Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

އެފްއޭއެމް އިން ބުނެފައި ވަނީ އޭގެ ތެރެއިން ފުރަތަމަ ފެސްޓިވަލް ކުރިއަށް ގެންދާނީ މި ހިނގާ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މާފަންނު ޓާފް ދަނޑުގައި އޮންނަ އެ ފެސްޓިވަލްގައި މާލޭގެ ފުޓުބޯޅަ އެކަޑަމީ ތަކުން 1500 އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށް އެފްއޭއެމް އިން ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2025 | ބުދަ 04:09
މާާޒިޔާގެ އެކަޑަމީ އަށް ނިސްބަތްވާ ބައެއް ކުޅުންތެރިން

މާާޒިޔާގެ އެކަޑަމީ އަށް ނިސްބަތްވާ ބައެއް ކުޅުންތެރިން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި، ސިލްސިލާ ފުޓުބޯޅަ ފެސްޓިވަލް ތަކެއް ކުރިއަށް ގެންދަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ފެސްޓިވަލެއް ކަމަށެވެ. އެފްއޭއެމް އިން ނިންމާފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށެވެ.

އެފްއޭއެމް އިން ބުނެފައި ވަނީ އޭގެ ތެރެއިން ފުރަތަމަ ފެސްޓިވަލް ކުރިއަށް ގެންދާނީ މި ހިނގާ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މާފަންނު ޓާފް ދަނޑުގައި އޮންނަ އެ ފެސްޓިވަލްގައި މާލޭގެ ފުޓުބޯޅަ އެކަޑަމީ ތަކުން 1500 އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށް އެފްއޭއެމް އިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެފްއޭއެމް އިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މި ފެސްޓިވަލް، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށްދާ ފެސްޓިވަލްގައި އެކަޑަމީ ތަކުގެ މެޗުތަކާއި، ވާދަވެރިކަމާއި، އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙާއި، މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުވުމަށް ފަރުމާ ކޮށްފައިވާ ޙަރަކާތްތައް ހިމެނޭނެ ކަމަށް އެފްއޭއެމް އިން ބުނެފައިވެ އެވެ.

އެފްއޭއެމް އިން ވަނީ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ފަރުމާ ކޮށްފައިވާ ޚާއްސަ ލޯގޯ ވެސް ލޯންޗު ކޮށްފަ އެވެ. އަދި ޑައިމަންޑް ޖުބިލީ ކޮމެޓީގެ ނަމުގައި އެފްއޭއެމް އިން ވަނީ ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު