Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

ނުކިޔާ ކަމަށް ވިދާޅުވި ދެ ޚުތުބާގެ ވާހަކަ ނޫސްތަކުގައި ވެސް އެބަހުރި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 00:50
 ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ

ބޮޑު ސޯބު އެނބުރޭ ގޮތަށް ކުދި ސޯބުތައް ވެސް އެނބުރޭނޭ ކަމަށާއި މި ސަރުކާރުގެ ކަންކަން ވަމުން ދަނީ އެފަދައިން ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އަށް ރައްދު ދެއްވައިފި އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޝަހީމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއެއް ނުކިޔަން ނިންމައި ފޮރުވާފައިވާ ކަމަށެވެ. އެއީ ރިބާގެ މައުޟޫއަށް އޮތް ޚުތުބާއެއްގެ އިތުރުން ވެރިމީހާގެ މަސްއޫލިއްޔާތު މި މައުޟޫއަށް އޮތް ޚުތުބާއެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް މި ސަރުކާރުގައި މިދިޔަ އަހަރުގެ ތެރޭގައި މި ދެ ޚުތުބާ ކިޔާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމުގެ މިވާހަތަކަށް ރައްދުދެއްވައި ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަދައްކަވަމުން އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިދިޔަ ސަރުކާރުގައި ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވަަރަށް ގިނަ މަސައްކަތްތަކެއް ކޮށް ވަރަށް ގިނަ ޕްރޮގްރާމުތައް ހިންގާފައިވާނޭ ކަމަށެވެ.

އެގޮތުން މީގެ ކުރިން، އެއްވެސް ދުވަސްވަރެއްގައި އިސްލާމިކް މިނިސްޓްރީން އިލްމުވެރިޔަކު ރާއްޖޭގެ އެއްވެސް ރަށަކަށް އަހަރަކު އެއްފަހަރު ވެސް ޒިޔާރަތްކޮށްފައި ނުވާ ކަން ފާހަގަ ކުރައްވައި އަހުމަދު ޒާހިރު ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ޢިލްމުވެރިޔަކު ރަށަކަށް ޒިޔާރް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިކަމުން ވެސް އެނގިގެން ދަނީ މިދިޔަ ސަރުކާރުން އިލްމު ފެތުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާކަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޚުތުބާއާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ޒާހިރު ވިދާޅުވީ އެއްވެސް ޚުތުބާއެއް ފޮރުވާފައި ނޯންނާނެ ކަމަށާއި، އެއްވެސް ޚުތުބާއެއް ނުކިޔަން އަންގާފައި ވެސް ނުވާ ކަމަށެވެ.

އަޅުގަނޑު މިނިސްޓްރީގައި އުޅުނު އިރު، އެވިދާޅުވާ ކަހަލަ ބޮޑުކަމެއް ހިނގާފައިވާނަމަ އަޅުގަނޑަށް ވެސް އެނގޭނެ. ....... ދެން ކުރީގެ ދުވަސްތަކަށް ބަލާލައްވައިފި ނަމަ ފެނިވަޑައިގަންނަވާނެ. މިދިޔަ ސަރުކާރުގަ ވަރަށް ބޮޑަށް ދީނީ ކަންތަކަށް އަހައްމިޔަތު ކަން ދީގެން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެވުނު. އިލްމު ފޮރުވި ކަމުގެ ވާހަކަ އައިމަ، ބުނެލަން އޮތީ މީގެ ކުރީގައި އެއްވެސް ދުވަސްވަރެއްގައި އިސްލާމިކް މިނިސްޓްރީން އިލްމުވެރިޔަކު އަހަރަކު އެއްފަރު ވެސް ރަށަކަށް ޒިޔާރަތް ކޮށްފައެއް ނުވޭ، މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު އިލްމުވެރިއަކު ކޮންމެ ރަށަކަށް ޒިޔާރަތް ކުރައްވާނެ. އެއީ މީގެ ކުރީގައި ހިނގާފަ އޮތް ކަމެއް ނޫން.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ

ޒާހިރު ވިދާޅުވީ ފާހަގަކުރެއްވި ދެ ޚުތުބާގެ ތެރެއިން އެއް ޚުތުބާ ކަމުގައިވާ "ވެރިންގެ މަސްއޫލިޔަތު" މި މައުލޫއަށް ލިޔުއްވީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އަނިލް ކަމަށާއި އަދި 2019 ވަނަ އަހަރު އެ ޚުތުބާ އިސްލާމީ މަރުކަޒުގައި ވިދާޅުވީ ވެސް ޝައިޚް އަނިލް ކަމަށެވެ.

މީގެ އިތުރުން ދެވަނަ އަށް މިނިސްޓަރ ޝަހީމް ވިދާޅުވި ރިބާގެ ޚުތުބާ 2022 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ކިޔާފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި މި ޚުތުބާގައި ހުރި ބައެއް ވާހަކަތަކަށް ފާޑުކިޔައި ނޫސްތަކުގައި ވެސް ލިޔެފަ އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަންމިހެން ހުރި އިރު މިނިސްޓަރ ޝަހީމް ދެއްކެވި އެ ވާހަތަތަކީ އެއްވެސް ވަރަކަށް ސާބިތު ހިފޭ ވާހަތަކެއް ނޫން ކަމަށް ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެފަ އެވެ.

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުއިސްލާމިކް މިނިސްޓްރީހުކުރު ހުތުބާޑރ. އަހުމަދު ޒާހިރު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު