Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކަރުނަ އަޅައި އިތުރުފުޅުހެއްދެވިޔަސް ހަގީގަތުގައި ބަރަހަނާވެއްޖެ !

ޝަރުއީ ދާއިރާއަށް އަތް ބޭނީ ކޮން ބައެއް ތޯ ؟

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2019 | ހުކުރު 14:34
ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެވެ. އެއީ ޒިންމާދާރުވެރި އިދިކޮޅު ފަރާތަކުން ކުރަންޖެހޭ މަސައްކަތެއްވެސް މެއެވެ.

ވެރިކަމުގެ ތިބި ދުވަސްވަރު މަޖިލިހާއި، މިނިވަން މުއައްސަސާތަކާއި، ކޯޓުތަކާއި ދައުލަތުގެ ކުންފުނިތަކާއި، ގައުމާއި ދައުލަތް އޭރު މުށުތެރެއަށް ލައި ގައުމުގައި ހިނގި ހުރިހާ ޖަރީމާތަކެއްގައި ތިބޭފުޅުން އެމީހަކަށް މަރުދެމުންދާ ތަރައްގީގެ ލީޑަރު ކުރެއްވި އިރު އޭރު ތިބޭފުޅުން ތިއްބެވީ ހަމަ އެ ވައްކަމާއި ޖަރީމާތައް ފޮރުވައި އަތް ޖަހާ ސަނާކިޔަންށެވެ. މި ދައްކަނީ މާ ދުރު ނޫން މާޒީއެއްގެ ވާހަކައެވެ. ކެޔޮ ކެއި ވަރު އެނގުނީ ބިތުފަންގި ނެގީމައެވެ. ތަހްތުގައި ތިއްބެވި ދުވަސްވަރު ފަޅު ރަށްތައް ނަހަމަ އަގުގައި ވިއްކައި، ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވެ ދައުލަތް ލޫޓުވާލީ ކޮންބައެއްތޯ؟ ދީނުގެ ހިމާޔަތުގައި ނިކުމެ، ދަޅަ ދައްކަން މީޑިއާ ތަކުގެ ކުރިމަތީގައި މިހާރު ތިޔަ ރޮނީ ކޮން ކަމެއް ހާސިލް ކުރައްވަންތޯ؟

ޝަރުއީ ދާއިރާއަށް ލޯބިކުރައްވާ ބޭފުޅުން މާޒީގެ މަތިން އެހާ އަވަހަށް ހަނދުމަފުޅު ނެތް ކަމުގައި ވާނަމަ، ޝަރުއީ ދާއިރާއަށް ހަގީގަތުގައި ނުފޫޒު ފޯރުވީ ކޮން ބައެއްކަން އަޅުގަނޑު ތިބޭފުޅުންނަށް ހަނދާނަށް ގެނެވޭތޯ މަސައްކަތް ކޮށްލާނަމެވެ. ކަރުތާފެނަށް ވެއްޓި ތިޔަ ބޭފޫޅުންގެ ރައީސް ދެންމެ ދެންމެ ވެރިކަން ވެއްޓިދާނެކަމަށް ހީފުޅު ކުރައްވައިގެން ނެރުނު 45 ދުވަހުގެ ކުއްލި ނުރައްކަލުގެ މަތިން ހަނދުމަފުޅު އައު ކޮށްލާށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނެ ސަބަބުތައް ގާނޫނު އަސާސީގެ 253 މާއްދާގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައި އޮތްވައި، ވެރިކަމުގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ އަނެއް ދެ ބާރު އަސްކަރިއްޔާމެދުވެރުކޮށް ހިސޯރުކުރުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ އިއުލާނުކުރެއްވި ކުއްލި ހާލަތަކީ އުފެދުމުގައި ވެސް ބާތިލް ގަރާރެއް ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ގަބޫލުކުރައްވަ އެވެ.

އަދި ރައްޔިތުން އެ މައްޗަށް އަމަލުކުރުން މަޖުބޫރު އެއްޗެއް މަޖިލީހުން ފާސްކުރަންޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް ގާނޫނު އަސާސީ އާއި މަޖިލީހުގެ ބަޔާންކޮށްފައި އޮތަސް، ގަރާރު ފާސްކުރަން 43 މެމްބަރުން ސަރުކާރަށް ހަމައެއް ނުކުރެވުނެވެ. ކަން ހިނގީ ކިހިނެއްތޯއެވެ؟ 41 ގައުމަކުން އެ ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލިއެވެ. ބާރެއް ނުގެއްލޭނެ ކަމަށް މޭ ފުއްޕާފައި ބޮޑު ގޮނޑިކޮޅުގައި ތިއްބެވި ބޭފުޅުން ތިބީ ތާސްކުޅެންށެވެ. ތިބޭފުޅުންގެ ރައީސް ވިދާޅުވީ ކޯއްޗެއްކަން ހަނދުމަފުޅު އެބަހުރިތޯ ؟ އެމަނިކުފާނު ޖަވާބުދެއްވީ ، ރައީސުލްޖުމްހޫރިއްޔާއަށް ކަމެއް ދިމާވީމައި ސަރުކާގައި ތިއްބެވި ބޭފުޅުންނާއި ސިފައިންނާއި ފުލުހުން ޤާނޫނުގައި އޮތީ ކޯއްޗެއްތޯ ބަލަން ނުޖެހޭނެ ކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ. "ކައްޕިއަށް އޮންނަ އިހްތިރާމާއި ކައްޕިއަށް އޮންނަ ތެދުވެރިކަން ހުރިހާ ފަޅުވެރިންގެ އޮންނަންވާނެ" ކަމަށެވެ.

މި ހަނދާންކޮށްލަދިނީ އަދި ކުޑަ މިންވަރެކެވެ. ގާނޫނު އަސާސީ ދަމަހައްޓައި، ރައްޔިތުންގެ ވިންދު ދަންނަ ބޭފުޅުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާލާނަމެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން ވެސް ހުރީ ފެންކަޅިވެފައެވެ. މި ސަރުކާރުން ޝަރުއީ ދާއިރާ އަށް އަތް ބާނައި، ތިން ބާރު ވަކިވެފައިވާ ނިޒާމަކަށް ނުފޫޒު ފޯރުވައި ގައުމު ފުނޑުފުނޑުކޮށްލަން އުޅޭ ކަމަށް ބުނެ ހަމަ ރޮއެ ނަގަނީއެވެ.

ހަގީގަތުގައި ވެސް އަޑުއަހައި ކޮސްވެއްޖެއެވެ. ހަނދުމަފުޅަށް އައީވެސް އެއް ދައުރު ދޫކޮށް އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުގެ ވާހަކައެވެ. ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ސަރުކާރުން ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު 2018 ގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ނުކޮށް ސިފައިން އެ ކޯޓުގެ ފުރާޅު މަތިން ވަދެ އެ ކޯޓުގެ ދޮރު ވައްޓާލުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބިންމަތީގައި ދަމާ ކޫއްތާފައި ގެންދިޔުމަށް ފަހު ހައްޔަރުވެސް ކުރިއެވެ. ބަދުނަސީބުން އެއިރު ކަންތައް ވެގެންދިޔަ ހަނދުމަފުޅު ނެތީތީ ހަނދާންކޮށްލަދެމެވެ. އަމިއްލަ ދޫފުޅުން ވިދާޅުވި ވާހަކަވެސް ތިބޭފުޅުންނަށް ހަނދާނަށް ގެނެވޭތޯ މަސައްކަތް ކޮށްލާނަމެވެ.

އަދުލު އިންސާފުގެ އުންމީދެއް ގައުމުގައި ނެތި ޝަރުއީ ދާއިރާގެ އަގު ވެއްޓި އިތުބާރު ގެއްލި ޝަރުއީ ދާއިރާ އަމިއްލަ ފައިދާ އަށް ގަސްތުގައި ގަޑުބަޑުކުރީތީވެ ތިބޭފުޅުން ގައުމު ރުއި އަޑު އެހީމު ހެއްޔެވެ؟ އިންސާފަށް ކުރި މަލާމާތް މިއަދު ހަނދުމަފުޅު ނެތީ ތޯ އެވެ؟ ރަްޔިތުންގެ ހައްގު ނިގުޅައިގަނެ ދައުލަތުގެ ހަޒާނާ ލޫޓުވި ހަނދާން ހަމަ ނެތީ ތޯއެވެ؟ ކަންކަން ހަމަމަގަށް އަޅުވައި، ކަންކަން އިސްލާހުކުރަން ދުސްތޫރީ ކޯޓުން އަމުރެއް ނެރުމުން ދިވެހި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވި މަތިން ހަނދުމަ ފުޅު ނެތީ ތޯއެވެ؟ ނާރު އަރުވާފައި ކިތަންމެ ދޮގެއް ހެދިޔަސް ރައްޔިތުން ގުނބޯ ހައްދަން އުޅޭ ކޮންމެ ފަހަރަކުވެސް ފެއިލްވެ އަތަށް ގޮވުން ނޫން ކަމެއް ނުވެއެވެ. ބިތު ފަންގި ނެގީމައި ފެންނަނީ ޔާމީނުގެ ސަރުކާރުން ގާނޫނަށް ހުރިމަތްތެރިކޮށް ހިތި މިންވަރެވެ. މިކން ގަބޫލު ކުރާނީ ކާކުތޯއެވެ؟ ކަރުނައަޅައި ކިތަންމެ އިތުރުފުޅެއް ހެއްދެވިޔަސް ބަރަހަނާވުން ކަމެއް ނުވާނެއެވެ. ފޫނެތް ފަޔަށް ފެންފުރުމުގެ ބަދަލުގައި ތާއިދު ހޯދުމަށް އެހެން ކަމެއް ކުރާށެވެ. އެހެން ނޫނީ ވާނީ ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމައި ވާގޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
އަންސަން ސޫކީ - ސުލްހައިގެ ޗެމްޕިއަނަށް ހަގީގަތުގައި މިވީ ކިހިނެއް؟

އަންސަން ސޫކީ - ސުލްހައިގެ ޗެމްޕިއަނަށް ހަގީގަތުގައި މިވީ ކިހިނެއް؟

13 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު