Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް އޭވިއޭޝަން އޮތޯރިޓީ

އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ

ޑްރަގް ޓެސްޓުތައް ހަދާނީ ޕައިލެޓުންނާއި، އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރުންނާއި އަދި ފްލައިޓް ކްރޫއަށް

އަލީ ޝާހީން
އަލީ ޝާހީން | 1 ސެޕްޓެމްބަރު 2025 | ހޯމަ 11:27
މޯލްޑިވިއަން

މޯލްޑިވިއަން

ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ޑްރަގް ޓެސްޓު ހެދުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ އެކު އެއްބަސްވެއްޖެ އެވެ.

އެންޑީއޭއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ސީއޭއޭގެ ލައިސަންސް އޮންނަ އެންމެހާ މުވައްޒަފުންގެ ރެންޑަމް ޑްރަގް އަދި އަލްކަހޯލް ޓެސްޓު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މި ޓެސްޓުތައް ކުރިއަށް ގެންދާނީ ރޭމްޕް އިންސްޕެކްޝަންގެ ތެރެއިން ކަމަށް މިހާރު އެކުލަވާލާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ސީއޭއޭގެ ލައިސަންސް އޮންނަ މުވައްޒަފުންގެ ތެރޭގައި ޕައިލެޓުންނާއި، އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރުންނާއި އަދި ފްލައިޓް ކްރޫ ހިމެނެ އެވެ. މި މުވައްޒަފުންގެ ޑްރަގް ޓެސްޓު ހެދުމަކީ މަތިންދާބޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ކަށަވަރުކަމެއް ގެނެސްދޭނެ ކަމެއްކަމަށް ސީއޭއޭއިން ފާހަގަކުރެ އެވެ.

އެންޑީއޭއިން ފާހަގަކުރި ގޮތުގައި ސީއޭއޭއިން މިދިޔަ މެއި މަހު އަމަލުކުރަން ފެށި އައު ގަވާއިދުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތަށް އެ އިދާރާއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ އެވެ. މި އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީނޭޝަނަލް ޑްރަގް އޭޖެންސީޕައިލެޓްޑްރަގް ޓެސްޓްވައިގެ ދަތުރުފަތުރުބޯޓު ވެއްޓުން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
23 ސެޕްޓެމްބަރު 2025

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި
22 ސެޕްޓެމްބަރު 2025

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!
17 ޖުލައި 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ

17 ޖުލައި 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
27 ޖޫން 2025

ވެއްޓުނު އެއަރ އިންޑިއާގެ ފްލައިޓް ރެކޯޑަރުގެ މަޢުލޫމާތު ތަޙްޤީޤު ކުރާ ފަރާތްތަކަށް ލިބިއްޖެ

27 ޖޫން 2025
ވެއްޓުނު އެއަރ އިންޑިއާގެ ފްލައިޓް ރެކޯޑަރުގެ މަޢުލޫމާތު ތަޙްޤީޤު ކުރާ ފަރާތްތަކަށް ލިބިއްޖެ
26 ޖޫން 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާދިނުމާއި މުޖްތަމައުއަށް ނެރުމަށް ސަރުކާރުގެ ސިޔާސަތެއް ނެތް - އެމްޑީޕީ

26 ޖޫން 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާދިނުމާއި މުޖްތަމައުއަށް ނެރުމަށް ސަރުކާރުގެ ސިޔާސަތެއް ނެތް - އެމްޑީޕީ
13 މެއި 2025

އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަން ނިންމައިފި

13 މެއި 2025
އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަން ނިންމައިފި
05 ފެބުރުއަރީ 2025

ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 ވަރަކަށް މީހުން - އެންޑީއޭ

05 ފެބުރުއަރީ 2025
ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 ވަރަކަށް މީހުން - އެންޑީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު