Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ަބަންގްލަދޭޝް

ހަސީނާ ވެރިކަމުން ވައްޓާލި ޒުވާނުންގެ މުޒާހަރާގެ އިސް ލީޑަރަކު މަރުވުމާއެކު އަނެއްކާ ވެސް ބަންގްލަދޭޝް ގައި ހަމަނުޖެހުންތައް ފެށިއްޖެ

ޝަރީފް އުސްމާން ހާދީ މަރުވީ ޑާކާގައި މިސްކިތަކުން ނުކުންނަނިކޮށް މޫނު ނިވާކޮށްގެން ހުރި މީހަކު އޭނާގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ސިންގަޕޫރުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އޭނާ މަރުވުމާއެކު މުޒާހަރާކުރާ މީހުން ވަނީ ދަ ޑެއިލީ ސްޓާރގެ އޮފީސް އިމާރާތެއްގައި ރޯކޮށްލައި ޗިޓަގޮންގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަނަކަށް ހަމަލާ ދީފައެވެ. މުޒާހަރާކުރި މީހުން ތުހުމަތު ކުރަނީ އޭނާގެ މަރުގެ ފަހަތުގައި އިންޑިއާގެ އަތެއް ވާ ކަމުގައި.

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 05:42
 ޝަރީފް އުސްމާން ހާދީ މަރުވީ ސިންގަޕޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް

ޝަރީފް އުސްމާން ހާދީ މަރުވީ ސިންގަޕޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް

ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވެރިކަމުން ވައްޓާލި ޒުވާނުންގެ މުޒާހަރާގެ މަޝްހޫރު ލީޑަރަކު މަރުވުމާ ގުޅިގެން ބަންގްލަދޭޝްގައި ހަމަނުޖެހުންތައް ފެށިއްޖެއެވެ.

ޝަރީފް އުސްމާން ހާދީ މަރުވީ ހުސްވި ހަފްތާގައި ޑާކާގައި މިސްކިތަކުން ނުކުންނަނިކޮށް މޫނު ނިވާކޮށްގެން ހުރި މީހަކު އޭނާގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ސިންގަޕޫރުގައި ފަރުވާ ދެމުން އަންނަނިކޮށް، ބުރާސްފަތި ދުވަހު އެވެ.

މި ހާދިސާ ހިނގީ 2024 ގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ފުރަތަމަ ފަހަރަށް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް ބަންގްލަދޭޝް ގެ ސަރުކާރުން ތާރީޚު އިއުލާނު ކޮށްފައިވަނިކޮށްނެވެ. ހާދީ މި އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ.

ބުރާސްފަތި ދުވަހު އޭނާ މަރުވި ހަބަރު ފެތުރުމާއެކު، އޭނާ އަށް ތާއީދު ކުރާ އެތައް ސަތޭކަ މީހުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ.

މުޒާހަރާކުރި މީހުން ބަންގްލަދޭޝްގެ މަޝްހޫރު ނޫހެއް ކަމަށް ވާ ދަ ޑެއިލީ ސްޓާރ ގެ އޮފީސް އިމާރާތެއް ގައި ރޯކޮށްލިއެވެ.

މުޒާހަރާ ކުރާ މީހުން ތުހުމަތު ކުރަމުން ދިޔައީ އޭނާގެ މަރުގެ ފަހަތުގައި އިންޑިއާ ގެ އަތެއް ވާ ކަމުގައެވެ. މުޒާހަރާ ކުރާ މީހުން ވަނީ ޗިޓަގޮން ގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަން އަކަށް ވެސް ހަމަލާ ދީފަ އެވެ.

ރޯކޮށްލި އިމާރާތުގެ ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިން ފަހުން ޖަމާވި އެވެ. އަދި، އަލިފާން ނިއްވާ މީހުން އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ނޫސްވެރިން ސަލާމަތް ކުރިއެވެ.

32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ އިހުތިޖާޖް ގުރޫޕް - އިންގިލާބް މަންޗާ ގެ ސީނިއަރ ލީޑަރަކަށް ވުމުގެ އިތުރުން އަވައްޓެރި އިންޑިޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔާ ފަރާތެކެވެ. ވެރިކަމުން ވައްޓާލި ހަސީނާ އަދިވެސް އުޅެމުންދަނީ އިންޑިއާ ގަ އެވެ. 

ބަންގްލަދޭޝްގެ ސިޔާސީ ޕާޓީތަކުން ވަނީ އޭނާގެ މަރަށް ހިތާމަކުރާ ފާޅުކޮށް، ކުށްވެރިން އަދުލުގެ ކުރިމައްޗަށް ގެނައުމަށް އިންތިގާލީ ސަރުކާރަށް ގޮވާލައިފައެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް، ހާދީގެ މަރަކީ "ގައުމަށް ނުހަނު ބޮޑު ގެއްލުމެއް" ކަމަށް ވިދާޅުވިއެވެ.

"ބިރުވެރިކަމާއި، ބިރުދެއްކުމާއި، ނުވަތަ ލޭ އޮހޮރުވައިގެން ގައުމު ޑިމޮކްރަސީ އަށް ދަތުރުކުރުން ހުއްޓުވޭކަށް ނެތް،" އޭނާ ބުރާސްފަތި ދުވަހު ޓީވީ ގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހާދީ ގެ މަރާ ގުޅިގެން އިންތިގާލީ ސަރުކާރުން ހޮނިހިރު ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އިއުލާންކުރިއެވެ.

ޝެއިހް ހަސީނާޝަރީފް އުސްމާން ހާދީބަންގްލަދޭޝްމުޙައްމަދު ޔޫނުސްބަންގްލަދޭޝް-އިންޑިޔާބަންގްލަދޭޝް ދަރިވަރުންގެ އިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާ ގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު އިންޑިއާ ގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާ ގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު އިންޑިއާ ގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

18 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު