Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވް ގޭސް

ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

26 ޖެނުއަރީ 2026 | ހޯމަ 07:39

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މޯލްޑިވް ގޭހަށް ގޭސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2026 | ހޯމަ 07:39
މޯލްޑިވް ގޭސް ގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާ އެއްގައި އެސްޓީއޯ އާއި މޯލްޑިވް ގޭހުގެ ވެރިން - އޮކްޓޯބަރު 3، 2024.

މޯލްޑިވް ގޭސް ގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާ އެއްގައި އެސްޓީއޯ އާއި މޯލްޑިވް ގޭހުގެ ވެރިން - އޮކްޓޯބަރު 3، 2024. | މޯލްޑިވް ގޭސް

އެސްޓީއޯ އިން އެތެރެ ކުރާ ގޭސް ހުސްވެ، ވިލާ ކުންފުނިން ގޭސް ގަނެގެން ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަށް މޯލްޑިވް ގޭހުން ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ. 

ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯ އިން އެތެރެކުރާ ގޭސް ހުސްވެފައިވާ ކަަމަށް އިތުބާރު ހުރި ފަރާތްތަކުން މައުލޫމާތު ދީފައިވެ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބޭ ގޮތުގައި މޯލްޑިވް ގޭސް އިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިލާއިން ގޭސް ގަނެގެން ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ 15 ގައި އައު ޝިޕްމެންޓެއް ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ވެސް ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ. 

މީގެ އިތުރުން މިދިޔަ މިދިޔަ ހަފްތާ ތެރޭގައި ވެސް 8,000 އަށް ވުރެ ގިނަ ފުޅި، 12.97 ޑޮލަރުގެ ރޭޓުން ނަގާފައިވާ ކަަމަށް މައުލޫމާތު ލިބެ އެވެ. 

މޯލްޑިވް ގޭސް އިން ރީޓެއިލްކޮށް ކަސްޓަމަރުންނަށް ގޭސް ފުޅި ވިއްކަމުން ދަނީ 200 ރުފިޔާ އަށެވެ. ބޮޑު އަގުގައި ވިލާ ކުންފުނިން ގޭސް ގަންނަމުންދާއިރު، މިއީ އެކުންފުންޏަށް ލިބޭނެ ގެއްލުމެކެވެ.

މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެސްޓީއޯ އަށް ގުޅުމުން ބުނީ މައުލޫމާތު ހިއްސާކުރާނީ މޯލްޑިވް ގޭހުން ކަމަށެވެ. މޯލްޑިވް ގޭހުގެ ހޮޓްލައިން 1616 އަށް ގުޅުމުން ބުނީ ހެޑް އޮފީހަށް ގުޅުމަށެވެ. އަދި ހެޑް އޮފީހަށް ގުޅުމުން، ސޭލްސް އެންޑް މީޑިއާ ޑިޕާޓްމަންޓަށް ކޯލް ޕާސް ކުރި އެވެ. ފޯނު ނެގި ބޭފުޅާއާ ސުވާލު ކުރުމުން ހޮޓްލައިން އަށް ގުޅާށޭ ވިދާޅުވެ ފޯނު ކަނޑާލެއްވި އެވެ.

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، އާންމު ގޮތެއްގައި ވެސް ސަރުކާރުގެ ތެރެއިން މައުލޫމާތު ހޯދުމުގައި ހުރި ދަތިކަން މި ކަމުގައި ވެސް ވަނީ ކުރިމަތިވެފަ އެވެ. އެސްޓީއޯ އާއި މޯލްޑިވް ގޭހުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅެއްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. 

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މޯލްޑިވް ގޭސްގެ ގޭސް ޝިޕްމެންޓަކަށް އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 ޑޮލަރު ގެއްލުނު މައްސަލައާ ގުޅިގެން ގޭސް ގަތުމުގެ މަސައްކަތް 13 އޭޕްރީލް 2025 އެސްޓީއޯ އާ ވަނީ ހަވާލުކޮށްފަ އެވެ. 

އެސްޓީއޯމޯލްޑިވް ގޭސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި

14 ޖެނުއަރީ 2026
ގޭހުގެ އެމްޑީ ގެ އިރުޝާދުގެ ދަށުން ގޭސް ގަންނަން ހަވާލުކުރި ފައިސާ ގެއްލުނު މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅައިފި
13 ޖެނުއަރީ 2026

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

13 ޖެނުއަރީ 2026
މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި
11 ޖެނުއަރީ 2026

ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ

11 ޖެނުއަރީ 2026
ގާބިލުކަން ނެތް ކުންފުންޏަކަށް 250،000 ޑޮލަރުގެ ގޭސް އޯޑަރު ދިނީ އެމްޑީގެ އިރުޝާދުގެ މަތިން ކަން ހާމަވެއްޖެ
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
05 ޖެނުއަރީ 2026

ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!

05 ޖެނުއަރީ 2026
ގޭސް ކުންފުނިން ގޭސް ގަންނަން އެޑްވާންސް އަށް ދެއްކި 2 ލައްކައެއްހާ ޑޮލަރު އެ ކުންފުނީގެ އެމްޑީ ވަގަށް ނެގިކަމަށް ފަލާހު އެއްބަސްވެއްޖެ!
22 ޑިސެމްބަރު 2025

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް