Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާ ސްކީމް

ގޮދޮރުވެރިޔާގެ ފްލެޓުތަކަށް އެފްޑީސީން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑަނީ

4 ޖެނުއަރީ 2026 | އާދީއްތަ 08:06

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ، ފްލެޓަށް ވަނުމަށް ތަޅުދަނޑި ދިން ނަމަވެސް ތަކުލީފުތައް ވަރަށް ބޮޑު ކަމަށް. އެމީހާ އެފްޑީސީ އިން ތަޅުދަނޑި ހަވާލުކުރީ 28 ޑިސެންބަރު 2025 ގައި ކަމަށާއި، 29 ޑިސެންބަރު 2025 ގައި ފެނާއި ކަރަންޓު ކަނޑާލާފައިވާ ކަަމަށް. މި ޝަކުވާ ކުރާތާ ހަފްތާއެއް ވެފައިވާކަން ފާހަގަކޮށް އެމީހާ ބުނީ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީން އަށް ދިޔަ ނަމަވެސް ހައްލެއް ނުލިބޭ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖެނުއަރީ 2026 | އާދީއްތަ 08:06
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތައް

ގޮދޮރުވެރިޔާގެ ފްލެޓުތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލަ ބޮޑު ވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ، ފްލެޓަށް ވަނުމަށް ތަޅުދަނޑި ދިން ނަމަވެސް ތަކުލީފުތައް ވަރަށް ބޮޑު ކަމަށެވެ. އެމީހާ ބުނީ އެފްޑީސީން ތަޅުދަނޑި ހަވާލުކުރީ 28 ޑިސެންބަރު 2025 ގައި ކަމަށާއި، 29 ޑިސެންބަރު 2025 ގައި ފެނާއި ކަރަންޓު ކަނޑާލާފައިވާ ކަަމަށެވެ. 

Advertisement - newsAdvertisement

އެކަމުގެ ޝަކުވާ ކުރުމުން ބިލް ނުދައްކާތީ ޚިދުމަތް ކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. ފްލެޓަށް ވަނުމުގެ ކުރިން ބޭނުންވާ ކޮށްފައިވާ ފެނާއި، ކަރަންޓަށް ބިލު ދައްކާނީ އެފްޑީސީން ކަމަށް ބުނުމުން ވެސް ޚިދުމަތް ގުޅައި ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މި ޝަކުވާ ކުރާތާ ހަފްތާއެއް ވެފައިވާކަން ފާހަގަކޮށް އެމީހާ ބުނީ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީން އަށް ދިޔަ ނަމަވެސް ހައްލެއް ނުލިބޭ ކަމަށާއި، ފޯނުން ގުޅައިގެން ވާހަކަ ދައްކާ މުވައްޒަފު ވެސް މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް ނުވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް މި މައްސަލަ އަށް ހައްލު ހޯދައިދިނުމަށް ގުޅާނެ ކަަމަށް ބުނުމަށްފަހު ނުގުޅާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުން ބިލު ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ބައެއް ފްލެޓުތަކަށް 5000 ރުފިޔާއަށް ވުރެ މަތިން ބިލް ކޮށްފައިވެ އެވެ. 

ގެދޮރުވެރިޔާ ފްލެޓުން ކަރަންޓު ކަނޑާލާފައި

ގެދޮރުވެރިޔާ ފްލެޓުން ކަރަންޓު ކަނޑާލާފައި

އެފްޑީސީން ދައްކަން ޖެހޭ ބިލުގެ ފައިސާ ނުދައްކައިގެން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލައާ ގުޅިގެން އެ ކޯޕްރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ދެ އަހަރަށް ވުރެ ގިނަ ދުވަހު ދޫނުކޮށް މި ސަރުކާރުން ވަނީ ހިފަހައްޓާފަ އެވެ. ގިނަ ބައެއްގެ ފާޑު ކިޔުމާއި އަދި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ފްލެޓުތައް ދޫކުރުމުގެ މަސަައްކަތް ފެށި ނަމަވެސް ފްލެޓުތައް ހަވާލު ކޮށް ނިންމަން ކަނޑައެޅި އެއްވެސް ތާރީޚަކަށް ފްލެޓުތައް ހަވާލު ކޮށް ނިމިފައިނުވެ އެވެ. އެންމެފަހުން ސަރުކާރުން ބުނެފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ފްލެޓެއްގެ ތަޅުގަނޑި ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް މިކަން ވެސް ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ގެދޮރުވެރިޔާ ފްލެޓްފަހި ދިރިއުޅުން ކޯޕަރޭޝަންފެނާއި ކަރަންޓު ޚިދުމަތްގެދޮރުވެރިޔާ ސްކީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2026

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

01 ޖެނުއަރީ 2026
ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު
29 ޑިސެމްބަރު 2025

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!
28 ޑިސެމްބަރު 2025

މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

28 ޑިސެމްބަރު 2025
މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން
20 ޑިސެމްބަރު 2025

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

20 ޑިސެމްބަރު 2025
ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟
20 ޑިސެމްބަރު 2025

އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

20 ޑިސެމްބަރު 2025
 އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ
19 ޑިސެމްބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި
19 ޑިސެމްބަރު 2025

"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"

19 ޑިސެމްބަރު 2025
"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"
19 ޑިސެމްބަރު 2025

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ
18 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް