Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ސްރީލަންކާ

އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ސަޖިތު ޕްރޭމަދާސަ

5 ޖެނުއަރީ 2026 | ހޯމަ 14:29

އިންޑިއާ އަކީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން، އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިއާ އިން ކުރާ މަސައްކަތަށް ޕްރޭމަދާސަ ވަނީ ތާއީދު ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖެނުއަރީ 2026 | ހޯމަ 14:29
 ސްރީ ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ

ސްރީ ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ | އޭއެފްޕީ

އިންޑިއާ ކަނޑުގެ ސަލާމަތަށް، އިންޑިއާގެ ދައުރު މުހިންމު ކަމަށް ސްރީ ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ވިދާޅުވެއްޖެ އެވެ.

އޭއެންއައި އަށް ދެއްވި އިންޓަވިއުއެއްގައި، ޕްރެމަދާސަ ވަނީ އިންޑިއާ ކަނޑާއި، ދެކުނު އޭޝިއާގެ ސަލާމަތާއި ހަމަޖެހުން ގާއިމު ކުރުމުގައި އިންޑިއާ އަދާ ކުރާ މުހިންމު ދައުރަށް އަލި އަޅުއްވާލައްވާފައި އެވެ. ޕްރޭމަދާސަ ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާ އާއި ސްރީ ލަންކާގެ ގައުމީ މަސްލަހަތުތައް ހުރީ އެއް މިސްރާބަކަށް ކަމަށް ވުމުން، ދެ ގައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަ ވެގެންދެ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން، އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ހޯދުމަށް އިންޑިއާ އިން ކުރާ މަސައްކަތަށް ޕްރޭމަދާސަ ވަނީ ތާއީދު ކުރައްވާފައި އެވެ. މީގެ އިތުރުން، ސްރީ ލަންކާ އަށް ކުރިމަތިވި އިގްތިސާދީ ދަތި ހާލަތުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރައްވަމުން، މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދެކުނު އޭޝިއާގެ މަސްރަހަށް އަލި އަޅުއްވާލައްވަމުން ޕްރޭމަދާސަ ވިދާޅުވީ، ބަންގްލަދޭޝްގައި ވަރަށް އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ އެކު އެގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުވެ، ޑިމޮކްރަސީ ވަރު ގަދަވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރަހައްދީ ސުލްހައާއި ތަނަވަސްކަމަށްޓަކައި ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމަށް އޭނާ ގޮވާލެއްވި އެވެ.

ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ވެސް ވަނީ ސަރަހައްދީ އެއްބާރުލުން ކުރިއެރުވުމުގައި ސާކްގެ އޮތް ގާބިލިއްޔަތުކަމާ ބެހޭ ގޮތުން ދާދި ފަހުން ވާހަކަ ދައްކަވައިފަ އެވެ. 

މަސްދަރު: އޭއެންއައި ނިއުސް

ސަޖިތު ޕްރޭމަދާސައިންޑިއާ-ސްރީލަންކާނަރެންދުރަ މޯދީ ސާކް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

އިންޑިއާ އިން ސްރީލަންކާ އަށް 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

23 ޑިސެމްބަރު 2025
އިންޑިއާ އިން ސްރީލަންކާ އަށް 450 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
20 ނޮވެމްބަރު 2025

އެމެރިކާ އިން އިންޑިއާ އަށް 92.8 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި

20 ނޮވެމްބަރު 2025
އެމެރިކާ އިން އިންޑިއާ އަށް 92.8 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި
12 ނޮވެމްބަރު 2025

ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި

12 ނޮވެމްބަރު 2025
ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި
08 އޮކްޓޯބަރު 2025

ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް

08 އޮކްޓޯބަރު 2025
ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް
05 އޮކްޓޯބަރު 2025

އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ

05 އޮކްޓޯބަރު 2025
އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ
06 ސެޕްޓެމްބަރު 2025

އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ

06 ސެޕްޓެމްބަރު 2025
އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

އެއް ކާރު ކޮޅެއްގައި ދަތުރު ކުރައްވައި، ޕުޓިން އާއި މޯދީގެ ގާތް ގުޅުން ދައްކުވައިފި

02 ސެޕްޓެމްބަރު 2025
އެއް ކާރު ކޮޅެއްގައި ދަތުރު ކުރައްވައި، ޕުޓިން އާއި މޯދީގެ ގާތް ގުޅުން ދައްކުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް