Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމިކް މިނިސްޓްރީ

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

މަޝްރޫއުތައް ނިމެމުންދާ ވަރަކަށް ބިލުތައް މިނިސްޓްރީއަށް ފޮނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 13:19
އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ ދަރުވާލާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިޔު އެއްގައި ޑރ.ޒާހިރު ވިދާޅުވީ ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ހެއްދެވީ ދޮގެއް ކަމަށާއި، މިނިސްޓްރީ 50 މިލިއަނުން ދަރުވާލާފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީ ދަރުވާލާފައިވާ ކަމަށް ބުނެ މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް ކަމަށް ޑރ.ޒާހިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ހިންގަމުން ދިޔައީ ވަރަށް ތަރުތީބުން ކަމަށާއި، ވަރަށް ސިސްޓަމެޓިކް ކޮށް ކަމަށެވެ.

މީގެ އިތުރުން ޑރ.ޒާހިރު ވިދާޅުވީ މިއީ ހިނގަހިނގާ އޮތް ގައުމެއް ކަމަށާއި، މި ގައުމުގައި މިނިސްޓްރީން މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އެ މަޝްރޫއުތައް ނިމުމުން ބިލުތައް ފޮނުވާނެ ކަމަށާއި، ބިލުތައް ލިބެމުންދާ ވަރަކަށް ފިނޭންސް މިނިސްޓްރީ އަށް ބިލު ފޮނުވާ ފައިސާ ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެއީ މިނިސްޓްރީ ދަރުވާލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މަސައްކަތްތައް ދާ ވަރަކުން ބިލްތައް އައިމަ މިނިސްޓްރީން ވެރިފައި ކުރާނެ މަސައްކަތް ނިމިފައިތޯ ހުރީ. ކައުންސިލްތަކާ ވެސް ވާހަކަ ދައްކާނެ. ނިމިފައި ހުރި މިންވަރަކަށް ފައިސާ ދިނުމަށް ފިނޭންސްއަށް ފޮނުވާނީ. ފިނޭންސްއިން ފައިސާ ދޫކުރީމަ އިސްލާމިކް މިނިސްޓްރީން ފައިސާ ދޫކުރާނެ. އެތަންތަނަށް ޖަމާކުރާނެ. ނިމުނުއިރު އެ ވިދާޅުވާ އަދަދަކީ ވެސް ރަނގަޅު އަދަދެއް ނޫން. 50 މިލިއަނުން ފައިސާ ދައްކަން ހުރި ވާހަކަ. އަޅުގަނޑުމެން ދައުރު ނިމުނުއިރު، ގާތްގަނޑަކަށް 27 މިލިއަން ރުފިޔާގެ ބިލްތައް އައިސްފައި ހުންނާނީ. އޭގެފަހުން ޑިސެންބަރާއި ހަމައަށް އެއަހަރު ނިމުއިރު އިތުރު 5 މިލިއަނެއް އައިސްފައިވަނީ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ

ޑރ.ޒާހިރު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ މަޝްރޫއުތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން އުނގޫފާރުގައި އިމާރާތް ކުރި އިސްލާމީ މަރުކަޒަށް ފައިސާ ދެއްކިކަން ޑރ.ޒާހިރު ފާހަގަކުރެއްވި އެވެ.

ޑރ.ޒާހިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ދަތުރުތަކަކަށް ވެސް ފައިސާ ނުދައްކާ ހުރި ކަމަށާއި، އެ ދަތުރުތަކަށް ފައިސާ ދެއްކީ ރައީސް ސާލިހުގެ ސަރުކާރުގައި ކަމަށެވެ. މިއީ އަބަދުވެސް މިނިސްޓްރީތަކާއި މުއައްސަސާތައް ހިނގާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޒާހިރުޑރ. ޝަހީމްއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު