Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޯޑިޓަރ ޖެނެރަލް

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

މަޖިލީހުގައި މަސްތުވާތަކެއްޗާ ގުޅޭ ތިން ސުވާލެއް ހޯމް މިނިސްޓަރާ ކުރުމަށް ހަމަޖެހުނު

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2025 | ހޯމަ 13:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން (ފައިލް ފޮޓޯ)

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން (ފައިލް ފޮޓޯ)

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށް އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާއަށްވެސް އެޖެންޑާ ކޮށްފި އެވެ.

ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ފަށާ މަޖިލިސް ޖަލްސާގައި ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވާއިރު ސުވާލު ކުރުމުގެ ބައިގައި ހިމެނެނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހްސާންއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ 3 ސުވާލެވެ.

Advertisement - newsAdvertisement

އެގޮތުން ފުރަތަމަ ސުވާލަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު އިސްލާހުކުރުމާއި ޑްރަގް ޕްރިވެލެންސް ދިރާސާއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާިރު އެކަންކަން މިހާރު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ؟ އަދި ނުނިމޭނަމަ ނުނިމެނީ ކިހިނެތްވެގެންތޯ އެވެ. ދެވަނަ ސުވާލަކަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަ ކުރިމަތިވެފައިވާ ސަރަހައްދުތައް ދެނެގަތުމަށާއި، އެ ސަރަހައްދުތަކުގައި ސަރވޭކުރުމަށް ރޭވިފައިވޭތޯ އެވެ. އަދި ތިން ވަނަ ސުވާލަކަށް ހުށަހަޅޅާފައިވަނީ ޕާޓީ ޑްރަގް ގިނަވެ، ރާއްޖޭގައި އިންޓްރަވޭނަސްކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވެ، ޓީބީ، ހެޕަޓައިޓްސް-ބީ، އެއިޑްސް ފަދަ ކޭސްތައް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ފެތުރުމުގެ ބިރުއޮތްކަމަށް އަމިއްލަ އެން.ޖީ.އޯ އަކުން ކުރި ދިރާސާއަކުން ދައްކާ ކަމަށާއި މާލެތެރޭގައި މިހާރު ބޭނުންކުރަނީ ކޮން ބާވަތެއްގެ މަސްތުވާތަކެތިކަން ނޭޝަނަލް ޑްރަގް އެޖެންސީއަށް އެނގޭތޯ؟ އަދި އެކަންކަމަށް އެއްވެސް ސިޔާސަތެއް ނޫނީ ޕްލޭނެއް ހެދިފައިވޭތޯ އެވެ.

މީގެއިތުރުން މަޖިލީހަށް ތައާރަފްކުރާ 2 ބިލެއް ހުށަހަޅާނެ އެވެ. ފުރަތަމަ ބިލުގެ ގޮތުގައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބެލެވެ. އަދި ދެވަނަ ބިލުގެ ގޮތުގައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބެލެވެ.

ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ރީ-އެމްޕްލޯއިމަންޓްގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުމާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދިއުމެވެ.

އޮޑިޓަރ ޖެނެރަލްފެނަކަ ކޯޕަރޭޝަންމުހައްމަދު އިބްރާހިމްމަސްތުވާތަކެތިނޭޝަނަލް ޑްރަގް އޭޖެންސީއަލީ އިޙްސާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަށް އަގެއް ނެގުން ރަނގަޅު: މިނިސްޓަރ އިހްސާން

02 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު