Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

ރިޔާސީ އިންތިޚާބު ޕީއެންސީ އިން ކާމިޔާބު ކުރީ ދޮގުތަކެއްގެ މައްޗަށް، އޭގެ ހިތި ރަހަ އަދިވެސް ދިވެހިންގެ ކަރު ބުޑުގައި އެބަ ލާ: ނިޒާރު

23 ޖެނުއަރީ 2026 | ހުކުރު 15:00

ޕީއެންސީގެ ވެރިކަމުގެ ދެ އަހަރަކީ އައްޑޫ ސިޓީ އަށް މާޔޫސްކުރުވަނިވި ދެ އަހަރު ކަމަށް ވެސް ނިޒާރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖެނުއަރީ 2026 | ހުކުރު 15:00
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބު ޕީއެންސީ އިން ކާމިޔާބު ކުރީ ދޮގުތަކެއްގެ މައްޗަށް ކަމަށާއި އޭގެ ހިތި ރަހަ އަދިވެސް ދިވެހިންގެ ކަރު ބުޑުގައި އެބަ ލާ ކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ނިޒާރު ވަނީ ސަރުކާރަކީ ވެރިކަމަށް ވެސް ލާމަރުކަޒީ ނިޒާމަށް ވެސް ތަސައްރަފު ފުދޭ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި މާދަމާ ރާއްޖޭގެ ހާލަތު ދާނީ ކިހާ ހިސާބަކަށް ކަން ދިވެހިންނަށް މިއަދު ސާފު ނުވާ ކަމަށެވެ. މި ސަރުކާރު އައި ފަހުން ހުރިހާ ކަމެއް އޮތީ އޮޅުން ބޮޅުމެއްގެ ތެރޭގައި ކަަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. ޕީއެންސީގެ ވެރިކަމުގެ ދެ އަހަރަކީ އައްޑޫ ސިޓީ އަށް މާޔޫސްކުރުވަނިވި ދެ އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަކީ ބިރުވެރިކަމަކަށް ވެގެން ދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ދެ އަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް. ކައުންސިލްތަކުގެ ކަންކަން ހުއްޓުވަނީ. އިގްތިސާދާއި ގުޅިފައި ހުރި ކަންކަން ހުއްޓުވާލާފައި ލަދެއް ހަޔާތެއް ނެތި އިންތިޚާބަށް ނުކުންނަތަން މި ފެންނަނީ." ނިޒާރު ވިދާޅުވި އެވެ. 

 ނިޒާރު ވިދާޅުވީ، ރައްޔިތުން ބާރުވެރިކޮށް، ގާތުން ވެރިކަން ކުރުމަކީ މި ސަރުކާރަށް ކަމުދާ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން މި ނިޒާމު ބައްޓަން ކޮށްދިނީ އެމްޑީޕީ އިން ކަމަށާއި އެ ނިޒާމު ދެމެހެއްޓޭނީ ވެސް އެމްޑީޕީ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލްތަކުގެ ސިޔާސަތު އޮތީ ވެސް އެމްޑީޕީގެ ތަސައްވުރާއި އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ކައުންސިލް އިންތިޚާބަށް ނުކުންނަނީ ކައުންސިލްތަކުގެ ބާރު ކޮށާ ކުޑަކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކައުންސިލްތަކަށް ފައިސާ ދޭ ގޮތާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭނާ ވަނީ ރައްޔިތުން އެމްޑިޕީ އަށް އަދިވެސް އިތުބާރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަލީ ނިޒާރުކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ

23 ޖެނުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ
22 ޖެނުއަރީ 2026

ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

22 ޖެނުއަރީ 2026
ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު
18 ޖެނުއަރީ 2026

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު
17 ޖެނުއަރީ 2026

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟
16 ޖެނުއަރީ 2026

އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން

16 ޖެނުއަރީ 2026
އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން
12 ޖެނުއަރީ 2026

ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް

12 ޖެނުއަރީ 2026
ކަމެއް ނުކޮށް އެކަން ކައުންސިލް ބޮލަށް ޖަހަނީ މުއިއްޒު ސަރުކާރުން މަޝްރޫއުތަކުން ބޯ ދަމައިގަންނަން: ފޯކައިދޫ ކައުންސިލް
12 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު
11 ޖެނުއަރީ 2026

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި
10 ޖެނުއަރީ 2026

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

05 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބު ގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަޒީފާގެ ހުށަހެޅުމާއި، ބިރު ދެއްކުން ފަދަ ކަންކަން ދަނީ ހިނގަމުން: ބިގޭ

05 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު ގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަޒީފާގެ ހުށަހެޅުމާއި، ބިރު ދެއްކުން ފަދަ ކަންކަން ދަނީ ހިނގަމުން: ބިގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް