Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރައިވަރުން

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސާއި ހިއްސާކޮށްފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 13:48
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުން އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. 

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ ދަތިތައް ގިނަކަން ފާހަގަކޮށްފަ އެވެ. އަދި އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކާއި ގުޅޭގޮތުން އެ ޑްރައިވަރުން ވަނީ ރައީސް އާއި މައުލޫމާތު ހިއްސާކޮށްފަ އެވެ. ވިޔަފާރި ބަނދަރުގެ އިންތިޒާމްތައް ދޯހަޅިވުމުން މުދާ އުފުލުމަށް ގިނަ ވަގުތު ހޭދަވުން ފަދަ ގިނަ މައްސަލަތައް ދިމާވަކަން މީގެ ކުރިން ވެސް ބައެއް ޑްރައިވަރުން ވަނީ މީސްމީޑީއާ އާއި މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ.

އެ ފަރާތްތަކުން ރައީސް އާއި ހިއްސާކޮށްފައިވާ ކަންކަމުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިންގގެ އިންތިޒާމުތައް ނެތުމުން ދިމާވާ ދަތިތައް ހިމެނެ އެވެ. މީގެ އިތުރުން ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ އުނދަގޫތައް ރައީސާއި ހިއްސާކޮށްފައި ވެ އެވެ. 

ހަމައެހެންމެ ވެހިކަލްތަކަށް ސްޕެއަރ ގެނައުމުން އެތަކެތި ބޮންޑުކުރުމަކީ ވެސް މި ޑްރައިވރުންގެ ބޮޑު ޝަކުވާއެކެވެ. އަދި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންކަން ޑްރައިވަރުންގެ ފަރާތުން ހިއްސާކޮށްފައިވެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލުން ހިމެނެ އެވެ.

މީގެ އިތުރުން، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް އިންތިޒާމްތައް ރަނގަޅުކޮށްދިނުމަށް އެ ޑްރައިވަރުން ވަނީ އެދިފަ އެވެ. ޑްރައިވަރުން އިތުރަށް އެދިފައިވާ ކަންކަމުގެ ތެރޭގައި ޑްރައިވަރުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކާއި އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއި އެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސާ ދިނުން ހިމެނެ އެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދެއްވާނެ ކަަމަށް ވިދާޅުވެފަ އެވެ. ވިޔަފާރި ބަނދަރުގައި ދިމާވާ ދަތިތަކުގެ ވާހަކަ މީގެ ކުރިން ވިޔަފާރި ވެރިން ވެސް ވަނީ ހިއްސާކޮށްފަ އެވެ. ވިޔަފާރިވެރިން ވަނީ ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް ވިޔަފާރިވެރިންގެ ބަނދަރުގެ އިންތިޒާމުތައް ރަނގަޅު ނުވާ ކަމަށް ބުނެފަ އެވެ. ބުރާސްފަތި ދުވަހު ޑްރައިވަރުން ވެސް ހިއްސާކުރީ ދާދި އެއް ކަންބޮޑުވުންތަކެކެވެ.

ޑރ. މުއިއްޒުމާލޭ ވިޔަފާރި ބަނދަރުޑިޖިޓަލައިޒޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

14 ޖެނުއަރީ 2026
ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

13 ޖެނުއަރީ 2026
މާލޭ ވިޔަފާރި ބަނދަރު ވިއްކާލުމާއި ގުޅޭ ގޮތުން ދުބާއީގައި ބައްދަލުވުމެއް ބޭއްވި، އެމްޕީއެލްގެ ސީއީއޯ ވެސް ބައިވެރި: ޕާޕާ

މާލޭ ވިޔަފާރި ބަނދަރު ވިއްކާލުމާއި ގުޅޭ ގޮތުން ދުބާއީގައި ބައްދަލުވުމެއް ބޭއްވި، އެމްޕީއެލްގެ ސީއީއޯ ވެސް ބައިވެރި: ޕާޕާ

05 ޖެނުއަރީ 2026
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު