Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝް ގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލޭ ތޯރިގް ރަހްމާން 17 އަަހަރަށް ފަހު ގައުމަށް އެނބުރި ވަޑައިގެންފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހްމާން 17 އަހަރު ބޭރުގައި އުޅުއްވުމަށްފަހު ގައުމަށް ވަޑައިގެންފި. އޭނާ އިސްކޮށް ހުންނަވާ ބީއެންޕީން ދަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވެރިކަމަށް އައުމުގެ އުންމީދު ކުރަމުން.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:55
ލަންޑަނުގައި 17 އަހަރު ހޭދަކޮށްފައިވާ ތޯރިގް ރަހްމާން އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ

ލަންޑަނުގައި 17 އަހަރު ހޭދަކޮށްފައިވާ ތޯރިގް ރަހްމާން އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލޭ ތޯރިގް ރަހުމާން 17 އަހަރު ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

60 އަހަރުގެ ތާރިގު ރަޙްމާނަކީ ނުފޫޒުގަދަ ޒިޔާ އާއިލާގެ އިސް ޝަޚްސިއްޔަތަކަށް ވުމުގެ އިތުރުން، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ.

އޭނާ އިސްކޮށް ހުންނަވާ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ދަނީ އަންނަ އަހަރުގެ ކުރީ ކޮޅު ބަންގްލަދޭޝްގައި އޮންނަ އިންތިޚާބުން އަލުން ވެރިކަމަށް އައުމުގެ އުންމީދު ކުރަމުންނެވެ.

2008 ވަނަ އަހަރުން ފެށިގެން ލަންޑަންގައި ދިރިއުޅުއްވަމުން އައި ރަޙްމާން، ބީ.އެން.ޕީ އިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވިޖެ ނަމަ، ޤައުމުގެ އާ ލީޑަރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިދިޔަ އަހަރު މަޤާމުން ދުރުކުރެވިފައިވާއިރު، ހަސީނާގެ އަވާމީ ލީގު ޕާޓީ ވެރިކަމުގައި، ރަޙްމާންގެ މައްޗަށް އެކި ކުށުގެ ތަޙްޤީޤުތައް ހިންގާފައިވެއެވެ. ނަމަވެސް، ޙަސީނާގެ ވެރިކަން ނިމުމަކަށް އައުމުން، އޭނާގެ މައްޗަށް އުފުލިފައިވާ ހުރިހާ ދަޢުވާއަކުން އޭނާ ވަނީ މިންޖުވެފަ އެވެ.

ޙަސީނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގައި އަރުވާލެވިގެންނެވެ. އޭނާގެ ޕާޓީއަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ނާދިރު ކަމަށް ބެލެވެއެވެ. މި އިންތިޚާބަކީ ބަންގްލަދޭޝްގެ ތާރީޚުގައި ބޭއްވޭ އެންމެ މުހިންމު އިންތިޚާބުތަކުގެ ތެރޭގައި ގިނަ ބަޔަކު ދެކޭ އިންތިޚާބެކެވެ.

މިދިޔަ މަހު، ސަރުކާރާ ދެކޮޅަށް ހިނގި މުޒާހަރާތައް މައިތިރި ކުރަން މަސައްކަތް ކުރުމުގައި ލާއިންސާނީ އަނިޔާ ދިން ތުހުމަތުގައި، ޙަސީނާ އަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

އ.ދ. ގެ ތަޙްޤީޤުތަކުން ދައްކާ ގޮތުގައި، ދަރިވަރުން އިސްވެ ތިބި ހިންގި މުޒާހަރާ ގައި 1,400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ޙަސީނާ، ގެ ޣައިރު ހާޒިރު ގައި ހިންގުނު ޝަރީޢަތުގައި، އިންސާނިއްޔަތާ ދެކޮޅަށް ކުށްކޮށްފައިވާ ކަމަށް ސާބިތުވި ނަމަވެސް ހަސީނާ އެކަން ދޮގުކުރައްވައެވެ.

ބަންގްލަދޭޝްތާރިޤް ރަހްމާންޝެއިހް ހަސީނާބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަވާމީ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަސީނާ ވެރިކަމުން ވައްޓާލި ޒުވާނުންގެ މުޒާހަރާގެ އިސް ލީޑަރަކު މަރުވުމާއެކު އަނެއްކާ ވެސް ބަންގްލަދޭޝް ގައި ހަމަނުޖެހުންތައް ފެށިއްޖެ

ހަސީނާ ވެރިކަމުން ވައްޓާލި ޒުވާނުންގެ މުޒާހަރާގެ އިސް ލީޑަރަކު މަރުވުމާއެކު އަނެއްކާ ވެސް ބަންގްލަދޭޝް ގައި ހަމަނުޖެހުންތައް ފެށިއްޖެ

19 ޑިސެމްބަރު 2025
އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާ ގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު އިންޑިއާ ގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާ ގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު އިންޑިއާ ގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

18 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު