Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްލާހުގެ ބޭނުމަކީ ވެސް ރައްޔިތުންނަށް އޮޅުވާލައި ވައްކަން ކުރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 10:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުން ފާހަގަ ކުރުމަށް ބޭއްވި ޑްރޯންސް ޝޯ ގެ މަންޒަރެއް. 26 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުން ފާހަގަ ކުރުމަށް ބޭއްވި ޑްރޯންސް ޝޯ ގެ މަންޒަރެއް. 26 ޖުލައި 2025

ރައްޔިތުންނަށް ކަމެއް ކޮށްދޭން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް ސަރުކާރުން ދައްކާ ބަހަނާއަކީ ގައުމުގައި ފައިސާ ނެތް ކަމަށް ބުނުން ކަމަށާ ނަމަވެސް ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ފައިސާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އެސްއީޒެޑް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

އެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްލާހުގެ ބޭނުމަކީ ވެސް ރައްޔިތުންނަށް އޮޅުވާލައި ވައްކަން ކުރުން ކަމަށެވެ. ޣަފޫރު ވިދާޅުވީ އެސްއީޒެޑް ގެ ގާނޫނު ވުޖޫވުމާއެކު މުޅި މާލޭގައި ހަވާއަރުވާ އެކަން ފާހަގަކުރި ކަމަށެވެ. ނަމަވެސް ގާނޫނު ވުޖޫދުވިފަހުން 10 އަހަރު ފާއިތުވިއިރުވެސް ނާއްޓެއް ހިފައިގެން އިންވެސްޓުކުރަން އައި މީހަކުވެސް މިގައުމަށް ނާންނަ ކަމަށް މެންބަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފެނުނު ޓްރާންސްޝިޕްމަންޓު ބަނދަރު ހަދާފައި ހއ. އަތޮޅުގެ ތިން ރަށުގައި ރަސްމިއްޔާތު ބާއްވާފައި 400 މިލިއަން ޑޮލަރު ވަންނާނޭ ބުނެ ބެރުޖަހާފަ ނެށި މަންޒަރު. އެއް ޑޮލަރުވެސް ވަނީކީ ނޫން.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ ވައްކަން ކުރުމުގައި ހައްދުފަހަނަ އަޅާފައިވާކަމަށް ވިދާޅުވެ ޣަފޫރު ވަނީ މިސާލެއްގެ ގޮތުން ސިނގިރޭޓާ ވޭޕާ ގުޅޭ ގާނޫނުގެ ވާހަކަދައްކަވާފައެވެ. މެންބަރު ވިދާޅުވީ ވޭޕް މަނާކޮށް ސިނގިރެޓުގެ ބިލު ފާސްކުރީ ވައްކަން ކުރާށޭ ބުނުމުގެ ޖާގަ މިއަދު އެބައޮތް ކަމަށެވެ.

އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ކަސްޓަމްސް އާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 40 ފޫޓު ކޮންޓެއިނަރު ވައިރޯޅިއެއްގައި ކަފަ ބުރައިގެން ދާގޮތަށް ބުރައިގެން ދިއުން ކަމަށް ޣަފޫރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ވީނުވީ އެއް ނޭންގި 40 ފޫޓުގެ ދެ ކޮންޓެއިނަރު ވަޔަށް ގޮސްފައިވާ ކަމަށެވެ. އަދި ވައްކަމުގެ ތެރެއަށް މުޅި ދައުލަތް ވައްދާ ސުންނާފަތި ކުރަމުން ދާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މި ސަރުކާރު އައިސްގެން ދެ އަހަރު ވީއިރުގަ ރައްޔިތަކަށް ވީ ފައިދާއެއް އެބައޮތްތޯ؟ ކޮންމެ ރައްޔިތަކާ ދިމާވިޔަސް ބޯ ކަހަނީ، ބުނީ ތިމަންނާމެންނަށް ހެދުނު ގޯހެކޭ، ތިމަންނާމެންގެ މުޅި އާމްދަނީ ހަލާކުވެއްޖެޔޭ، މި ނޫން ވާހަައެއް ބުނާ ރައްޔިތަކާ މި ގައުމަކުން މިއަދު ދިމައެއް ނުވޭ. މި ބަލާވެރިކަމާ މުސީބާތް ގެންނާކަށް ނޫން ރައްޔިތުން ސަރުކާރު ބަދަލުކުރީކީ. ސާފު ދިރިއުޅުމެއް ހޯދަން. ރައްޔިތުން މިއަދު އުޅެނީ އިއްޔެއަށް ވުރެ ދެރަ، ނިކަމެތި ހާލުގަ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ މި ސަރުކާރުގެ ހުސްނުވާ ބަހާނައަކީ ގައުމުގައި ފައިސާ ނެތްކަމަށް ބުނެ ދައްކާ ބަހަނާއާއި ގައުމު ދަރާފައިވާ ކަމަށް ބުނެ ދައްކާ ބަހަނާ ކަމަށެވެ.

ނަމަވެސް އެ ބަހަނާ ދައްކަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ޖެހުމުން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަމަވެސް ޑްރޯންތަކެއް ގަންނަން ވީމާ 100 މިލިއަން ޑޮލަރުވެސް ޚަރަދު ކުރަން "އޯކޭ" ކަމަށެވެ.

ލާރިނެތޭ ބުނާއިރު 100 މިލިއަން ޑޮލަރު ޚަރަދުކޮށްފި ޑްރޯން ގަންނަން. ދެން ބުނަނީ ދަރާފައޭ އޮތީ. ދަރާފަ އޮތް ގައުމަކުން ޑްރޯން ގަންނާނެތޯ؟ ދެރެއިން އެއް ރޭ މަތިންދާބޯޓެއް އައްޑުއަށް ޖައްސާފަ އެތެރެކުރަނީ ޑްރޯން. 100 މިލިއަން ޑޮލަރު ޚަރަދުކޮށްފި އެކަމަށް މިހާރު. ދެން ކޮން ވާހަކައެއް ދައްކަނީ ކޮން ލާރި ނެތް ވާހަކައެއް މި ދައްކަނީ؟ ލާރި ހުރެގެން ކުރާ ކަންކަން އެއީ، ރައްޔިތުންނަށް ކަމެއް ކޮށްދޭން ވެއްޖިއްޔާ ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވެއްޖިއްޔާ ލާރި ހުރޭ، އެއިން ޑްރޯނެއް ގަތް އަގު އެނގޭ ރައްޔިތަކު މި ގައުމުގައި ނެތް. މިއީ ގައުމެއްތޯ؟
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ މިއަދު ޕެންޝަން ފަންޑުގައި ހުރި ލާރި ލޯނަކަށް ބަދަލުކޮށްލާފަ ކޭޝް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެސް 2.4 ބިލިއަން ރުފިޔާ ނަގާފައި ދިގު މުއްދަތަކަށް ލޯނަށް ބަދަލުކޮށްފައިވާއިރު އެއީ ހަމަ ފައިސާ ޗާޕުކުރުން ކަމަށް މެންބަރު ތަކުރާރު ކޮށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމު މިހާރު މިދާ މަގުން ދާނަމަ މާދަމާ ޑޮލަރުގެ އަގު 22އަށް އަރާނެ ކަމަށެވެ.

މި ސަރުކާރަކީ ރައްޔިތުންނަށް މިހާރު އަނިޔާއަކަށް ވެއްޖެ ކަމަށާ މިކަމުން ސަލާމަތްވާން ވެއްޖެ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ނިމުން ހިތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުއަބްދުލްގަފޫރު މޫސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
"އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން"

"އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން"

24 ނޮވެމްބަރު 2025
2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

24 ނޮވެމްބަރު 2025
މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު

މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު

04 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު