Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026 | އަންގާރަ 04:33

އީޔޫގެ ތަރުޖަމާނު ޕައުލާ ޕިންހޯ ވިދާޅުވީ، ކޮންމެ ވެސް ވަގުތެއްގައި ރަޝިޔާގެ ރައީސް ޕުޓިންއާ ވާހަކަތައް ދައްކަން ޖެހޭނެ ކަމަށާއި، އޭގެ ކުރިން އެ ދެމެދުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް. އެ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، މަޝްވަރާ ތަކަށް ތައްޔާރަށް ހުންނެވި ކަމުގެ އެއްވެސް ނިޝާނެއް ޕުޓިންގެ ފަރާތުން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2026 | އަންގާރަ 04:33
ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާގެ ރައީސް ޕުޓިން | ރޮއިޓަސް

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ. 

އީޔޫ އިން މިހެން ބުނެފައި މި ވަނީ، އަލުން ޕުޓިން އާއެކު މަޝްވަރާތައް ފަށަން ޖެހޭ ކަމަށް ފްރާންސް އާއި އިޓަލީގެ ލީޑަރުން ވިދާޅުވެފައިވަ ދަނޑިވަޅެއްގަ އެވެ. 

އީޔޫގެ ތަރުޖަމާނު ޕައުލާ ޕިންހޯ ވިދާޅުވީ، ކޮންމެ ވެސް ވަގުތެއްގައި ރަޝިޔާގެ ރައީސް ޕުޓިންއާ ވާހަކަތައް ދައްކަން ޖެހޭނެ ކަމަށާއި، އޭގެ ކުރިން އެ ދެމެދުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، މަޝްވަރާ ތަކަށް ތައްޔާރަށް ހުންނެވި ކަމުގެ އެއްވެސް ނިޝާނެއް ޕުޓިންގެ ފަރާތުން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. 

އެގޮތުން އެ މަޝްވަރާތައް ކުރެވޭނެ ހިސާބަށް ނުދެވިފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ވެސް ވަގުތެއްގައި ޔޫކްރެއިންގެ މައްސަލައިގައި ސުލްޙަ ޤާއިމު ކުރުމަށް އެ ފަދަ ވާހަކަ ތަކެއް ދެއްކޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޕިންހޯ ވިދާޅުވެފައިވެ އެވެ.

އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، އީޔޫ އިން ރަޝިޔާ އާއެކު އެންމެ މަތީ ފެންވަރުގެ ވާހަކަތައް އަދި މަޝްވަރާތައް ފަށަން ޖެހިފައިވާ ވަގުތު އައިސްފައިވާ ކަމަށެވެ. އަދި ޔޫކްރެއިންގެ މައްސަލައިގައި ވާހަކަ ދައްކަވަން ޚާއްސަ މަންދޫބެއް، ނުވަތަ ސަފީރެއް ކަނޑައަޅުއްވަން ޖެހިފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. 

މެލޯނީ އެހެން ވިދާޅުވުމުގެ ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ވަނީ އެ ފަދަ ވާހަކައެއް ދައްކަވައިފަ އެވެ. އެގޮތުން ރަޝިޔާ އާއެކު ވާހަކަ ދެއްކުމަށް ޔޫރަޕުން ގޮތް ތަކެއް ހޯދައި، އުސޫލު ތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޔޫރަޕުގެ ބާރު ގަދަ ދެ ލީޑަރުން މި ވާހަކަ ދައްކަވާފައިވާއިރު، ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. އެކަމުގައި ޔޫރަޕުގެ ޤައުމު ތަކުން އެމީހުންގެ ނުފޫޒު ގަދަ ކުރުމަށް ބޭނުންވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން ވަނީ އެކި ފަހަރު މަތިން ވާހަކަ ދައްކަވައިފަ އެވެ. އަދި ރަޝިޔާ ސަރުކާރުގެ އިސްވެރިންނާއި، އެމެރިކާ ސަރުކާރުގެ އިސްވެރިން ވެސް ވަނީ އެކި ފަހަރު މަތިން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިންވްލަޑިމިއަރ ޕުޓިންޔޫރަޕިއަން ޔޫނިއަންރައީސް ޑޮނަލްޑް ޓްރަމްޕްޖިއޯޖިއާ މެލޯނީއެމެނުއެލް މެކްރޯންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

13 ޖެނުއަރީ 2026
މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ
13 ޖެނުއަރީ 2026

ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ

13 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު ޓްރަމްޕް އާއި މަޗާޑޯ ބައްދަލު ކުރައްވަނީ
12 ޖެނުއަރީ 2026

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ
12 ޖެނުއަރީ 2026

އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
އިންޒާރަށް ފަހު، މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާން އިން ބުނެފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 ޖެނުއަރީ 2026

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި

12 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް ހާމަ ކުރައްވައިފި
11 ޖެނުއަރީ 2026

ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"

11 ޖެނުއަރީ 2026
ޓްރަމްޕް ގެ އިންޒާރު ކިއުބާ އަށް: "ވަގުތު ފާއިތު ނުވަނީސް ޑީލު ހަދާ"
11 ޖެނުއަރީ 2026

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި
11 ޖެނުއަރީ 2026

މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވީ ގަދަކޮށް: ދަރިކަލުން
11 ޖެނުއަރީ 2026

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް