Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް އާޒިމް

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

މާލެ ސިޓީ މޭޔަރު ކަމުގެ އެމްޑީޕީ ޕްރައިމަރީގައި މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރެއްވުމާ ގުޅިގެން ބޭއްވި ހަރަކާތުގައި އާޒިމް ވިދާޅުވީ މިއީ މުޅި އެމްޑީޕީއަށް ލިބުނު ކާމިޔާބީ އެއް ކަމަށާ ވާދަކުރި ފަރާތާއެކު މަސައްކަތް ކޮށް އަނިޔާވެރި ސަރުކާރު މައިތިރިކުރަން މަސައްކަތް ކުރައްވާނެ ކަމަށް. އާޒިމް ވަނީ އެމްޑީޕީ ލީޑަރޝިޕާއި ޕާޓީން ދެމުންދާ ލޯތްބާއި އިހުތިރާމަށް ޝުކުރު އަދާކުރައްވައި ޕާޓީ ކުރިއަށް ގެންދިއުމަށް ކުރެވެން ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 03:10
މާލޭގެ މޭޔަރު އާދަމް އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް | އެމްޑީޕީ

ހިތްވަރު ލިބެނީ އެމްޑީޕީ ގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލިބޭ ލޯތްބާއި ކުރާ އިހުތިރާމާ ދޭ ގަދަރުގެ ސަބަބުން ކަމަށް މާލެ ސިޓީ ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ކާމިޔާބުކުރެއްވީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އެވެ. އާޒިމަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ ލިބުނު ކާމިޔާބީ އަކީ މުޅި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ އެއް ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީ އަކީ އަބަދުވެސް ވާދަވެރި އިންތިޚާބުތައް ބާއްވައިގެން ކުރިއަށް ދާ ޕާޓީ އެއް ކަމަށާ މިއަދު އެމްޑީޕީ ގަ ހުރި ސަބަބަކީ ވެސް އެއީ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ މިގޮތަށް އިންތިޚާބުތައް ބޭއްވުމަކީ ޕާޓީ ވަރުގަދަވާ ކަމެއް ކަމަށެވެ.

އަޅުގަނޑާ ވާދަކުރެއްވި ފަރާތަށް ވެސް ވެސް މަރުހަބާ ދަންނަވަން. އަޅުގަނޑު އެދެނީ އެބޭފުޅުން އަޅުގަނޑާ އެއްކޮށް މަސައްކަތް ފަށައި ދެއްވާ އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކޮށް މާލެ ސިޓީ މޭޔަރު ކަމާ ސިޓީ ކައުންސިލް އަދި މުޅި ރާއްޖޭގެ ކައުންސިލް އެއްކޮށް އެމްޑީޕީ އަށް ނެގުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް. އަލީ އާޒިމް އަޅުގަނޑަށް ގުޅާފަ މަރުހަބާ ދެންނެވި. އެކަމަށްޓަކައި އަލީ އާޒިމަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދުނިން އަލީ އަރިހުން ހިނގާށޭ އެއްކޮށް މަސައްކަތް ކޮށް، އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށް، އެމްޑީޕީ ގަ ކުރީގަ އޮތް ރޫހު އާލާކޮށް، އެ ރޫހާއެއްކޮށް ކުރިއަށް ގޮސް މި އަނިޔާވެރި، މަކަރުވެރި ވައްކަމުގަ ޖެހިފަ އޮތް ސަރުކާރު މައިތިރި ކުރަން މަސައްކަތް ކުރަން. އެ މަސައްކަތް ކުރިއަށް އޮތް ތަނުގަ ކުރާނަން.
 މާލެ ސިޓީ ގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ އެމްޑީޕީ އިން ކުރާ މިކުރާ މަސައްކަތަކީ ޑިމޮކްރަސީ ހަރުދަނާ ކޮށް މި ގައުމަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މި ގައުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން ރަނގަޅު މާލެ އެއް އަދި ގައުމެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު މަސައްކަތް ކުރުމަކީ ވިސްނުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އެމްޑީޕީ ގެ މުޅި ލީޑަރޝިޕުން އަބަދުވެސް ދެމުންދާ ހިތްވަރާ ކުރާ އިތުބާރަށް ޝުކުރު ދަންނަވާފަ އެވެ. އާޒިމް ވިދާޅުވީ ޕާޓީ އާ ގުޅުނު ދުވަހުން ފެށިގެން ވެސް މުޅި ޕާޓީ އިން ދެމުންދާ ލޯތްބާއި އިހުތިރާމާ ގަދަރަކީ ދުވަހަކުވެސް ހިތުން ފޮހެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި އެކަމުން ހިތްވަރު ލިބޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވަނީ އަބަދުވެސް އެމްޑީޕީ ކުރިއަށް ގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ އެންމެހާ މެންބަރުންނަށް ވެސް އަރުވާފަ އެވެ. އާޒިމް ގެ ވާހަކައިގައި ވަނީ އާޒިމް އަށް ވޯޓު ދެއްވާ، ކެމްޕެއިން ކުރެއްވުމުގައި އަދި ސަޕޯޓު ދިން އެންމެނަށް ޝުކުރު އަދާކުރައްވާފަ އެވެ. 

އާދަމް އާޒިމްއެމްޑީޕީމާލެ ސިޓީލޯކަލް ކައުންސިލް އިންތިހާބުއެމްޑީޕީ ޕްރައިމަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

16 ޖެނުއަރީ 2026
ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

16 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

16 ޖެނުއަރީ 2026
ޕްރައިމަރީ އިން ފެނުނީ އުފާވެރި މަންޒަރެއް، މިއީ އެމްޑީޕީ އިން ދެއްކި ނަމޫނާ އެއް: ނަޝީދު

ޕްރައިމަރީ އިން ފެނުނީ އުފާވެރި މަންޒަރެއް، މިއީ އެމްޑީޕީ އިން ދެއްކި ނަމޫނާ އެއް: ނަޝީދު

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު