Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ. ތުޅާދޫ

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

އިސްލާމިކް މިނިސްޓްރީން އައި ވަފުދަކީ ގަބުރު ކަށި ހުރިތޯ ބެލުމަށް ވަޑައިގަތް ވަފުދެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 13:42
އިސްލާމިކް މިނިސްޓަރ  ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު އަދި ތުޅާދޫ ކައުންސިލް

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު އަދި ތުޅާދޫ ކައުންސިލް

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން ގެ މަސައްކަތާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިތުރުފުޅުހައްދަވާފައިވާ ކަމަށާއި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު ވެސް އެ މައްސަލައިގައި އަމަލުކުރެއްވީ ރަށުގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބ. ތުޅާދޫ މަސްޖިދުއްރަޙްމާން ނުހުޅެވި ވަނީ އެ ރަށުގެ ކައުންސިލްގެ އެއްބާރުލުން ނުލިބޭތީ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ޝަހީމް އެފަދައިން ވިދާޅުވީ ތުޅާދޫ ދާއިރާގެ މެމްބަރު ހަންނާން މަޖިލީހުގައި ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

Advertisement - newsAdvertisement
ރަށުގައި އޮތް ކައުންސިލުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ މިދިޔަ މުއްދަތުގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އަށް. އަޅުގަނޑު ވެސް އެކި ފަހަރު މަތިން ކައުންސިލްގެ އިސް ބައެއް ބޭފުޅުންނާއި ވާހަކަދެއްކީމު. އަދި މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރާތްކުރި. އިލްވެރިންވެސް ޒިޔާރަތްކުރި. އެހެންނަމަވެސް ރަށުގެ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިކުރުވަމުން.
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމްގެ އެ ވާހަކަތަކާއި ގުޅިގެން އެ ކަމުގެ ހަގީގަތް ބަޔާންކޮށް ތުޅާދޫ ކައުންސިލުން ވަނީ އެކަމުގެ ހަގީގަތް ހާމަކުރުމަށްޓަކާ ބުރާސްފަތި ދުވަހު ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރެފައި ވަނީ ކައުންސިލްގެ 7 މެމްބަރުންގެ ސޮޔާއި އެކުގައެވެ. އެއީ:

  1. ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް
  2. ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީމަނިކު
  3. ކައުންސިލަރ، ޝާމަތު އަބްދުއްސައްތާރު
  4. ކައުންސިލަރ، ޝުނާނާ އިދުރީސް
  5. ކައުންސިލަރ، ރިޝާދާ މުހައްމަދު
  6. ކައުންސިލަރ، އަޙްމަދު އާދިލް
  7. ކައުންސިލަރ، އިސްމާއީލް ދާއޫދު

އެ ބަޔާނުގައި ކައުންސިލުން ބުނީ މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ހިމެނޭހެން ބޭއްވި ބައްދަލުވުމަށް ކައުންސިލަށް ދައުވަތު ލިބުނު ކަން ވަނީ ފާހަގަކޮށްފއެވެ. 14 މޭއި 2025ގައި އެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރަކު ބައިވެރވި ކަމަށާއި އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ބައިވެރި ނުވާނެކަން ސިޓީސް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން މިސްކިތުގެ މަސައްކަތަށް ފައިސާގެ އެހީތެރިކަން ދިން ކަމަށް 2025 ވަނަ އަަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އަންގާފައި ވީ ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން ބުނެފައި ވަނީ މި މަސައްކަތަށް މިހާތަނަށް ވެސް ކައުންސިލަށް ފައިސާ އެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. ހަމައެހެންމެ އިސްލާމިކް މިނިސްޓްރީގެ ވަފުދުތައް ތުޅާދޫ އަށް ޒިޔާރަތްކުރި ކަމަށް ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި މިސްކިތާއި ގުޅުންހުރި މަސައްކަތްތަކުގެ ބޭނުމަށް ދެ އިލްމުވެރިޔަކު ހިމެނޭހެން 3 ބޭފުޅުން ތުޅާދޫ އަށް ވަޑައިގަތް ނަމަވެސް އެންމެންގެ ޚަރަދުތައް ވެސް ހަމަޖައްސާފައި ވާނީ ތުޅާދޫ ކައުންސިލުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ ވަފުދަކީ ގަބުރު ކަށި ހުރިތޯ ބެލުމަށް ވަޑައިގަތް ވަފުދެއް ކަަމަށް ކައުންސިލުގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނު ފަހުން ދީނީ ގޮތުން ކަންކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް ދީނީ އިލްމުވެރި އެއް ނުވަތަ އެ ނޫން ވެސް އެއްވެސް ފުރާނަ އެޅުއްވި މަހްލޫގެއް އިސްލާމިކް މިނިސްޓްރީ އިން މި ރަށަށް ފޮނުއްވިކަން ދެނަހުރި އެއްވެސް އިންސާނަކު މި ބިންމަތީގައި އިހަށް ވެސް އަދާއި ހަމައަށް ވެސް ތުޅާދޫގައި ހުރި ކަމެއް މި ކައުންސިލަށް އެނގިފަ އެއް ނުވެއެވެ.
ތުޅާދޫ ކައުންސިލްގެ ބަޔާން

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު ތުޅާދޫ މަސްޖިދުއްރަޙްމާން ހުޅުވޭނެ ދުވަހަކާއި މެދު ސުވާލު ކުރެއްވީ އެކަމުގެ ހަގީގަތް ބެލުމެއް ނެތި ކަމަށެވެ. އަދި ހަނި ދޭތެރެއަކުން ޖާގަ ހޯދައިގެން ކުރި އެ ސުވާލަކީ ނުކިއްސަރު އަމަލެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިއީ ރަށުގެ އާއްމު މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ނުކޮށް، މަސްލަހަތު ގެއްލުވާލުމަށް މެމްބަރު ކުރެއްވި ކަމެއް ކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.

އަބްދުލް ހަންނާން އަބޫބަކުރުޑރ މުޙައްމަދު ޝަހީމް އަލީ ސައީދުބ. ތުޅާދޫއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު