Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ.ވެލިދޫ

ރައީސް މުއިއްޒުގެ ސަރުކާރާއެކު ވެލިދޫގެ ތަރައްގީގެ އެންމެ މުހިންމު ދެ ޒޯނަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅާނުލެވި، އިގްތިސާދަށް ދަނީ ނެދެވޭ އަސަރު ކުރަމުން: ކައުންސިލްގެ ރައީސް އާތިފް

އާތިފް ވިދާޅުވީ ކުރީ ސަރުކާރުގައި ޖޫނިއަރ ކޮލެޖެއް އެޅުމުގެ މަސައްކަތާއި، 4 ކްލާސް ރޫމްގެ މަސައްކަތް ކުރެވިފައިވާ ކަމަށް. ހޮސްޕިޓަލް ގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ބަނދަރު މަރާމާތުގެ މަސައްކަތާއި، މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން އާތިފް ވިދާޅުވީ، ރަށުގެ އިގްތިސާދު ކުރިއެރުވުމަށް އިންޑަސްޓްރިއަލް ޒޯނާއި ޓޫރިޒަމް ޒޯނަށް ގާއިމް ކުރެވި، ބިން ދޫ ކުރެވިފައިވާ ކަމަށް. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު އިތުރަށް ތަރައްގީ ނުކުރެވޭ ކަމަށް އާތިފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 10:21
އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ނ.ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ނ.ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ނ.ވެލިދޫގެ އިންޑަސްޓްރިއަލް ޒޯނާއި ޓޫރިޒަމް ޒޯނަށް އަދިވެސް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުގުޅޭ ކަމަށާއި، މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި އާތިފް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

އާތިފް ވިދާޅުވީ ޖޫނިއަރ ކޮލެޖެއް އެޅުމުގެ މަސައްކަތާއި، 4 ކްލާސް ރޫމްގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.  ހޮސްޕިޓަލް ގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ބަނދަރު މަރާމާތުގެ މަސައްކަތާއި، މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އާތިފް ވިދާޅުވީ، ކުރީ ސަރުކާރުގައި ރަށުގެ އިގްތިސާދު ކުރިއެރުވުމަށް އިންޑަސްޓްރިއަލް ޒޯނާއި ޓޫރިޒަމް ޒޯނަށް ގާއިމް ކުރެވި، ބިން ދޫ ކުރެވިފައިވާ ކަމަށެވެ. އަދި ޓުއަރިޒަމް ވިލޭޖެއްގެ ގޮތުގައި ސަރަހައްދެއް ކަނޑައަޅައި، އޭރު ކުނި އަޅަމުންދިޔަ ސަރަހައްދެއް އެމްޓީސީސީ އަދި އާރްޑީސީގެ އެހީތެރިކަމާއެކު އެ ބިން ސާފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދަށް ބޮޑު ބަދަލެއް ގެނުވި ކަމަށާއި، ނަމަވެސް މިހާރު މި ސަރަހައްދުގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ނުދާ ކަމަށް އާތިފް ވިދާޅުވި އެވެ. 

ވެލިދޫއަކީ މަޝްހޫރުވެފައިވަނީ ބޯޓު ބިލްޑިން ސަފާރީ އުޅަނދުތައް ބަނދެ އޮޕަރޭޓް ކުރާ ބައެއްގެ ގޮތުގައި. ގާތްގަނޑަކަށް 10 ނުވަތަ 11 އަހަރު މިރަށުގައި ވެެގެން ހިނގައްޖެ އޮނޑިހަރުގެ ނުވަތަ އެއްޗެހި ބަނުމަށް ބިން ނުދެވޭތާ. ބިން ނެތުމުގެ ސަބަބުން. ސިނާއީ މަސައްކަތްތަކަށް ސަރަހައްދެއް ކަނޑައަޅާ އެސަރަހައްދު ހިއްކައި އެ ސަރަހައްދުތަކުން ބިން ދެވި އެދަނީ މަސައްކަތް ކުރެވެމުން. ގާތްގަނޑަކަށް ދިގު މުއްދަތަށް 5 ބިމެއް އެ މަސައްކަތަށް ޚާއްސަ ކޮށްދެވިފައިވޭ. ގުދަންތަކާއި ސްޓޯރޭޖް ފެސިލިޓީ ގޮތުގައި 10 ބިމެއް މިވަނީ ދެވިފައި. އިންޑަސްޓްރިއަލް ޒޯނުގައި މިހުރި ކަންކަމަށް ބަހާލެވިފައި ހުންނަ ސިނާއީ މަސައްކަތްތައް ކުރެވޭ ގޮތަށް ކަނޑައެޅިގެން ދިޔަ ސަރަހައްދެއް.
ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން 

ވެލިދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް އިޝާރާތް ކުރައްވައި އާތިފް ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. ކުރީ ސަރުކާރުގައި ކަރަންޓު އަޕްގްރޭޑް ކުރުމަށް އެއް ޖަނަރޭޓަރު ގެނެސްފައިވާ ކަމަށާއި، ޓްރާންސްފޯމަރާއި، އަދިވެސް އެހެނިހެން އާލަތްތައް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ސަރުކާރު ބަދަލު ވެގެން ދިއުމާއެކު އެމަސައްކަތް ހުއްޓިފައިވާ ކަމަށާއި، ކަރަންޓުގެ މައްސަލަ ބޮޑުވުމުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މުޒާހަރާ ކޮށްފައިވާ ކަމަށެވެ. އަދި މުޒާހަރާ ކުރުން ހުއްޓާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ފެނަކައިން ދިނުމުން ކަމަށް އާތިފް ވިދާޅުވި އެވެ.

ފަށާއިރު ޕްރޮގްރާމްގައި ނ. ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވާހަކަ ދައްކަވަނީ
ފަށާއިރު ޕްރޮގްރާމްގައި ނ. ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވާހަކަ ދައްކަވަނީ

އާތިފް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނާއި ޓޫރިޒަމް ޒޯނަށް އަދި އާއްމުން ދިރިއުޅޭ ގޭތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ކަނެކްޝަން ނުލެވި ހުރި ގޭގެއަށް އެކަނެކްޝަން ގުޅުން ވަރަށް މުހިންމު ކަމެއް ކަމަށާއި، މިހައި ލަސްވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓަރުންނަށް އެކަމުގެ އުދަނގޫ ކުރިމަތިވާ ކަމަށާއި، މިއީ އިގްތިސާދަށް ލިބޭ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އާތިފް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެރަށަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ގިނަ މަޝްރޫއުތަކެއް އަމަލީ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މަސައްކަތުގެ ސްޕީޑް ވަރަށް ލަސް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިސަރުކާރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް، ރިހިބިލިޓޭޝަންގެ މަސައްކަތް، ހޮސްޕިޓަލުގެ މަސައްކަތް ފައްޓަވައި ދެއްވި. ދެން ހިއްކެވި ފަސްގަނޑުގެ މަސައްކަތް. ވަރަށް ލަސް މަސައްކަތް ކުރިއަށްދާލެއް. އާރްޑީސީ ރަށުގެ މޭޖަރ ގިނަ މަސައްކަތްތައް ހުރީ އާރްޑީސީއަށް. ކުދި ބޮޑު ހުރިހާ މަސައްކަތްތައް ލައިގެން ގާތްގަނޑަކަށް 12 ވަރަކަށް ޕްރޮޖެކްޓް އެބަވޭ އާރްޑީސީއާ ހަވާލު ކުރެވިފައި. އެމްޓީސީސީގެ 3 ޕްރޮޖެކްޓެއް ކުރިއަށް ގެންދޭ.
ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން 

ވެލިދޫ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއަށް ވެސް އާތިފް ވަނީ ފާޑު ވިދާޅުވެފަ އެވެ. 

އާތިފް ވިދާޅުވީ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ވެސް ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބަލަންޖެހޭ ކަންކަން އެންމެ ރަނގަޅަށް ނުބަލައި ކުއްލި އަކަށް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހިކިފައި އޮތީ ހިއްކި ސަރަހައްދު ނޫން ކަމަށާއި، އެރަށުގެ މޫދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަަމަށެވެ. 

ހުޅަނގު މޫސުމުގައި މަސައްކަތް ފެށިގެންދިޔައީ ފުދޭ ވަރަކަށް ގަދަ ދުވަސްވަރަކާ އެދުވަސްވަރު ދިމާވީ. ބައުންޑްރީ ނުޖަހާ ވެލި އަޅާލީ ފުރަތަމަ ކަމަކަށް. ވެލި އަޅާލާފައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ވަރަށް ލަސް. ވަރަށް ގިނަ ދުވަސްފަހުން ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ފެއްޓުނީ. އަދިވެސް އެއުޅެނީ ޖަހާ ނުނިމިގެން. އޭރުގައި މިދަންނަވާހެން ވެލިގަނޑުމޫވްގެން ގޮސްފައި އޮތްތަން އެ ފެންނަނީ. އެވެލިގަނޑު ނެގުމުގެ މަސައްކަތް ކުރި. އަޅުގަނޑުމެން ގޮސްފައި ހުއްޓުވީ. އަޅުގަނޑުމެން ދެންނެވީ މިހާރު ތިވެލި ތިހުރީ މޫވްވެފައޭ. ތިވެއްޔާ މިހާރު ނެޗުރަލީ އެނބުރޭ ވެއްޔާ އެއްވެފައި އޭ ހުންނާނީ. ދެން އެކްސްކަވޭޓަރުން ދަތްގަނޑު ޖަހައިގެން ތިތަން ނެގީމަ އެނެއްކާ ވެސް ވަރަށް ބޮޑަށް ހަލާކުވެގެން ދާނީ.
ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން 

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވެލިދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 23 ޖުލައި 2025 ގަ އެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން އެރަށު ފަޅުން 2.7 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ހިއްކާ މި ބިން ބޭނުން ކުރާނީ އޮޑިދޯނި ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށެވެ. 

ނ.ވެލިދޫއާތިފް ހުސެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ

"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ

30 ސެޕްޓެމްބަރު 2025
ނ. ވެލިދޫ ޖޫނިއަރ ކޮލެޖް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ވެލިދޫ ޖޫނިއަރ ކޮލެޖް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

12 ސެޕްޓެމްބަރު 2023
އެންމެ ފަޚުރުވެރިވާ ކަމަކީ ހިލޭ ޑިގްރީގެ ދަށުން ޒުވާނުންނަށް ފަހިކޮށްދެވުނު ފުރުސަތު: ރައީސް

އެންމެ ފަޚުރުވެރިވާ ކަމަކީ ހިލޭ ޑިގްރީގެ ދަށުން ޒުވާނުންނަށް ފަހިކޮށްދެވުނު ފުރުސަތު: ރައީސް

13 އޯގަސްޓު 2023
ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް

ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް

11 އޯގަސްޓު 2023
ސްކޫލްތައް އިމާރާތްކުރުމުގެ ދާއިރާއަށް އެމްޓީސީސީ ނުކުތުމަކީ ތާރީޚީ ކަމެއް - އާޒިމް

ސްކޫލްތައް އިމާރާތްކުރުމުގެ ދާއިރާއަށް އެމްޓީސީސީ ނުކުތުމަކީ ތާރީޚީ ކަމެއް - އާޒިމް

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު