Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ. ވެލިދޫ

ނ. ވެލިދޫ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ވަރަށް ސްލޯ، ހުރީ މަސައްކަތް ހިނގާ ގޮތް ނުފެންނާނެ ހެން ފެންސު ޖަހާ ބަންދުކޮށްފައި!

1.5 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އާރްޑީސީ އާ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ޖެނުއަރީ 2026 | އަންގާރަ 07:56
މި ސަރުކާރުން ފަށާފައިވާ ނ. ވެލިދޫ ނެޝެނަލް ޑްރަގް އޭޖެންސީ ރިހެބިލިޓޭޝަން ސެންޓަރު

މި ސަރުކާރުން ފަށާފައިވާ ނ. ވެލިދޫ ނެޝެނަލް ޑްރަގް އޭޖެންސީ ރިހެބިލިޓޭޝަން ސެންޓަރު | ރާއްޖެއެމްވީ

މި ސަރުކާރުން ފަށާފައިވާ ނ. ވެލިދޫ ނެޝެނަލް ޑްރަގް އޭޖެންސީ ރިހެބިލިޓޭޝަން ސެންޓަރު ގެ މަސައްކަތް ދަނީ ވަރަށް  ލަސްކޮށް ކަމަށް އެ ރަށު ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ. 

2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން ފެއްޓެވި އެ މަޝްރޫއު އަކީ 1.5 މިލިއަން ރުފިޔާ އަށް އާރްޑީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

މިހާތަނަށް ވެސް އެ މަސައްކަތް މާ ބާރު ސްޕީޑެއްގެ ގައި ގޮސްފައި ނުވާއިރު އެ ސަރަހައްދު ވަނީ އެއްކޮށް ފެންސް ޖަހާ މަސައްކަތް ކުރާތަން ވެސް ނުފެންނާނެ ހެން ފެންސް ޖަހާ ބަންދު ކޮށްފަ އެވެ. 

އެކާ ގުޅިގެން ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އާތިފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ވާނުވާ އެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެހެން މަޝްރޫއުތަކާ ވެސް އެއްގޮތަށް އެ މަސައްކަތް ވެސް ދަނީ ވަރަށް ލަސްކޮށް ކަމަށް އާތިފް ވިދާޅުވި އެވެ. އާތިފް ވިދާޅުވީ ކުރާ މަސައްކަތް ބަލަން ބޭނުން ނަމަ ޖެހޭނީ ޑްރޯން އަރުވައިގެން ބަލަން ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ޕްރޮޖެކްޓުތައް ނުހިނގަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ އާ ބިން ހަވާލު ނުކުރާތީ ކަމަށް މި ފަހުން ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ވެލިދޫ ގައި އެއްވެސް މަޝްރޫއު އެއް ކައުންސިލާ ހުރެ ނުހިންގޭ ކަމަށް ނުބުނެވޭނެ ކަމަށާ އެހެން ރަށްރަށުގައި ވެސް ކައުންސިލުން ސަރުކާރަށް އެއްބާރު ލުން ދޭ ކަމަށެވެ. 

ނޭޝަނަލް ޑްރަގް އޭޖެންސީއާތިފް ހުސެއިން ނ.ވެލިދޫ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2026

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް
18 ޖެނުއަރީ 2026

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!
17 ޖެނުއަރީ 2026

މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!

17 ޖެނުއަރީ 2026
މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!
17 ޖެނުއަރީ 2026

ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ

17 ޖެނުއަރީ 2026
ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ
11 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރާއެކު ވެލިދޫގެ ތަރައްގީގެ އެންމެ މުހިންމު ދެ ޒޯނަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅާނުލެވި، އިގްތިސާދަށް ދަނީ ނެދެވޭ އަސަރު ކުރަމުން: ކައުންސިލްގެ ރައީސް އާތިފް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު