Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުވެސްޓްގެ އެޑިއުކޭޝަން އެކްސްޕޯ

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި

ތިން ދުވަހަށް މިއެކްސްޕޯ ކުރިއަށްދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 16:20
އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން

ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއެކު އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި އެވެ.

ބުރާސްފަތި ދުވަހު ފެށި މިއެކްސްޕޯ ތިން ދުވަހަށް ކުރިއަށް ގެންދަންވަނީ ނިންމާފައެވެ. އެއީ ބުރާސްފަތި ދުވަހުގެ އިތުރުން ހުކުރު، ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 10:00 ށެވެ.

Advertisement - newsAdvertisement

މި އެކްސްޕޯ އާ ގުޅޭ ގޮތުން އެޑިއުވެސްޓްއިން ބުނީ މި އެކްސްޕޯގައި އޮސްޓްރޭލިއާ، މެލޭޝިއާ، ބަންގްލަދޭޝް އަދި ސްޕެއިންގެ ޔުނިވާސިޓީތަކުގެ މައުލޫމާތާއި، ކޯސްތަކުގެ މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެ ޔުނިވާސިޓީތަކުގެ މީހުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި އެކްސްޕޯ ފެށުމަށް މީރުމާ ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހަޔަަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން ރާއްޖެއިން ބޭރަށް އެކިއެކި ކޯސްތައް ފުރިހަމަ ކުރުމަށް ދާ ކަމަށެވެ. އަލަށް ބޭރުގެ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ކިޔަވަންދާ ދަރިވަރުންނަށް މިފަދަ އެކްސްޕޯތައް ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސަރުކާރުން މަތީ ތައުލީމަށް ޚާއްސަ އިސްކަމެއްދޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސްޓޫޑެންޓް ލޯން ސްކީމު އިންޓްރެސްޓަކާ ނުލައި، މިހާރު ފުޅާ ކޮށްފައިވާ ކަމަށެވެ. އަދި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވެސް ސްޓޫޑެންޓް ލޯނަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސްކޮލަރޝިޕްގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިހާރު 18،000ށް ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުވެސްޓްގެ އެޑިއުކޭޝަން އެކްސްޕޯގައި ސްޓޫޑެންޓް ވިސާގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭ މަސައްކަތު ބައްދަލުވުންތައް ކުރިއަށްދާނެއެވެ.

އެކްސްޕޯއަށް ދާ މީހުންގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއް ނަގާނެއެވެ.

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ

21 ސެޕްޓެމްބަރު 2024
ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި

ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި

06 ޑިސެމްބަރު 2023
ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

22 ޖޫން 2023
ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

01 ޖޫން 2023
ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ

ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ

06 އެޕްރީލު 2023

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު