Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮލިސް

"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ

މިކަމުގެ ސަބަބުން ގޭގެވެރިފަރާތް ހުރީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 15:03
ނ. ވެލިދޫ ގެޔަކަށް ފުލުހުންނަށް އޮޅުމަކުން ވަދެވުމުން ދޮރަށް ލިބުނު ގެއްލުން

ނ. ވެލިދޫ ގެޔަކަށް ފުލުހުންނަށް އޮޅުމަކުން ވަދެވުމުން ދޮރަށް ލިބުނު ގެއްލުން

އަންގާރަދުވަހުގެ ފަތިހުގެ ވަގުތެއްގައި ނ. ވެލިދޫ ގެޔެއްގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުންނަށް އޮޅުމަކުން ގެއަކަށް ވަދެވިއްޖެެވެ. މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަލާފާސްކުރަން ކަމަށްބުނެ ގަދަކަމުން އެގެޔަށް ވަނުމަށްފަހު ފުލުހުންވަނީ އެއީ އޮޅުމަކުން ދިމާވި ކަމެއް ކަމަށްބުނެ އެވަގުތު އެގޭގައި ނިދާފައޮތް އަހުމަދު ހާރޫންގެ ފާރާތުން މާފަަށްއެދިފައެވެ.

އަހުމަދު ހާރޫން ރާއްޖެ ޓިވީ އަށް މައުލޫމާތު ދިން ގޮތުގައި ދޮރުހަލާކުކޮށްލި އަޑަށް ސިއްސައިގެން ގޮސް ހޭލެވުނު އިރު އަށެއްކަ މީހުން ގޭތެރޭގައި ތިބިކަމަށެވެ. އަދި ތިމަންނާ މެން މިއީ ފުލުހުންނޭ، މި އައީ ކޯޓުއަމުރެއްގެ ދަށުން މި ގޭގައި ހުރި މަސްތުވާތަކެތި ހޯދަން ކަމުގައި ފުލުހުން ބުނިކަމުގައި ހާރޫން މައުލޫމާތު ދީފައިވެއެެވެ. ނަމަަވެސް ކޯޓު އަމުރު ބަލާ، ހާރޫންގެ މައުލޫމާތު ބެލުމަށްފަހު އެގެޔަށް ވަދެވުނީ އޮޅުމަކުން ކަމަށް ބުނެ "ބޭބޭ ސޮރީ" އޭ ބުނުމަށްފަހު ފުލުހުން އެގެއިން ނިކުމެގެން ދިޔެކަމަށް ހާރޫން ބުންޔެވެ.

Advertisement - newsAdvertisement

ހާރުން މައުލޫމާތު ދިން ގޮތުގައި ފުލުހުން އަސްލު ވަންނަން އުޅުނީ އެގެޔާ ޖެހިގެން ހުރި ގެޔަކަށެވެ. އެގެޔަށް ކަމަށް ހީކޮށް މީގެ ކުރިން ވެސް ހާރޫން ދިރިއުޅޭ ގެޔަށް ވަދެފައިވާކަމަށް ހާރޫން ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުން އެވަންނަން އުޅުނު ގެޔަކީ ދޭތެރެދޭތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލާފާސްކުރާ ގެއެއްކަން ހާރޫން ބުނެފައިވެއެވެ.

އަމިއްލަ ގޭގައި ނިދާފަ އޮއްވަ ފުލުހުން އެހާ އަނިޔާވެރިގޮތަކަށް ގެޔަށް ވަނުމުން ވަރަށް ބޮޑު ޝޮކެއްލިބިފައިވާ ކަމަށް ހާރޫން ފާހަގަކުރިއެވެ. ފުލުހުން އެގެޔަށް ވަނުމުގެ ތެރެއިން ދޮރު ހަލާކުވުމުގެ އިތުރުން، ދޮރު ވެއްޓުނު ބާރުމިނުގަ ތަޅުގެ އަތްގަނޑު ބިންމަށްޗަށް ޖެހި ތަށިމުށިތައްވެސް ތަޅައިގެންގޮސްފައިވާކަމަށް ހާރޫން ބުންޏެވެެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭނޭ ކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް ހާރޫން ފާހަގަކޮށްފައިވެއެވެ.

ހޯމަދުވަހުގެރޭ ނ. ވެލިދޫގައި މަސްތުވާތަކެތީގެ އޮޕާރޭޝަނެއްގެ ދަށުން އެރަށު ބައެއް ގޭގޭ ފުލުހުން ބަލާ ފާސްކޮށްފައިވެއެވެ. އަދި ބައެއް ތަންތަނުން މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީގެ ފަރާތުން ފުލުހުންގެ މީޑިޔާ އަށް ގުޅާލުމުން މައުލޫމާތެއް ލިބޭ ގޮތެއްވަނީ ނުވެފައެވެ.

ނ.ވެލިދޫޕޮލިސްމަސްތުވާތަކެތިކޯޓު އަމުރުރާއްޖެ ޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު