Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

އަންސަން ސޫކީ - ސުލްހައިގެ ޗެމްޕިއަނަށް ހަގީގަތުގައި މިވީ ކިހިނެއް؟

އިންސާނީ ހައްގުތައް ފޭރެމުންދާއިރު ސޫކީ އެކަމާ ދެކޮޅަށް ތެދުވެވަޑައި ނުގަންނަވަނީ ކީއްވެ؟

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2017 | ބުދަ 20:12
ރޮހިންޖާ މުސްލިމުންނާ މިޔަންމާ ސިފައިން ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ތެދުވެވަޑައިގަންނަވަން ސޫކީއަށް ކެރިވަޑައެއް ނުގަތް

ރޮހިންޖާ މުސްލިމުންނާ މިޔަންމާ ސިފައިން ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ތެދުވެވަޑައިގަންނަވަން ސޫކީއަށް ކެރިވަޑައެއް ނުގަތް

އަންސަން ސޫކީ އަކީ މިޔަންމާގެ ސްޓޭޓް ކައުންސެލަރ އެވެ. މިއީ، އެ ގައުމުގެ ގާނޫނު އަސާސީ އޮތް ގޮތުން، ގާނޫނު އަސާސީން ބޭރު ނުވެ ގައުމުގެ އެންމެ ނުފޫޒް ގަދަ މަގާމުގައި ހުންނެވުމަށް ޚުދު އެކަމަނާ އަމިއްލަފުޅަށް އުފެއްދެވި މަގާމެކެވެ. މިޔަންމާގެ ގާނޫނު އަސާސީ ގައި ވާ ގޮތުން ސޫކީ އަކަށް އެގައުމުގެ ވެރިކަމަށް ވަޑައެއް ނުގެންނެވޭނެއެވެ. އެއީ ބޭރު މީހަކާ ކައިވެނި ކޮށްފައިވާ މީހަކަށް އަދި ބޭރު ގައުމެއްގެ ދަރިން ތިބި މީހަކަށް މިޔަމަންމާގެ ރައީސް ކަމަށް ނާދެވޭ ގޮތައް ގާނޫނު އަސާސީގައި ލިޔެފައިވާތީއެވެ. މި މާއްދާ އަކީ ސީދާ ސޫކީ އަށް އަމާޒުކޮށް ލިޔެފައިވާ މާއްދާއެކެވެ.

ކަން މިހެން އޮތް ނަމަވެސް މިޔަންމާގައި އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރަކީ އަންސަން ސޫކީ އެވެ. 2015 ވަނަ އަހަރު އެ ގައުމުގައި ބޭއްވުނު އިންތިޚާބް ސޫކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ބޮޑު ތަފާތަކުން ކާމިޔާބު ކޮށް ވެރިކަމަށް އައީ ސޫކީގެ ލީޑަރޝިޕްގައެވެ. ގައުމުގެ ރައީސް ކަމުގެ މަގާމުގައި ނެތަސް ޕާޓީގެ އެންމެ މުހިންމު ނިންމުންތަކާއި، ކެބިނެޓްގެ އެންމެ މުހިންމު ނިންމުންތައް ނިންމަވަނީ އަންސަން ސޫކީ އެވެ.

ސްޓޭޓް ކައުންސެލަރ ގެ މަގާމުގެ އިތުރުން މިޔަންމާގެ ޚާރިޖީ ވަޒީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވަނީ ސޫކީ އެވެ.

ހަގީގަތަކީ މިޔަންމާގެ ރައީސް ޓިން ޔޯ ވެސް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހެނީ ސޫކީ އަށެވެ.

މިޔަންމާގައި މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީ ޑްރާފްޓް ކޮށް ފާސް ކުރީ ކުރިން ވެރިކަން ކުރި މިލިޓަރީ ސަރުކާރުންނެވެ.1962 ވަނަ އަހަރުން ފެށިގެން މިޔަންމާގެ ވެރިކަން ކޮންޓްރޯލް ކުރަމުން އައީ މިލިޓަރީންނެވެ. 2008 ވަނަ އަހަރު ފާސްކުރި އައު ގާނޫނު އަސާސީ ފާސް ކޮށްފައިވަނީވެސް ސުވާލު އުފެދޭ ގޮތަކަށެވެ. ގާނޫނު އަސާސީ އެގޮތައް ފާސްކުރީ ސޫކީ ވެސް އަދި އެކަމަނާގެ ޕާޓީ އެންއެލްޑީ އިދިކޮޅު ހަދަމުން ދަނިކޮށްނެވެ.

ގާނޫނު އަސާސީ ބައްޓަން ކޮށްފައި އޮތީ މިލިޓަރީ އަށް ނުފޫޒް ގަދަ ދައުރެއް ގައުމުގެ ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް އޮންނަ ގޮތަށެވެ. ނަތީޖާއަކީ، ގާނޫނު ހަދާ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި ގޮނޑި މިލިޓަރީ އަށް އޮންނަނީ ޔަގީންކޮށްދީފައެވެ.

މީގެ އިތުރުން ސަރުކާރުގެ ބާރުގަދަ ތިން މިނިސްޓްރީ އެއް އޮންނަނީ މިލިޓަރީ އަށް ލިބޭ ގޮތަށެވެ. އެއީ ހޯމް އެފެއާޒް އާއި، ޑިފެންސް އާއި، ބޯޑަރ ކޮންޓްރޯލް މިނިސްޓްރީއެވެ. އޭގެ މާނައަކީ މިޔަންމާގެ ފުލުހުންނަކީވެސް މިލިޓަރީން ބަލަހައްޓާ ބަޔަކަށް ވުމެވެ.

މިޔަންމާގެ ބާރުގަދަ މިލިޓަރީ އަދި ނޭޝަނަލް ޑިފެންސް ފޯސް އެންޑް ސެކިއުރިޓީ ކައުންސިލްގެ 11 ގޮނޑީގެ ތެރެއިން 6 ގޮނޑިއަކީ މިލިޓަރީގެ ގޮނޑިތަކެވެ. މި ކައުންސިލްގެ ބާރުގަދަ ކަމަކީ އޭރަކު އޮންނަ ޑިމޮކްރަޓިކް ސަރުކާރެއްވެސް ކޮމިޓީއަށް ފެނިއްޖެ ނަމަ ސަސްޕެންޑް ކުރެވިދާނެއެވެ.

ސިވިލް މަގާމުތަކުގެ ތެރޭންވެސް ބޮޑެތި މަގާމުތަކުގައި ތިބެނީ އަސްކަރީ މީހުންނެވެ. އެއާއެކު ވިޔަފާރީގެ ބޮޑެތި މުއާމާލާތްތައްވެސް މިލިޓަރީ އޮފިސަރުން މިޔަންމާގައި ހިންގައެވެ. ބަޖެޓް ބައްޓަން ކުރެވިފައި އޮންނަނީވެސް މިލިޓަރީ އަށް ފަހިވާ ގޮތަށެވެ. ބަޖެޓްގެ 14 އިން ސައްތަ އަކީ މިލިޓަރީއަށް ކަނޑައަޅާ ފައި އޮންނަ އެއްޗެކެވެ. އެއީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އެއް ކޮއްލުމުން ޖެހޭ އަދަދަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެއެވެ.

އަންސަން ސޫކީގެ ސިޔާސީ ހަޔާތުގެ 15 އަހަރު ހޭދަ ކުރެއްވީ މިލިޓަރީ ބާރުގެ ދަށުން ގޭ ބަންދު ގައެވެ. ސިޔާސީ ގޮތުން ކުރިއެރުމެއް ހޯއްދެވިޔަ ނުދީ 20 އަހަރު މިލިޓަރީން ގެން ދިޔައީ ސޫކީ އަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ނަމަވެސް 2015 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާއާ އެކު މިޔަންމާގެ ސިޔާސީ އީކުއޭޝަން ބަދަލުވެ، މިލިޓަރީ އާއި ސޫކީ ގުޅިގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް ހޯދަން ޖެހުނެވެ. އިންތިޚާބުގެ ނަތީޖާއާއެކު ގައުމު ހިންގުމުގެ މެންޑޭޓް ލިބިވަޑައިގަތީ ސޫކީ އަށެވެ. ބާރު އޮތީ މިލިޓަރީއަތުގައެވެ.

މިކަން މިހެން އޮތަސް މުހިންމު އެތައް މައްސަލައެއްގައި އަދިވެސް ސޫކީ އާ މިލިޓަރީގެ ޚިޔާލު އެއްގޮތެއް ނުވެއެވެ. މިސާލަކަށް ގާނޫނު އަސާސީ އިސްލާހު ކުރަން ސޫކީ ބޭނުންފުޅުވެއެވެ. ނަމަވެސް މިލިޓަރީން އެކަން ކުރާކަށް ބޭނުމެއް ނޫނެވެ.

ރޮހިންޖާ މައްސަލައިގައިވެސް ސޫކީ ހުންނެވީ ފާޑަށް ފިތިފައި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިޔަންމާގެ އާއްމު ވިސްނުމުގައިވެސް ރޮހިންޖާ ނަސްލަކަށް ހަމްދަރުދީ އެއް ނޯވެއެވެ. މިއީ މުސްލިމުންނާއި ބުޑިސްޓުންގެ ދެ މެދުގައި އޮތް ކަމަކަށް ވަނީ ވެފައެވެ. މިޔަންމާގެ ރަސްމީ ވިސްނުމަކީ ރޮހިންޖާ މީހުންނަކީ އެގައުމުގެ ބައެއް ނޫން ކަމަށެވެ. އެއީ ގަވައިދާ ޚިލާފަށް ބަންގްލަދޭޝް އިން އެތެރެވެފައިވާ ބައެއް ކަމަށް ސަރުކާރުން ބުނަމުން ދެއެވެ. އެތައް ޖެނެރޭޝަނެއް ފާއިތުވެ ދިޔައިރުވެސް ރޮހިންޖާ މީހުންނަކީ މިޔަންމާ ރައްޔިތުން ކަމަށް ބަލައި ނުގަތުމުގެ ވިސްނުން ސަރުކާރެކޭ އެއް ގޮތައް މިޔަންމާގެ އާއްމު ރައްޔިތުންގެ ވެސް ގެންގުޅެއެވެ. ރަޚައިން ސްޓޭޓްގެ ބުޑިސްޓުން ގަބޫލު ކުރަނީ އެމީހުން ދުވަސްކޮޅަކުން މައިނޯރިޓީންނަށް ވެދާނެ ކަމަށެވެ. އަދި އެއާއެކު އެމީހުންގެ އައިޑެންޓިޓީ ގެއްލި މުސްލިމުންގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމަށެވެ. އަނެއް ކޮޅުން ފުލުހުންގެ ތެރޭގައިވެސް ބުޑިންސްޓުންގެ އިހްސާސް ތަކަށް ވަރަށް ބޮޑު ހަމްދަރުދީ އެއް އޮންނަނީ އުފެދިފައެވެ. އެއީ ފުލުހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ރަޚައިން ސްޓޭޓްގެ ބުޑިސްޓުންނާއި މިލިޓަރީ އޮފިޝަލުންނެވެ.

ރަޚައިން ސްޓޭޓްގެ އުތުރުގެ ކޮންޓްރޯލާއި ބާރު އޮންނަނީ ސިފައިންގެ އަތުގައެވެ. އެއީ ބަންގްލަދޭޝް އާއި ބަރުމާ ވަކި ކުރާ ބޯޑަރު ސަރަހައްދު ކަމަށްވާއިރު، އެ ބޯޑަރުގެ ކޮންޓްރޯލްވެސް އޮންނަނީ ސިފައިންގެ އަތްމަތީގައެވެ. މިކަން މިހެން އޮއްވާ، މިލިޓަރީގެ ބާރު ގަދަ ކޮމާންޑަރެއް ކަމުގައިވާ، ޖެނެރަލް މިން އައުންގް ލައިންގ ދާދި ފަހުން ބުނެފައިވަނީ އޭނާގެ ހިތުގައި ރޮހިންޖާ މީހުންނާ މެދު ކުޑަ ނަމަވެސް ހަމްދަރުދީ އެއް ނެތް ކަމަށެވެ. އޭނާގެ ވާހަކަ އިން އެނގޭ ގޮތުގައި މިޔަންމާގެ ސިފައިން މިހާރު ކުރިއަށް ގެންދާ "ސާފު ކޮށްލުމުގެ އޮޕަރޭޝަން" އަކީ ނުނިމި ދިގުލާފައިވާ މައްސަލައެއް ނިންމާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތައް ޖަސްޓިފައި ކުރުމަށް އެމީހުން ދައްކާ ވާހަކައަކީ އެއީ ޓެރަރިޒަމް އާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ރޮހިންޖާ މުސްލިމުންގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި، ޓެރަރިސްޓް ގްރޫޕްތަކަށް ވާގިވެރިވަމުން ދެއެވެ. މިލިޓަރީ މިގޮތުން ދައްކާ ވާހަކައަކީ މިޔަންމާގެ އާއްމު ރައްޔިތުންގެ ވިސްނުންވެސް ހުންނަ ގޮތެވެ. ދިގު ޒަމާންތަކަށް މިލިޓަރީން ކޮންޓްރޯލް ކުރަމުން އައި މިޔަންމާގެ އާބާދީއަށް މިހާތަނަށް ވިސްނިފައި އޮންނާނީ މިލިޓަރީން އެކަމަކާ ބެހޭ ގޮތުން ޕްރޮޕަގަންޑާ ފަތުރާ ގޮތެއްގެ މައްޗަށެވެ. ނަމަވެސް މިކަން މިލިޓަރީ ވެރިކަން ނިމުމަކަށް އައިސް ލިބުނު އައު މިނިވަން ކަމުގެ ތެރެއިން އުފެދުނު މިނިވަން މީޑިއާ ތަކާއި، އާއްމުންނަށް ލިބުނު މޯބައިލް ފޯނުގެ ޚިދުމަތާއި އިންޓަނެޓްގެ ސަބަބުން މިލިޓަރީން ދޭ މައުލޫމާތުގެ ބޭރުން ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުވުމުގެ އައު ދޮރުތައް ހުޅުވިފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، މުވާސަލާތީ ގުޅުންތަކަކީވެސް ހަމައެކަނި މަދު ލޭންޑް ލައިންތަކެއްގެ މައްޗަށް މިޔަންމާގައި ބިނާވެފައި އޮތް އެއްޗެކެވެ.

މިޔަންމާގައި އުފަންވި އައު މީޑިއާ ތަކުގެ ޒަރީއާއިން ބަންގްލަދޭޝްގެ ރެފިއުޖީ ކޭޕްމްތަކުގައި ކަން ހުރި ގޮތްވެސް މިހާރު އާއްމުންނަށް ފެނުމުގެ ފުރުސަތު އޮތީ ލިބިފައެވެ. މިކަން މިހެން އޮތް އިރުވެސް މިޔަންމާގެ އާއްމުންގެ ސަމާލުކަން ލިބެނީ ރަޚައިން ސްޓޭޓްގެ ހަމަ ނުޖެހުންތަކުގައި ގެއްލުން ލިބޭ ހިންދޫންނަށާއި ބުޑިސްޓުންނަށް ކަން ފާހަގަ ކުރެވެއެވެ. މުސްލިމުންނަށް އަޅާލުމެއް ނެތެވެ.

ޒަމާނުއްސުރެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި އޮތް ނަފްރަތާ ދެކޮޅުވެރިކަން އިންތިހާ އަށް މައްޗަށް ދިޔަ މި ދަނޑިވަޅަކީ އިންސާނީ ހައްގުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔެ ދެކެމުން އައި ސޫކީ އަށް ގައުމުގެ ސަރުކާރު ލިބިވަޑައިގެންނެވި ދަނޑިވަޅެވެ. އެކަމަކު ކަންކަން ހިގަނމުންދަނީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އިންސާނީ ހައްގުތަކުގެ ޗެމްޕިއަނެއްގެ ކަމަށް ދުނިޔެ ދުށް ބޭފުޅަކު އެ ހުންނެވީ ކުޅި ބައްލަވާށެވެ. ފަހަރުގައި އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި ރޮހިންޖާ މުސްލިމުންނަށް ހަމްދަރުދީގެ ބަހެއް ވިދާޅުވުމަކީވެސް މިލިޓަރީން އެކަމަނާ ނަގާ އެއްލާލުމަށް ކޮށޭ މަގެއް ކަމަށް ވެދާނެއެވެ. އެހެން ކަމުން އެކަން ވާނީ އެކަމަނާއަށް ސިޔާސީ ގޮތުން ލިބިވަޑައިގެންފައިވާ މަގާމާއި ދަރަޖަ އިސާހިތަކު ގެއްލި ކުރިން އުޅުއްވަންޖެހުނު ހާލަތައް ރުޖޫއަވާން ޖެހިވަޑައިގެންފާނެ ކަމަކަށެވެ. ނަމަވެސް ސުވާލަކީ، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ހީރޯ އެއް ކަމަށް ދުނިޔެއަށް އެކަމަނާ ދެއްކެވި ޝަހުސިއްޔަތަށް އެވީ ކިހިނިއްތޯއެވެ؟ މަގާމާއި ހައިބަތައްޓަކައި ޝަހުސް ގުރުބާން ކޮށްލައްވަނީ، ކުރިން އެދެއްކެވި ނަމޫނާ އަކީ ތެދުވެރި ނިޔަތުގައި ދެއްކެވި އެއްޗަކަށް ނުވީމާތޯއެވެ؟ ސުލްހައިގެ ޗެމްޕިއަންގެ ގޮތުގައި މުޅި ދުނިޔެ އިއްޔެ ދުށް އަންސަން ސޫކީ، އިންސާނީ ހައްގުތަކުގެ ދުޝްމަނެއްގެ ގޮތުގައި ބަދަލުވެގެން ދާއިރުވެސް މަގާމު ދިފާއު ކުރެއްވުން މާ މުހިންމު ވީތޯއެވެ؟ އެކަމާނާއަށް މިހާރު އިންސާނީ ހައްގުތަކަށްވުރެ މުހިންމީ އަމިއްލަ އާރާ ބާރު އަދި މަގާމް ދިފާއު ކުރެއްވުން ކަމަށް އާޚިރުގައި ވެ ނިމުނީތޯއެވެ؟

ފެންނަމުންދާ މަންޒަރުތަކާއި، ކަން ހިނގާ ގޮތަކަށް ބަލާއިރު މި ސުވާލުތަކުގެ ޖަވާބަކީ އާއެނކެވެ. އަންސަން ސޫކީ އަކީވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާނެ ކަމަށް ދުނިޔެ ދުށް ހުވަފެނެކެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި އެ ހުވަފެން ވެގެން ދިޔައީ ބިލާހަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

06 ޖުލައި 2021
މަގޭ ރިޕޯޓް: ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާ ހަގީގަތުގައި އަމާޒުވީ ހުރިހާ ދިވެހިންނަށް

މަގޭ ރިޕޯޓް: ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާ ހަގީގަތުގައި އަމާޒުވީ ހުރިހާ ދިވެހިންނަށް

10 މެއި 2021
ނަންބަރުތައް ފެނިފައި ހަގީގަތުގައި ވެސް ކަންބޮޑުވާން ވެއްޖެ

ނަންބަރުތައް ފެނިފައި ހަގީގަތުގައި ވެސް ކަންބޮޑުވާން ވެއްޖެ

03 މެއި 2021
ކުޑަކަކުލަށް އިދިކޮޅު ތިރިވެއްޖެ! ހަގީގަތުގައިވެސް ވަކީވީމަ ދެރަވާނެ!

ކުޑަކަކުލަށް އިދިކޮޅު ތިރިވެއްޖެ! ހަގީގަތުގައިވެސް ވަކީވީމަ ދެރަވާނެ!

30 ނޮވެމްބަރު 2019
ކަރުނަ އަޅައި އިތުރުފުޅުހެއްދެވިޔަސް ހަގީގަތުގައި ބަރަހަނާވެއްޖެ !

ކަރުނަ އަޅައި އިތުރުފުޅުހެއްދެވިޔަސް ހަގީގަތުގައި ބަރަހަނާވެއްޖެ !

18 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު