Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް"ޔުއަރ ޕެރަޑައިސް"

ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަވާނީ ފަރެސް ގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 11 އިން 16 އަށެވެ. މިއީ މީގެ ކުރިން ފިޖީ ގައި ބާއްވަމުން އައި މަގުބޫލު ފެސްޓިވަލް، އިންޑިއާ ކަނޑުގެ ގައުމެއްގައި ބާއްވާ ފުރަތަމަ ފަހަރު.

އަލް - ހުރަވީ
އަލް - ހުރަވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 12:52
ބ. އަތޮޅު - އަވާނި ފަރެސް

ބ. އަތޮޅު - އަވާނި ފަރެސް | ސަފާރި އިންޑިއާ

ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ތަފާތު އެއް މިއުޒިކް ފެސްޓިވަލް ކަމަށްވާ "ޔުއަރ ޕެރަޑައިސް" ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅުގައި ހިންގަމުން އަންނަ އަވާނީ  ފަރެސް މޯލްޑިވްސް ރިސޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 11 އިން 16 އަށެވެ. މިއީ މީގެ ކުރިން ފިޖީ ގައި ބާއްވަމުން އައި މަގުބޫލު ފެސްޓިވަލް  އިންޑިއާ ކަނޑުގެ ގައުމެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ޑީޖޭ އެއް މިޔުޒިކް ފެސްޓިވަލް
ޑީޖޭ އެއް މިޔުޒިކް ފެސްޓިވަލް

މި ފެސްޓިވަލާ ގުޅޭގޮތުން އަވާނީ ފަރެސް އިން ބުނީ، ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި ދުނިޔޭގެ މަޝްހޫރު އިލެކްޓްރޯނިކް މިއުޒިކް އާޓިސްޓުން ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ފުންނާބު އުސް ފަންނާނުން ހިމެނެއެވެ.

މި ހަރަކާތަކީ ހަމައެކަނި މިއުޒިކް ފެސްޓިވަލެއް ނޫނެވެ. މީގެ ތެރޭގައި ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއި، ވެލްނަސް ސެޝަންތަކުގެ އިތުރުން މޫދު ކުޅިވަރުގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ. މި ފެސްޓިވަލް އިންތިޒާމު ކުރެވިފައިވަނީ ޖުމްލަ 400 އެއްހާ މީހުންނަށް ބައިވެރިވެވޭ ގޮތަށް، ވަރަށް ޚާއްޞަ އަދި ލަގްޒަރީ ތަޖުރިބާއެއްގެ ގޮތުގަ އެވެ.

ބ. އަތޮޅުގެ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ހިތްގައިމު މާހައުލުގައި ބާއްވާ މި ފެސްޓިވަލަކީ ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، "ފެސްޓިވަލް ޑެސްޓިނޭޝަން " އެއްގެ ގޮތުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ބުކިންގްސް ހުޅުވާލާފަ އެވެ. އަދި މިކަމަށް ޚާއްޞަ ޕެކޭޖްތަކެއް ވެސް އަވާނީ  ފަރެސް އިން ވަނީ ތައާރަފު ކޮށްފަ އެވެ.

ބ< އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްބ. އަތޮޅު - އަވާނީ ފަރެސް މޯލްޑިވްސްޔުއަރ ޕެރަޑައިސް

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ

09 ފެބުރުއަރީ 2026
އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ
24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު