Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮނޑި ގެއްލުވާލުން

ގެންނަން މިއުޅެނީ ހަމަ ހަގީގަތުގައި ވެސް ބަޢާވާތެއްބާ؟

ރައްޔިތުންެ ވޯޓުން އިންތިހާބު ކުރާ މީހަކު ދުރުކުރެވެން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 ޖުލައި 2017 | ހޯމަ 22:29
ރައީސް ޔާމީން ޕީޕީއެމް އެމްޑީއޭގެ މަޖިލިސް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެެރއިން

ރައީސް ޔާމީން ޕީޕީއެމް އެމްޑީއޭގެ މަޖިލިސް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެެރއިން

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ބަޣާވާތެއް ކޮށްފައި ވަނީ 2008 ވަނަ އަހަރު ދިވެހިނަށް ލިބުނު ފެހި ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވުނު ފުރަަތަމަ ޑިމޮކްރެޓިކް ރައީސް ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށެވެ.

އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދުގެ ވަރިކަން ބަދަލު ކުރީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ބަޣާވާތަކުން ކަމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގަބޫކުކުރެއެވެ.

ރައީސް ނަޝީދުގެ ވަރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަބަބަކީ ރައީސް ނަޝީދުގެ ވަރިކަން ބަދަލު ކުރެވުނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ނުވާތީއެވެ. އެހެނީ ރައްޔިތުން ގަބޫކު ކުރާ ގޮތުގައި ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރާ މީހަކު މަގާމުން ދުރުކުރެވެން ވެސް ޖެހޭނީ ރައްޔިތުންގެ ވޯޓަކުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ވޯޓުދީގެން ރައްޔިތުން މަގާމްތަކަށް އިންތިހާބް ކުރާ މީހުން ވަކިބައެއްގެ ނުފޫޒްގެ ބޭނުން ކޮށްގެން ނުވަތަ ބިރުދައްކައިގެން މަގާމުން ވަކިކުރުމަކީ ނުވަތަ ދުރުކުރުމަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ އުސޫލެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބްކުރާ މީހަކު އެއްވެސް ކުށެއް ނެތި އަދި އޭނާ އަމިއްލަ ރުހުމުގައި މަގާމުން އިސްތިއުފާ ނުދެނީސް މަގާމުން ދުރުކުރުން ގިނަ ރައްޔިތުން ސިފަ ކުރަނީ ގާނޫނީ ނިޒާމުގެ ތެރެއިން ގެންނަ ބަޣާވާތެއްގެ ގޮތުގައެވެ. އެކަން ރައީސް ނަޝީދުގެ ވަރިކަން ބަދަލުވުމަށް ހިނގާދިޔަ ކަންތައްތަކުން ވަރަށް ރަނގަޅަށް ސާބިތުވެގެންދެއެވެ.

ކޮންމެއަކަސް އެކިއެކި މަގާމްތަކަށް މީހުން އިންތިހާބް ކުރުމާއި އައްޔަން ކުރުމާއި މަގާމުންތަކުން ދުރުކުރެވޭނެ ގޮތްތައް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.

ނަމަވެސް ހިތާމައަކީ މިއަދު ރާއްޖޭގައި ރައްޔިތުން ވޯޓްދީގެން އެކިއެކި އިންތިހާބީ މަގާމްތަކަށް އިންތިހާބް ކުރާ މީހުން ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ވަކިބައެއްގެ މަސްލަހަތުތަކެއް ހިމާޔަތް ކުރުމަށް މަގާމްތަކުން ވަކިކުރާކަމެވެ. ނުވަތަ ވަކިކުރަން މަސައްކަތް ކުރަމުންދާކެމެވެ. އެމީހަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވިޔަސް މަގާމްތަކުން ދުރުކުރުން މިއަދު މިވަނީ އާންމުވާންފަށާފައެވެ. ދެރަކަމަކީ އެފަދަ ކަންތައްތައް ކޯޓްތަކުގެ ތެެރއިން ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކުރަމުންދާތީއެވެ. ނުވަތަ ކުރަން މަސައްކަތް ކުރާތީއެވެ.

ރައްޔިތުން ވަކިގޮތަކަށް މީހަކު މަގާމަކަށް އިންތިހާބުކޮށްފިނަމަ އެ މީހަކު ހުންނަން ޖެހޭނީ އެމީހަކު އެ އިންތިހާބުކުރި ރައްޔިތުން އިންތިހާބްކުރި ގޮތަށްކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

ނަމަވެސް މަގާމަކަށް އިންތިހާބްކުރާ މީހަކު އެ މީހަކު އިންތިހާބްކުރި ރައްޔިތުންގެ ވިންދާ ހިލާފަށް އެހެން ގޮތަކަށް ބަދަލުވެއްޖެނަމަ އިންތިހާބް ކުރި މަގާމަކުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ބަޔާން ނުކުރާހާ ހިނދަކު އެ މީހަކު މަގާމުން ދުރުކުރުމަކީ ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މަގާމްތަކަށް މީހުން އިންތިހާބް ކުރުމުގެ ހައްގަށް ނުވަތަ ވޯޓްލުމުގެ ހައްގަށް އަރައިގަތުންކަން ޔަގީނެވެ.

ކޮންމެއަކަސް ރައްޔިތުން އެ މީހުންގެ ވަލީޢުުލްއަމުރެއްގެ ގޮތުގައި ހަމަޖައްސެވެވި ބޭފުޅާ އިސްވެހުންނަވައިގެން މިއަދު މަސައްކަތް ފައްޓަވާފައި ވަނީ ރައްޔިތުން އިންތިހާބުކުރި ރައްޔިތުންގެ މަންދޫބުން އެ މީހުންގެ ރުހުމެއް ނެތި މަގާމުން ދުރުކުރުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ކުރަނީ ރައްޔިތުން އެބައެއްގެ ގާތަށް އިންސާފަށް އެދި އެންމެ ފަހުގެ އާދޭސް ކުރަން ދާން ޖެހޭ ފަރާތްމެދުވެރިކޮށެވެ. ހަމައެހެންމެ ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ރުހުމެއްނެތި ބޭރުކުނަން އުޅެނީ ވެސް ރައްޔިތުންގެ ނަމުގައި ހުށެހެޅި މައްސަލައެއްގެ ތެރެއިންނެވެ.

އެގޮތުން ސަރުކާރުގެ މައިތަނބު ކަމަށް މިއަދު ގަބޫލުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ސަލާމަތްކުރަން ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް، ސުޕްރީމް ކޯޓު މެދުވެރިކޮށް ކަނޑައެޅުމެވެ.

ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ގާނޫނު އަސާސީގައި މަޖިލިސް މެމްބަރުން ވަކިވާ ގޮތްތައް ވަނީ ބަޔާންކޮށްފަ އެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ބުނާ ގޮތުން މަޖިލިސް މެމްބަރަކު މަގާމުން ވަކިވާނީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި ނުދެއްކުން އަދި އެ މެމްބަރަކު ފަނޑިޔާރަކަށް ވުމުންނެވެ. މި ނޫން ގޮތަކަށް މަޖިލިސް މެމްބަރަކު ވަކިކުރެވޭނެ ކަމަކަށް ގާނޫނު އަސާސީގައި އަދި އެއްވެސް ގާނޫނެއްގައި ވެސް ބުނެފައެއް ނެތެވެ.

ނަމަވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބް ކުރާ މީހުންނާއި އަދި މަޖިލިސް މެމްބަރުންގެ ގޮތުގައި އިންތިހާބްކުރާ މީހުން އެ މީހުން އިންތިހާބްވި ޕާޓީ ބަދަލު ކުރިނަމަވެސް އެ މީހެއްގެ ގޮނޑި ނުގެއްލޭނެކަން މީގެކުރިން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެކަމުގައި ސްޕްރީމް ކޯޓުން ވަނީ އެންމެ ފަހު ބަސް ބުނެފައެވެ.

އެގޮތުން ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު އިއްވި ހުކުމުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޕާޓީ ބަދަލުކުރުމަކީ އެ މަގާމުން ވަކިވާނެ ސަބަބެއް ނޫން ކަމަށެވެ. އެ ނިންމުން އައީ ކައުންސިލަރުން އެ މީހުން އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ކައުންސިލަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކޮށް، ކުރި ހުކުމުގަ އެވެ.

ސްޕްރީމް ކޯޓުގެ އެ ހުކުމުގައިވާ ގޮތުން ރާއްޖޭގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތުން އިންތިޚާބީ މެމްބަރަކު ޕާޓީން ވަކިވުމަކީ އެ މީހެއްގެ މަގާމު ގެއްލެން ޖެހޭ ސަބަބެއް ނޫނެވެ. ރާއްޖޭގައި އޮންނަނީ އެންމެ ގިނަ ވޯޓު ލިބޭ މީހާ އިންތިޚާބުވުމުގެ ނިޒާމު (މެޖޯރިޓީ އިލެކްޝަން ސިސްޓަމް) ކަން ފާހަގަކޮށް، އެ ހުކުމުގައި ބުނެފައި ވަނީ މިފަދަ ނިޒާމުގައި ރައްޔިތުން އިންތިޚާބުކުރާ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން އެ މަގާމުތަކުގައި ތިބެގެން ގާނޫނީ ގޮތުން އެ ތަމްސީލުކުރަނީ އެ މީހުން އެ މަގާމުތަކަށް އިންތިޚާބު ކުރާ ރައްޔިތުން ކަމަށެވެ. އެގޮތުން މިފަދަ ނިޒާމެއްގައި ޕާޓީއެއްގެ ރުހުން ނެތި ރައްޔިތުން ތަމްސީލު ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ސްޕްރީމް ކޯޓުން އޭރު ކުރި ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން އެ ހުކުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ބަލައިގަނެފައިވާ ސިޔާސީ ނިޒާމަކީ މަލްޓި ޕާޓީ ސިސްޓަމަށް ޖާގަ ދޭ ނިޒާމެއް ކަން އެނގޭ ކަމާއި، އަދި އެފަދަ ނިޒާމެއްގައި ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ޕާޓީއެއްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމާއި، ވަކި ޕާޓީއެއްގައި ހުރުން ނުވަތަ ނުހުރުން އެއްވެސް މީހެއްގެ މައްޗަށް ސީދާކޮށް ވެސް ނުވަތަ ނުސީދާކޮށް ވެސް ލާޒިމް ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަން އެނގޭ ކަމަށް ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުން ކަނޑައަޅާފައި ކަމެއް ނުވަތަ ކޮށްފައިވާ ހުކުމެއް އަލުން މުރާޖާކޮށް ބަދަލު ކުރުމުގެ ބާރު ގާނޫނުތަކުގެ ދަށުން އެ ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް އޭރު އެ ހުކުމް ކުރި މައްސަލައާއި މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މާބޮޑު ތަފާތެއްނެތެވެ. ހަމައެކަނި ތަފާތުވެފައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދެވެ. މިހާރު ހުށަހަޅާފައިވާ މައްސަލަ ވެސް ބަލަނީ އެ ހުކުމް އެގޮތަށް ނެރުމަށް އިއްތިފާގުވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންނެވެ. އުފެދޭ ސުވާލަކީ ކުރިން ނިންމި ނިންމުމާއި އެއްގޮތަށް ރައްޔިތުން ދިން ހައްގެ ވަކި މީހެއްގެ ގޮނޑިކޮށްކޮއަކަށް ވެގެން ބާތިލް ކުރާނީތޯ ނުވަތަ ރައްޔިތުން އިންތިހާބް ކޮށްފައިވާ ރައްޔިތުންގެ މަންދޫބުން މަގާމުން ދުރުކުރުމަށް ހަމަ ހަގީގަތުގައި ވެސް ބަޣާވާތެއް ކުރާނީތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު