Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދ

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

މިނިސްޓަރު ޝަހީމް ވިދާޅުވީ ޕޯސްޓު ކުރެއްވީ ފަގީރުންގެ ދަފުތަރުގައި ހިމަނަނީ ޝަރުއީ ގޮތުން ޝަރުތު ފުރިހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމަށް ކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2025 | އަންގާރަ 13:20
އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު

އެކައުންޓުގައި ފައިސާ ރޯލު ވާތީ ކަމަށް ބުނެ ޒަކާތު ފަންޑުން އެހީ ނުލިބުނުކަމުގެ ޝަކުވާ ކުރި އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މާފަށް އެދިވަޑައިގެންފި އެވެ.

މީސް މީޑިޔާގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރީ، އެ އަންހެން މީހާ ޒަކާތާ ގުޅިގެން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދެއްކި ވާހަކަތަކަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވަނީ އެ ބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމުކުރައްވާ ކަމަށާއި އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެ ކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ އެ ޕޯސްޓު ކުރެއްވީ ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުއީ ގޮތުން ޝަރުތު ފުރިހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިބި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކު ބުނެދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް މީހަކަށް ދެރަކޮށް ކަންކަން ނުކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވިލިމާލޭގައި ބޭއްވި ޖަލްސާގައި އެކަނިވެރި މަޔަކު ޒަކާތު ފަންޑުން އެހީ ނުލިބުނުކަމުގެ ޝަކުވާ ކުރުމުން ޝަހީމް ވަަނީ ރައްދުގައި އެމީހާގެ ޒާތީ އެތައް މައުލޫމަތެއް ހާމަކުރައްވާފަ އެވެ.

މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ، ގާތްގަނޑަކަށް ހަތް ވަރަކަށް ދުވަސްވީ ފެނާ ނުލައި މި އުޅެނީ ހުރިހާ ކުދިން ގޮވައިގެން، ހުރިހާ ކުދިން މިހާރު ވެސް އެ ދަނީ މިސްކިތަށް ބީޗަށް ފާޚާނާ ކުރަން، އެކަމަކު އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގައި ޖެހުނީމާ މި ބުނަނީ ހައްގެއް ނޫނޭ، އެކައުންޓު ރޯލްވެފައޭ މި ބުނަނީ، ކޮބައިތޯ އެކަނިވެރި މައިންގެ އިހުސާސްތަކަކީ؟
ރައީސް މުޢިއްޒު، ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި އެކަނިވެރި މައެއް

އެގޮތުން އެ މީހާއަށް މިދިޔަ އަހަރު ޒަކާތު ހައުސްއިން ދިން ފައިސާ ގެ އަދަދާއި އެކަނިވެރި މަޔަކަށް ވީތީ އޭނާއަށް ކޮންމެ މަހަކު ދައުލަތުން ލިބޭ އެހީ އާއި އޭނާގެ މުސާރައާއެކު ލިބޭ ޖުމުލަ ފައިސާގެ އަދަދު ވެސް ޝަހީމް ހާމަކުރައްވާފައިވެ އެވެ. އަދި އެ އަންހެން މީހާގެ އަތުގައި އެއްކޮށްފައި ހުރި ފައިސާގެ އަދަދު ވެސް ޝަހީމް ހާމަކުރެއްވި އެވެ.

މިނިސްޓަރު ކުރެއްވި އެ ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ވަނީ ޝަހީމް ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެއީ މިނިސްޓަރެއްގެ ފެންވަރުގައި ހުންނަ މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ. ޒާތީ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރި އެވެ.

ޝަހީމްގެ ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓުކުރައްވާފަ އެވެ. އެކަމަކު އެ ޕޯސްޓުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ، ގިނަ ބަޔަކަު އަންނަނީ ޝަހީމް އަށް ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ޒަކާތު ފަންޑުން އެހީ ދިނުމުގައި ހުރި އުސޫލުތަކާއި އެ އުސޫލުތައް ހަމަހަމަކަމާއެކު ތަންފީޒު ކުރުމާ ބެހޭ ގޮތުން ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

މުޙައްމަދު ޝަހީމް އަލީ ސަޢީދުއިސްލާމިކް މިނިސްޓްރީޒާތީ މައުލޫމާތު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު