Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ. ދަނބިދޫ

ލ. ދަނބިދޫގެ ތަރައްގީގެ މަޝްރޫއުތައް ފެށުނީ ރައީސް ވިދާޅުވި ބަސްފުޅުން

ދަނބިދޫ ގައި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތަކާއި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި ކަމަށް ވިދާޅުވި

ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 15:15
ރައީސުލްޖުމްހޫރިއްޔާ، ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ލ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދަނބިދޫ އަށް ވަޑައިގެން އެރަށުގައި ގިނަ މަޝްރޫއުތަކެއް ފެށިގެން ދިޔައީ ރައީސް "އެވަނީ ފެށިފައި" އޭ ވިދާޅުވި ބަސްފުޅުންނެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އަންގާރަ ދުވަހު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޫސުން ތަން ނުދުނިމުގެ ސަބަބުން ރަސްމިއްޔާތެއްގެ ސިފައިގައި މަޝްރޫއުތައް ފެށޭ ގޮތް ނުވީ ކަމުގައެވެ. އެހެން ނަމަވެސް މަޝްރޫއުތައް އެވަނީ ފެށިފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ރަށުގެ ތަރައްޤީ އަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް މިއަދު ފެށިގެން މިދިޔައީ. މޫސުން ތަންނުދިނުމުގެ ސަބަބުން ރަސްމިއްޔާތެއްގެ ސިފައިގައި، ޢަމަލީގޮތުން މަސައްކަތްތައް އެގޮތަށް ނުފެށުނު ނަމަވެސް، ފެށިގެން ގޮސްފައި އެބަވޭ."

އެގޮތުން ރައީސް ވިދާޅުވި ބަސްފުޅުން އެރަށުގައި ފެށުނު މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތެއްގެ މަސައްކަތް ހިމެނެއެވެ.

"ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި، ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތެއްގެ މަސައްކަތް، މިހާރު އެވަނީ ފެށިފައި،" ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން "ފުލުހުންގެ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައި،" ކަމަށް ވެސް ވިދާޅުވިއެވެ.

ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތް ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ، އެމަސައްކަތް ކުރިއަށް ދާނީ ނަރުދަމާގެ މައްސަލަ އޭގެ ކުރިން ހައްލު ކޮށްގެން ކަމުގައެވެ.

"ނަރުދަމާގެ މައްސަލަ ޙައްލު ކުރުމަށް ފަހު، މިއަދު ސޮއި ކުރެވިގެން ދިޔަ މަގުތައް ހެދުމުގެ މަސައްކަތް، އަޅުގަނޑު ހިތުން ފެށޭނެ."

މުއިއްޒު ވިދާޅުވީ، ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ގާއިމު ކުރުމަށް، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، ދާދި އަވަހަށް ކުންފުންޏަކާ އެގްރީމަންޓް ހައްދަވާނެ ކަމަށެވެ. އެއީ ކޮން ކުންފުންޏެއް ކަން ހާމަ ނުކުރެއްވިޔަސް މުއިއްޒު ވިދާޅުވީ، މި އަހަރު ތެރޭގައި މިސްކިތުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހޭންޑްބޯލް ކޯޓެއް އެޅުމަށް މި އަހަރުގެ ތެރޭގައި ފަރާތަކާ ހަވާލުކުރެވޭނެ ކަމަށާއި މި އަހަރުގެ ތެރޭގައި ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުޞިއްޙީ މަރުކަޒުލާމު އަތޮޅު ދަނބިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު