Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ގޯލްޑަން ގްލޯބްސް

ގޯލްޑަން ގްލޯބްސް އެވޯޑްގައި ޑިކެޕްރިއޯ ފަހަތަށް ޖައްސާލުމަށްފަހު ޝަލަމޭ ކާމިޔާބީ ހޯދައިފި

އުމުރުން 30 އަހަރުގެ ޝަލަމޭ، "މާޓީ ސުޕްރީމް" ކިޔާ ފިލްމުގައި ދެއްކި މޮޅު ހުނަރާއެކު، މިއުޒިކަލް ނުވަތަ ކޮމެޑީ ކެޓަގަރީން އެންމެ މޮޅު އެކްޓަރުގެ މަގާމު ވަނީ ހާސިލްކޮށްފަ

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 09:45
83 ވަނަ އަހަރީ ގޯލްޑަން ގްލޯބްސް ހަފްލާ ގައި ކައިލީ ޖެނަރ އާއި ޓިމޮތީ ޝަލަމޭ

83 ވަނަ އަހަރީ ގޯލްޑަން ގްލޯބްސް ހަފްލާ ގައި ކައިލީ ޖެނަރ އާއި ޓިމޮތީ ޝަލަމޭ | ގެޓީ އިމޭޖަސް

މި އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ބައިވެރިވެފައިވާއިރު، މި ހަފުލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެއް ހޯދާފައި ވަނީ ޓިމޮތީ ޝަލަމޭ އެވެ.

އުމުރުން 30 އަހަރުގެ ޝަލަމޭ، "މާޓީ ސުޕްރީމް" ކިޔާ ފިލްމުގައި ދެއްކި މޮޅު ހުނަރާއެކު، މިއުޒިކަލް ނުވަތަ ކޮމެޑީ ކެޓަގަރީން އެންމެ މޮޅު އެކްޓަރުގެ މަގާމު ވަނީ ހާސިލްކޮށްފަ އެވެ. އޭނާ މި މަގާމު ހޯދީ ލިއޮނާޑޯ ޑިކެޕްރިއޯ އަދި ޖޯޖް ކްލޫނީ ފަދަ ތަޖުރިބާކާރު ތަރިންނާ ވާދަކޮށްގެންނެވެ. މިއީ އޭނާ އޮސްކާ އެވޯޑަކާ ދިމާލަށް ކުރާ ދަތުރުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޑިކެޕްރިއޯ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ނުލިބުނު ނަމަވެސް، އޭނާގެ ފިލްމު "ވަން ބެޓަލް އާފްޓަރ އެނަދަރ" ވަނީ މުޅި ހަފުލާގައި އެންމެ ގިނަ އެވޯޑް ހާސިލްކުރި ފިލްމަށް ވެފަ އެވެ. މި ފިލްމަށް ވަނީ އެންމެ މޮޅު މިއުޒިކަލް ނުވަތަ ކޮމެޑީ ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއެކު ޖުމްލަ ހަތަރު އެވޯޑް ލިބިފަ އެވެ.

އަޔަލޭންޑްގެ ބަތަލާ ޖެސީ ބަކްލީއަށް "ހެމްނެޓް" އިން އެންމެ މޮޅު ޑްރާމާ އެކްޓްރެސްގެ އެވޯޑް ލިބުނުއިރު، މި ފިލްމު ވަނީ ހީނުކުރާ ފަދަ ގޮތަކަށް އެންމެ މޮޅު ޑްރާމާ ފިލްމުގެ މަގާމުވެސް ހޯދާފަ އެވެ. ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި "ސިނާސް" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ނުލިބުނު ނަމަވެސް، އެ ފިލްމަށް ވަނީ ބޮކްސް އޮފީސް އެޗީވްމަންޓް އެވޯޑާއި އެންމެ މޮޅު މިއުޒިކްގެ އެވޯޑް ލިބިފަ އެވެ.

އޮސްކާ އެވޯޑަށް މަގުފަހިކޮށްދޭ މުހިންމު ހަރުފަތެއްގެ ގޮތުގައި ބެލެވޭ މި އެވޯޑް ހަފުލާގައި، ޓޭޔާނާ ޓޭލާ، ރޯޒް ބާން، ވަގްނާ މޯރާ އަދި ސްޓެލަން ސްކާސްގާޑް ވެސް ވަނީ އެކި ކެޓަގަރީތަކުން އެވޯޑް ހާސިލްކޮށްފަ އެވެ.

އޮސްކާ އެވޯޑާ ހިލާފަށް، ގޯލްޑަން ގްލޯބްސް ގައި ޓީވީ ސިލްސިލާތަކަށް ވެސް އެވޯޑްދެ އެވެ. އެގޮތުން ނެޓްފްލިކްސްގެ ޑްރާމާ "އެޑޮލެސެންސް" އިން އިނގިރޭސި އެކްޓަރުން ކަމަށްވާ ސްޓީވަން ގްރަހަމް، އޯވެން ކޫޕާ އަދި އެރިން ޑޮހަޓީ ވަނީ އެމީހުންގެ މޮޅު ހުނަރަށް އެވޯޑް ހާސިލްކޮށްފަ އެވެ.

ޝަލަމޭގެ ފޮނި ކާމިޔާބީ

އޮސްކާ ރޭހަށް އެންމެންގެ ނަޒަރު ހުއްޓިފައިވާ މި ދަނޑިވަޅުގައި، ޓިމޮތީ ޝަލަމޭ ހޯދި މި ކާމިޔާބީއާ އެކު އޭނާގެ ވާދަވެރިންނަށް ވުރެ ކުރި ހޯދުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އެވޯޑާ ހަވާލުވުމަށް ފަހު އޭނާ ބުނީ، "އަހަރެން މި ހިމެނެނީ ވަރަށް ގިނަ ކުޅަދާނަ ފަންނާނުންގެ ތެރޭގައި" ކަމަށެވެ.

މިއީ ގޯލްޑަން ގްލޯބްސް އަށް ޝަލަމޭ ނޮމިނޭޓްވި ފަސްވަނަ ފަހަރެވެ. ނަމަވެސް، މިއީ އޭނާ އެވޯޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އޭނާ ބުނި ގޮތުގައި، "ބޮޑުވަމުން އައިއިރު، ލިބޭ ކޮންމެ މިންވަރަކަށް ޝުކުރުވެރިވުމުގެ ރޫހު ބައްޕަ އަހަރެންގެ ކިބައިގައި އަށަގެންނެވި" އެވެ.

"އެކަމުގެ ސަބަބުން، މީގެ ކުރިން މިފަދަ ހަފުލާތަކުން ހުސްއަތާ އެނބުރި ދާންޖެހުނު ނަމަވެސް، މިތަނަށް އާދެވުނީތީ އުފާކޮށް، އިސްއުފުލައިގެން ހުރެ ދިޔުމުގެ ހިތްވަރު ލިބުނު. އެކަމަކު، ކުރީގެ އެ ތަޖުރިބާތަކުގެ ސަބަބުން މި ވަގުތުގެ ފޮނިކަން މާ ބޮޑަށް އިހުސާސްވާކަން ހާމަ ނުކޮށްފި ނަމަ އެއީ ދޮގަކަށް ވާނެ،" އޭނާ ބުންޏެވެ.

އަދި އޭނާގެ ލޯބިވެރިޔާ ކައިލީ ޖެނާ އަށް ބަލައިލަމުން ބުނީ، "މައިންބަފައިންނާއި ބައިވެރިޔާއަށްޓަކައި، އަހަރެން ތިޔަ އެންމެން ދެކެ ވަރަށް ލޯބިވޭ،" ކަމަށެވެ.

ޖެސީ ބަކްލީ ބުނީ މިއީ 'ބޮޑު ޝަރަފެއް' ކަމަށް

ވިލިއަމް ޝޭކްސްޕިއަރުގެ ދަރިފުޅުގެ މަރުގެ މައްޗަށް ބިނާކޮށް މެގީ އޯފަރެލް ލިޔެފައިވާ 'ހެމްނެޓް' ވާހަކައިގެ މައްޗަށް ތައްޔާރުކުރި ފިލްމުން އެންމެ މޮޅު ބަތަލާގެ މަގާމު ލިބުނީ ޖެސީ ބަކްލީ އަށެވެ.

އެވޯޑާ ހަވާލުވަމުން އޭނާ ބުނީ، "މިއީ އާދައިގެ އިހުސާސެއް ނޫން، އަދި މިއީ އާންމުކޮށް ކުރިމަތިވާނެ ހާލަތެއްވެސް ނޫން،" ކަމަށެވެ.

ހެމްނެޓްގެ ޖެސީ ބަކްލީ އަށް އެންމެ މޮޅު ބަތަލާ ގެ މަގާމު ލިބުނު
ހެމްނެޓްގެ ޖެސީ ބަކްލީ އަށް އެންމެ މޮޅު ބަތަލާ ގެ މަގާމު ލިބުނު

"މި ފިލްމުގެ މަސައްކަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް. އެއީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އިނގިރޭސި ޝަހުސިއްޔަތުގެ ވާހަކަ ކިޔައިދިންއިރު، އަހަރެމެންނާއެކު މަސައްކަތްކުރީ ޗައިނާގެ ޑައިރެކްޓަރަކާއި، އަޔަލޭންޑްގެ ގިނަ ފަންނާނުންތަކެއްގެ އިތުރުން ޕޮލެންޑްގެ ކުރޫ އެއް. މިއީ އިނގިރޭސި އާއިލާއެއްގެ ތެރޭގައި ހިނގި ބައިނަލްއަގުވާމީ މަސައްކަތެއް،" އޭނާ އިތުރަށް ބުންޏެވެ.

ވާހަކަ ނިންމާލަމުން އޭނާ ބުނީ، "މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. މި ސިނާއަތުގެ ބައެއްގެ ގޮތުގައި ހުރެވުމަކީ އަހަރެން އުފާކުރާ ކަމެއް،" ކަމަށެވެ.

އޭގެ ކުޑަވަގުތުކޮޅެއް ފަހުން، އެންމެ މޮޅު ޑްރާމާ ފިލްމަކަށް 'ހެމްނެޓް' ހޮވުމުން، އެ ފިލްމުގެ ޑައިރެކްޓަރު ކްލޯއީ ޒާއޯ ހުރީ ވަރަށް ބޮޑަށް ހައިރާންވެފަ އެވެ.

އެވޯޑާ ހަވާލުވަމުން ޕްރޮޑިއުސަރު ސްޓީވަން ސްޕީލްބާގް ބުނީ، އޭނާ އަކީ އޯފަރެލްގެ އެ ފޮތަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި، ނަމަވެސް އެ ވާހަކަ ފިލްމެއްގެ ސިފައިގައި ގެނެސްދެވޭނެ ހަމައެކަނި ފަންނާނަކީ ޒާއޯ ކަމަށް އޭނާ އަށް ގަބޫލުކުރެވޭ ކަމަށެވެ.

ޒާއޯ ބުނީ، "މި ފިލްމު އުފެއްދުމުގައި 'ހެމްނެޓް' ގެ މުޅި ޓީމު ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި، މި މަސައްކަތުގެ ތެރޭގައި ބައެއް މީހުންގެ ލޯބިވާ އާއިލާގެ މެންބަރުން ވަނީ ވަކިވެފައި، އަދި ބައެއް މީހުން އަދިވެސް ދަނީ ހިތާމަވެރި ހާލަތްތަކާ ކުރިމަތިލަމުން، އަހަރެން ބުނެލަން ބޭނުންވަނީ، އަހަރެމެން ތިޔަ ފަރާތްތަކުގެ މަތިން ހަނދާން އެބަހުއްޓޭ، އަހަރެމެން މިއަދު މިތަނުގައި މި ތިބީ ތިޔަ ފަރާތްތަކުގެ ސަބަބުން. އަހަރެމެން ތިޔަ އެންމެން ދެކެ ލޯބިވޭ." ކަމަށެވެ.

ޓިމޮތީ ޝަލަމޭގޯލްޑަން ގްލޯބްސްލިއޮނާޑޯ ޑިކެޕްރިއޯޖެސީ ބަކްލީކައިލީ ޖެނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!

ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!

08 ޖެނުއަރީ 2026
"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި

"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި

30 ޑިސެމްބަރު 2025
ބިޔޯންސޭ ބިލިއަނަރަކަށް!

ބިޔޯންސޭ ބިލިއަނަރަކަށް!

30 ޑިސެމްބަރު 2025
'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

19 ޑިސެމްބަރު 2025
އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު