Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަަމަޟާންމަހާއި އަޅުކަން

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

ރަމަޟާމަހުގެ ދެ ދިހައެއް ނިމި ފަހު ދިހައެއްގެ ތެރެއަށް އަހަރެމެން ދަތުރު ކުރަމުން ގެންދާއިރު، ދެން އަހަރެމެންނާ ބައްދަލުކުރަން މިއޮތީ ފަހު ދިހައިގެ ދުވަސްތައް، ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ފަހު ދިހައެއްގެ ރޭތަކުގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 މާރިޗު 2025 | ބުދަ 18:00
ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައެއްގެ ދުވަސްތަށް ފެށުން. 1000 މައްސަރައްވުރެ ހެޔޮވެގެންވާ ރެެ އެއް ވޭ

ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައެއްގެ ދުވަސްތަށް ފެށުން. 1000 މައްސަރައްވުރެ ހެޔޮވެގެންވާ ރެެ އެއް ވޭ

އަނެއްކާވެސް ރަމަޟާންމަހަކާއި ބައްދަލުވެ އެ މަހުގެ ފަހު ދިހައިގެ ދުވަސްތަކަށް އައީ އެވެ. އަހަރަކު އެއްފަހަރު ބައްދަލުކުރާ މި މަތިވެރި މިފުރުސަތުގެ ބޭނުން ހިފުނީ ކިހާ މިންވަރަކަށްތޯއެވެ. ތަރާވީޙާއި ރޭއަޅުކަމާއި ޤުރުއާން ކިޔެވުމުގެ އިތުރުން އަނބިދަރީންނަށް އެހީތެރިވެ ދިނުމަށް ވަގުތު ހޭދަ ކުރެވުނީ ކިހާ މިންވަރަކަށްތޯ އެވެ. ނަފްސު ހިސާބު ކުރުމަކީ ދިރިދުނިޔޭގައި ހުރި ކޮންމެ ހިނދެއްގައި ނިމުމެއް ނެތްކަމަކަށް ވީހިނދު ވޭތުވެދިޔަ ދުވަސްތަކާއި މެދު ވިސްނާ ފިކުރު ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ.

ރަމަޟާމަހުގެ ދެ ދިހައެއް ނިމި ފަހު ދިހައެއްގެ ތެރެއަށް އަހަރެމެން ދަތުރު ކުރަމުން ގެންދާއިރު، ދެން އަހަރެމެންނާ ބައްދަލުކުރަން މިއޮތީ ފަހު ދިހައިގެ ދުވަސްތަކެވެ. ލައިލަތުލްޤަދުރި ވިލޭރޭއެވެ. ވީމާ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަމުގައިވާ ލައިލަތުލްޤަދުރި ވިލޭރޭގެ މަތިވެރި ސަވާބާއި ދަރުމަ ހޯދުމަށް ކޮންމެ މީހަކު ކަމަރު ބަންނަން ވީއެވެ. 1000 މައްސަރުގެ ހެޔޮކަން އެކުލެވިގެންވާ އެރޭ މަޙުރޫމް ވުމަކީ ހާދަ ބޮޑު މަޙްރޫމްވުމެކެވެ.

ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް އަޅުކަންތަކަށް ދޭންވާ ސަމާލުކަން އެންމެ ފުރިހަމަ ގޮތުގައި ނުދެވުނު މީސްތަކުން ދަންނާށެވެ. މާޔޫސް ނުވާށެވެ. ވަގުތު އަދި ފާއިތެއް ނުވެއެވެ. ކުރިއަށް މިއޮތް ދުވަސްތަކުގެ ތާވަލް އަލުން އެކުލަވާލާށެވެ. ޤުރުއާން ކިޔެވުމުގެ މަހްފިލްތަކުން ގޭ ތެރެއަށް ދިރުން ގެނުވާށެވެ. ގޭގެ މަސައްކަތުގައި އަނބީންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ވީވަރަކުން ޞަދަޤާތެއް ކޮށްލަން އިސްކަން ދޭށެވެ.

ކީރިތި ރަސޫލާ ޞައްލަަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ.

އަބޫހުރައިރާ ގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. ރަމަޟާން މަސް އެމީހަކާ ދިމާވެ، އޭނާގެ ފާފަ ފުއްސެވުމުގެ ކުރިން އެ މަސް ނިމިއްޖެ މީހާ ނިކަމެތި ވެއްޖެއެވެ.
ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 3545

މިއީ އަބާއްޖަވެރިން ނުވަތަ ނިކަމެތިވާ ތިން ބައެއްގެ ވާހަކަ އައިސްފައިވާ ދިގު ޙަދީޘެއްގެ ބައެކެވެ. މި ބަސްފުޅު ޙަދީޘްކުރެއްވި ޙާދިޘާއާ ގުޅޭ ގޮތުން އައިސްފައިވެއެވެ.

ރަސޫލުﷲ صلى الله عليه وسلم އެއް ދުވަހަކު މިންބަރަށް އަރާވަޑައިގަތް އިރު، ކޮންމެ ހަރުފަތަކަށް އަރާވަޑައިގަތުމަށް ފަހު އާމީން ވިދާޅުވިއެވެ. ދެން އެކަލޭގެފާނު އާމީން ވިދާޅުވީ ކޮންކަމަކަށްތޯ އަޞްޙާބުބޭކަލުން ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ކޮންމެ ހަރުފަތަކަށް އަރައި ވަޑައިގަންނަވާހިނދު ޖިބްރީލު عليه السلام ދުޢާއެއް ވިދާޅުވާ ކަމަށާއި އެ ދުޢާއަށް އެކަލޭގެފާނު އާމީން ވިދާޅުވި ކަމަށެވެ.

ވީއިރު، ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ހިމެނިގެން ގޮސްފައި ވަނީ އެބައެއްގެ މައްޗަށް ނިކަމެތިކަން ހުރިކަމަށް ޖިބްރީލު ދުޢާ ކުރެއްވި މީހުންގެ ތެރެއިންނެވެ. ހަމަކަށަވަރުން ވެސް ޖިބްރީލު عليه السلام އެމީހެއްގެ މައްޗަށް ދުޢާ ކުރައްވައި، ރަސޫލުﷲ صلى الله عليه وسلم އެ ދުޢާއަށް އާމީން ވިދާޅުވެއްޖެ މީހާއަށް ވުރެ އަބާއްޖަވެރިންއަކީ ކާކު ހެއްޔެވެ. ވީމާ ، އެފަދަ މީހުންގެ ތެރޭގައި ނުހިމެނި ، މި މައްސަރުގެ ފުއްސެވުމާއި ރުއްސެވުން ހޯދުމަށް އަދިވެސް އިތުރު ހިތްވަރެއް ކޮށްލަމާ ތޯއެވެ. ފުއްސެވުމާއި ދިންނެވުން ލިބިގަތުމެށެވެ.

މަޢުޟޫމާތު: އިސްލާމީ ތިލަފަތުގެ ދަރުހަކުން

ރަަމަޟާންލައިލަތުލްޤަދުރިޤުރުއާން ކިޔެވުންރަމަޟާން 1446

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

01 މާރިޗު 2025
ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

01 މާރިޗު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު