Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޑީއޭ

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

އެންޑީއޭގެ ސެންޓަރުތަކުން ޔޫރިން ޓެސްޓް ކިޓް ވަނީ އެއްކޮށް ހުސްވެފަ، މިހާރު ފަރުވާ ދިނުން ވެސް ވަނީ ހުއްޓިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 15:25
ނޭޝަނަލް ޑްރަގް އެޖެންސީ

ނޭޝަނަލް ޑްރަގް އެޖެންސީ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެންޓަރުތަކުން ޔޫރިން ޓެސްޓް ކިޓް ހުސްވެ، އެ ފަރާތްތަކަށް ފަރުވާ ނުދެވި ހުއްޓިފައިވާ ކަން ހާމަވެއްޖެ އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި 2012 ވަނަ އަހަރު މަސްތުވާތަކެތި ބޭނުކުރާ މީހުންނަށް ފަރުވާދިނުމަށް އުފެއްދި ނޭޝަނަލް ޑްރަގް އެޖެންސީގެ ސެންޓަރ ތަކުން ޔޫރިން ކިޓް ހުސްވެ ފަރުވާ ދިނުން މެދުކެނޑިފައިވާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.

Advertisement - newsAdvertisement

އެންޑީއޭ ސެންޓަރުން ފަރުވާ ހޯދަމުންދާ ޒުވާނަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ މިހާރު އެންޑީއޭގެ ހުރިހާ ސެންޓަރަކުން ވަނީ ޔޫރިން ޓެސްޓް ކިޓް ހުސްވެފައިވާ ކަމަށެވެ. އަދި އެ ކިޓް ތައް ހުސްވުމުން މިހާރު ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ފަރުވާ ދިނުން ހުއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ހޯދުމަށް އެންމެ ފުރަތަމަ ވެސް ޑޮކްޓަރަށް ދެއްކުމުން ހަދަން ޖެހޭ ޓެސްޓަކީ ޔޫރިން ޓެސްޓް ކަމަށާއި ފަރުވާއަށް ބޭސް ދެނީ ވެސް އެ ޓެސްޓަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އެ ކިޓު ހުސްވެފައި ހުރުމުން އެއްވެސް ފަރުވާއެއް ނުލިބި ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ދޭ ފަރުވާގެ ތެރޭގައި މަސްތުވާތަކެތީގެ ސަބަބުން ގުޅުން ކެނޑިފައިވާ އާއިލާތަކާއި ގުޅުން ބަދަހިކުރުން ވެސް އެއީ ފަރުވާ ޕްރޮގްރާމްގެ މުހިންމު ބައެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ ކަން ވެސް ކެންސަލް ކޮށްލާފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ.

އޭނާ ބުނީ މިވަގުތު ވަކި ވައްތަރެއްގެ މަސްތުވާ ތަކެއްޗަށް ދެވިހިފައިގެން ފަރުވާއަށް ދޭ މެތަޑޮން ވެސް ހުރީ ހަމަ އެކަނި ސްޓޮކްގައި ހުރި އެތިކޮޅު ކަމަށެވެ. އޭގެ އިތުރަށް މެތަޑޮން ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މެތަޑޮން އަކީ ވަކި ގޮތަކަށް ދޭ އެއްޗެއް ކަމަށާއި އެ ނުލިބިއްޖެ ނަމަ ބަޔަކު މޮޔަވާ ހާލަތަށް ވެސް ގޮސްދާނެ ކަމަށެވެ.

މެތަޑޮން އަކީ ވަކިގޮތަކަށް ތަރުތީބު ވެގެން، ވަކި މިންގަނޑުތަކަކަށް ދޭންޖެހޭ އެއްޗެއް. އޭގެ ޒާތުގައި އެ އެއްޗަށް ދެވި ހިފާއެއްޗެއް އެއީ. މިހާރު ސްޓޮކް ގަ ހުރީ އޭގެ ވަރަށް މަދު މިނަވަރެއް. އެ ހުސްވެއްޖެއްޔާ ދެން މިވާގޮތަކީ މެތަޑޮން ނަގަމުންދާ މީހުންނަށް، އެ ފަރުވާ ނުދެވެންޏާ އެމީހުން ސީދާ މޮޔަވާނެ.
މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކަމުގެ ތަޖުރިބާކާރެއް

މީގެ އިތުރުން އޭނާ ބުނީ މެތަޑޮންގެ އިތުރުން ހަކުރު ބޭނުންކުރާ މީހުންނަށް ދޭ އެންޑޮކްސް ވެސް މިވަގުތު ސްޓޮކް ގައި ހުރީ ވަރަށް މަދުން ކަމަށެވެ. އެހެން ކަމުން މިއަދުގެ ހާލަތަށް ބަލާނަމަ މަސްތުވާތަކެއްޗަށް ދޭ ފަރުވާ މިއަދު ރާއްޖޭގައި މިއޮތީ އެއްކޮށް ހުއްޓިފައި ކަމަށް އޭނާ ބުންޏެވެ.

މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ އަސާސީ ކިޓް، ޔޫރިން ކިޓް ހުސްވެފައި ހުރުމަކީ މިއަދު އެ ފަރުވާ ނުދެވި ހުއްޓެން ދިމާވެފައިވާ އެންމެ ބޮޑު އެއް ސަބަބަބު ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޔޫރިން ކިޓް ހުސްވެ، ފަރުވާ ދިނުން މެދުކެނޑިފައިވާ އިރު، ޒަރޫރީ ބޭނުންތަކަށް މިހާރު ބޭރަށް ވެސް ނުދެވޭ ކަމަށެވެ. އެންޑީއޭގެ ސެންޓަރުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެފައިވާކަން އޭނާ ފާހަގަކުރި އެވެ.

އޭނާ ބުނީ 2012 އިން ފެށިގެން މި އަދާއި ހަމައަށް އައިރު، މިފަދަ ހާލަތަކަށް އެންޑީއޭ ނުވެއްޓޭ ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ޔޫރިން ކިޓް ނެތިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓިފައި ނުވާ ކަަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއަރޕާސަން ލުބުނާ މުހައްމަދު ޒާހިރަށް ގުޅޭތޯ ރާއްޖެ އެމްވީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުފަ އެވެ. އެހެން ކަމުން އެންޑީއޭގެ ފަރާތުން މިކަމާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެންޑީއޭޔޫރިން ޓެސްޓް ކިޓްމަސްތުވާތަކެތިމެތަޑޯން ޑްރަގް ރިހެބިލިޓޭޝަންނޭޝަނަލް ޑްރަގް އޭޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު