވެވިއްޖެ" ލޯންޗްކޮށްފި

04 މެއި 2023
ބެލުންތެރިންނަށް ޚާއްސަ ހަދިޔާއަކާއެކު "ލޯބިވެވިއްޖެ" ލޯންޗްކޮށްފި
05 ސެޕްޓެމްބަރު 2020

ފިލްމު މުލާން ބޮއިކޮޓް ކުރުމަށް ގޮވާލަނީ

05 ސެޕްޓެމްބަރު 2020
ފިލްމު މުލާން ބޮއިކޮޓް ކުރުމަށް ގޮވާލަނީ
12 ޑިސެމްބަރު 2019

ބަންގްލަދޭޝްގެ ރާޅާއެޅުންތެރިޔާ އައިޝާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލަނީ

12 ޑިސެމްބަރު 2019
ބަންގްލަދޭޝްގެ ރާޅާއެޅުންތެރިޔާ އައިޝާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް