Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮންލައިން ވިޔަފާރި

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް

30 ޕަސެންޓުގެ ފީއެއް ނަގަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމުމަކީ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުނުކުރެވުމުގެ ބުރަ ރައްޔިތުން އުފުލަން ޖެއްސުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖޫން 2025 | ހޯމަ 14:24
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ އަންގާރަ ދުވަހުން ފެށިގެން 30 އިންސައްތަ ފީ އެއް ނެގުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމާފައިވަނީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖްގެ ސިޔާސަތުތައް ފެއިލްވުމުން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުއްލި ގޮތަކަށް ހޯމަ ދުވަހު ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ އީކޮމާސް ޕްލެޓްފޯމްތަކުން ކުރެވޭ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ބީއެމްއެލްއިން ނަގާ 30 އިންސައްތަ ފީއަކީ ކުރިން ނުރަސްމީކޮށް އޮތް ޑޮލަރު-ރުފިޔާގެ ޕެރަލަލް މާކެޓަށް ރަސްމީ ހައިސިއްޔަތެއް ދިނުމާއެކު މަތީ އެކްސްޗޭންޖް ރޭޓެއް ސާބިތުކޮށްދޭ ކަމެކެވެ.

Advertisement - newsAdvertisement

ގިނަ އެކްސްޗޭންޖް ރޭޓު ހިމެނޭ ނިޒާމެއް ރަސްމީކުރުމުގެ ހާލަތަށް އާދެވިފައި މިވަނީ މިހާރުގެ ޕީއެންސީ ސަރުކާރުގެ ސީދާ ފެއިލްވުމެއްގެ ގޮތުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއީ އިޤްތިޞާދީ ހަމަޖެހުމެއްނެތި ނުބައިކޮށް މެނޭޖްކުރެވިފައިވާކަމުގެ ނިޝާނެއް ކަމަށާއި، މިއީ ނުބައިކޮށް ގެންގުޅެފައިވާ އިޤްތިޞާދީ އަދި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސިލްސިލާއެއްގެ ތެރެއިން އިތުރު ކަންބޮޑުވާންޖެހޭ ފިޔަވަޅެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ މިއީ ސިޔާސަތުތަކުގެ ފެއިލްވުމުގެ ބުރަ އާންމު ރައްޔިތުންގެ ބޮލުގައި އެޅުވުން ކަމަށެވެ.

ފައްޔާޒް ވަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވުމުގެ ކުރިން، ޤާބިލު ފަންނީ މާހިރުންނާއި ވިޔަފާރި ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށް އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ ބީއެމްއެލްއިން ނިންމާފައިވާ ނިންމުމުގައި ވަނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށް އެބޭންކުން ބުނެއެވެ.

މީގެ އިތުރުން 500 ޑޮލަރަށް ޑެބިޓް ކާޑުގެ ލިމިޓް ބޮޑުކޮށްފައިވާ ކަމަށް ބޭންކުން ބުނި ނަމަވެސް، މިހާރު ލިބޭ 250 ޑޮލަރުގެ އިތުރުން 250 ޑޮލަރު އިތުރުކޮށްފައިވާއިރު، 500 ޑޮލަރު ބޭނުންކޮށްފިނަމަ 150 ޑޮލަރުގެ ފީއެއް ބީއެމްއެލްއިން ކަނޑާނެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަަ 2343.84 ރުފިޔާއެވެ.

އޮންލައިން ވިޔަފާރިޓީމޫބީއެމްއެލްފައްޔާޒް އިސްމާއިލްޕީއެންސީ ސަރުކާރުރައީސުލްޖުމްހޫރިއްޔާ މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

24 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން

މުއިއްޒު ސަރުކާރު ގެ 2 އަހަރުން ކުރެވުނު ކަމަކީ އަޅުގަނޑުމެން އެޅި ކޭކުގަ އައިސިންގ ޖެހުން، އެއީ އެންމެ ފަސޭހަ ކަންތައް: ޔާމީން

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު