Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީގެ މަޝްރޫއުތައް

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

ކުރީގެ ސަރުކާރުގައި މަޝްރޫއުތައް ހަވާލު ކުރެވިފައި ވަނީ ވަކި އުސޫލެއްގެ ދަށުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 13:28
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓްރީގެ ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިޔު އެއްގައި ޑރ.ޒާހިރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މަޝްރޫއުތައް ހަވާލު ކުރެވޭ ވަކި ޕްރޮސަސްއެއް އޮންނަ ކަމަށާއި، ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދިޔައީ އުސޫލުގެ ތެރެއިން ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީގެ ހުރިހާ މަޝްރޫއެއް ހަވާލުކޮށްފައިވަނީ އެކަމަށް ކުރިމަތިލާ ކުންފުނިތަކުގެ ތެރެއިން ބިޑަށް ގޮސްގެން އެންމެ ގާބިލް ކުންފުންޏާ ކަމަށް ޑރ.ޒާހިރު ވިދާޅުވި އެވެ.

މިހާރު ދިމާވެފައިވާ މައްސަލަ އަށް އިޝާރާތް ކުރައްވައި ޑރ.ޒާހިރު ވިދާޅުވީ މަސައްކަތް ކުރުމުން ކުންފުނި ތަކަށް ފައިސާ ދޭން ޖެހޭ ކަމަށާއި، ފައިސާ ނުދެވުން އެއީ މި ސަރުކާރުގެ މައްސަލަ އެއް ކަމަށެވެ. އެއީ ކުންފުނިތައް ނާގާބިލު ވެގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އަޅުގަނޑުމެންގެ ދުވަސްވަރު އޮންނަ ގޮތް ތަފާތު. އަޅުގަނޑުމެންގެ ދުވަސްވަރު ކޮންމެ ޕްރޮޖެކްޓެއް ވެސް ހަވާލުކުރެވޭނެ ގޮތްތަކެއް އޮވޭ. އުސޫލުތަކެއް އޮވޭ ކަނޑައެޅިފައި. އަނެއްކާ ހަމަ ހުރެފައި މިސްކިތެއް އަޅަން ދެނީއެއް ނޫން. ދުރާލާ ޕްލޭން ކޮށްގެން ރޭވިގެން ބަޖެޓު ކޮށްގެން ބަޖެޓުގައި ކޮން ރަށެއްގައި ކޮން މިސްކިތެއްކަން މިއެޅެނީ ކިހައި ބޮޑު މިނެއްގެ މިސްކިތެއްކަން މިހުރިހާ އެއްޗެއް ޕްލޭން ކުރެވިގެން ރޭވިގެން ކުރެވޭ ކަންތައްތައް އެއީ. އަޅުގަނޑުމެން ޓެންޑާ ބޯޑުން ފޮނުވައިގެން ފިނޭންސުން ދެން ޓެންޑާ ބޯޑުން ކަނޑައަޅާނީ އެބޭފުޅުން އިއުލާން ކުރާނީ. އިއުލާން ކުރީމަ ކުންފުނިތަކުން ހުށަހަޅާނީ. ކުންފުނިތަކުން ހުށަހެޅީމަ އެހުށަހަޅާ އެއްޗަކަށް ބަލާފައި ބިޑް ކާމިޔާބު ކުރަނީ. އެބޭފުޅުން ބަލާ މިންގަނޑުތަކަށް ބަލާފައި އުސޫލުތަކަށް ގާބިލު ކުންފުނިތަކަށް ހުރިހާ މިސްކިތްތައް ހަވާލުކުރެވިފައިވަނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ

ޑރ.ޒާހިރު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ފަރުވާ ކުޑަ ކަމުގެ ޝަކުވާއެއް އަތުވެއްޖެނަމަ ނުވަތަ އެހެން ވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ މިނިސްޓްރީން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޑރ. ޒާހިރު މިމޭރުން ވާހަކަ ދެއްކެވިއިރު، ބުދަ ދުވަހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވީ މިނިސްޓްރީގެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ގާބިލް ކުންފުނިތަކާ ނޫން ކަމަށެވެ.

ޑރ. އަހްމަދު ޒާހިރުއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު