Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭޑީއެސް ސްކޮލަރޝިޕް

ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި

މިހާތަނަށް 16 ދަރިވަރަކު ވަނީ މި ފުރުސަތުގެ ދަށުން ކިޔަވަން ފޮނުވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 05:12
ޖޭޑީއެސްގެ ދަށުން ކިޔަވައި ނިންމި ދިވެހި ދަރިވަރެއް

ޖޭޑީއެސްގެ ދަށުން ކިޔަވައި ނިންމި ދިވެހި ދަރިވަރެއް

ޖަޕާނު ސަރުކާރުން ދޭ، ޖަޕަނީޒް ގްރާންޑް އެއިޑް (ޖޭޑީއެސް) ސްކޮލަރޝިޕަށް އެދި ހުށަހަޅެމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވާ ގޮތުގައި މި ގްރާންޓުގެ ދަށުން މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ހަ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޖޭޑީއެސް އިންނެވެ. އަދި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ވެސް ދޭނީ ޖޭޑީއެސް އިންނެވެ.

Advertisement - newsAdvertisement

ޖޭޑީއެސް އިން ބުނެފައިވާ ގޮތުގައި މި ފުރުސަތުގެ ދަށުން ސޮކަލަރޝިޕަށް އެދި ހުށަހެޅޭނީ އުމުރުން 22 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި އެ ފަރާތަކީ ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ ސިވިލް ސާވެންޓުނާއި މިނިވަން މުއައްސާސާތަކާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޖަޕާނުގެ ނުވަތަ އެހެން އެއްވެސް ސްކޮލަރޝިޕެއް ލިބިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕަށް އެދި ހުށަނޭޅޭނެއެވެ. އަދި މާސްޓާސް ޑިގްރީ އާއި އެއަށްވުރެ މަތީ ޑިގްރީއެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ވެސް ހުށަނޭޅޭނެ ކަމަށް ޖޭޑީއެސް އިން ވަނީ ބުނެފައެވެ.

މި ފުރުސަތުގެ ދަށުން ސްކޮލަރޝިޕުގައި ކިޔެވުމަށް ހުޅުވާލާފައި ވަނީ ޔުނިވަރސިޓީ އޮފް ސުކުބާއިން މާސްޓަރސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސާއި، ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓަރސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ރިޓްސުމެއިކަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް އަރޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސްއަށެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ކުރިން ހުޅުވާލީ މި މަހުގެ 3 އާ ހަމައަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ 24 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރުކޮށްފައެވެ.

ޖޭޑީއެސް އަކީ 2020 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކޮންމެ އަހަރަކު 6 ދަރިވަރަކަށް ފުރުސަތު ހުޅުވާލާއިރު މިހާތަނަށް 16 ދަރިވަރަކު ވަނީ މި ފުރުސަތުގެ ދަށުން ކިޔަވަން ފޮނުވާފައެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔަރ އެޑިއުކޭޝަނުން އިލްތިމާސްކުރެއެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ސްކޮލަރޝިޕްހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ޖަޕާންޖަޕަނީޒް ގްރާންޓް އެއިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު