Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ފަޅު

ހުޅުމާލޭ ފަޅު ތެރޭގައި ރަށްރަށުން އައިސް ތިބި ދަތުރުވެރިން ހާލުގައި ޖެހިފައި!

29 ޑިސެމްބަރު 2025 | ހޯމަ 10:48

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ހަދަމުންދާތީ ފަޅުތެރޭގެ ބޮޑު ބައެއް ބަންދުކޮށްފައިވާތީ ހުޅުމާލެ އަށް ދާންޖެހުނު މުދާ އުފުލާ ބޯޓުފަހަރު ފަޅުތެރޭގައި ތާށިވެ، އެތަނުގައި ބޯޓުފަހަރަށް ގާތްކުރެވޭނެ އަދި މުދާ އަރުވައި ބޭލޭނެ އިންތިޒާމެއް ނެތުމާއެކު ބޯޓުފަހަރު ދުއްވާ ފަރާތްތަކަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 10:48

'ހުޅުމާލޭ ގައި ބޯޓު ފަހަރަށް މުދާ ހިފައިގެން ވަދެވެނީ ވަރަށް ދަތި ހާލުގައި

މާލޭ އުތުރުފަރާތު ބޮޑު ތަކުރުފާނު މަގު ހަދާތީ ފަޅުތެރޭގެ ބޮޑު ބައެއް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ހުޅުމާލެ އަށް ފޮނުވާލި ބޯޓުފަހަރު ހާލުގައި ޖެހިފައިވާ ކަމަށް އެ ބޯޓުތައް ދުއްވާ ފަރާތްތަކުން ބުނެފި އެވެ.

ރަށްރަށަށް މުދާ ބަލައި އައިސްފައިވާ ބައެއް ބޯޓުފަހަރުގެ ވެރިން ބުނީ ބޯޓުފަހަރަށް ހުޅުމާލެ އެއްގަމު ތޮއްޓާ ގާތް ކުރެވޭނެ ފަސޭހަ އިންތިޒާމެއް ވެސް ހަމަ ޖައްސާފައި ނެތް ކަމަށެވެ.

އޭގެ ސަބަބުން ބޯޓުފަހަރުން ގެނައި ސާމާނު ބޭލޭނެ ގޮތެއް ވެސް އަދި ބޯޓު ފަހަރަށް މުދާ އެރުވޭނެ ގޮތެއް ވެސް ނެތް ކަމުގައެވެ.

ބޯޓު ފަހަރު ގާތް ކުރަން ހަމަޖައްސާފައިވާ ހުރި ސަރަހައްދުގެ އެއްގަމުގައި ޓިނު ޖަހާ ބަންދު ކޮށްފައިވާއިރު މުދާ އަރުވަން އަދި މީހުން އޮޑިފަހަރަށް އަރާފައިބަން ހުރީ، ޓިނު ގަނޑެއް ފޭކޮށްލައިފައި ހުރި ކުޑަ ކެންޑުމެކެވެ.

މަންޒަރު ފެންނަ ގޮތުގައި، މީހަކަށް ގުދުވެގެން ނޫނީ ޓިނު ބިއްގަނޑު ހުރަސް ކޮށް އެއްޗެއް ހިފައިގެން ވިޔަސް އޮޑިޔަކަށް ފޯރާނެ ގޮތެއް އެތާކު ނެތެވެ.

އޮޑިވެރިޔަކު ބުނި ގޮތުގައި ގިނަ އަދަދެއްގެ މުދާ އަރުވަން ޖެހޭއިރު އެ ހާލުގައި އެކަން ކުރާނެ ގޮތެއް ނުވިސްނޭ ކަމުގައެވެ.

ހުޅުމާލެ އެއްގަމު ތޮށި ކައިރީގައި ޖަހާފައިވާ ޓިނު ބިއްގަނޑު

ހުޅުމާލެ އެއްގަމު ތޮށި ކައިރީގައި ޖަހާފައިވާ ޓިނު ބިއްގަނޑު

ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބުނީ އެމީހުން ފަޅުތެރޭގައި ތިބޭތާ ހަތް ދުވަސް ވެއްޖެ ކަމަށާއި އަދިވެސް މުދާ އަރުވާ ބޭލޭނެ ދުވަހެއް ނޭނގޭ ކަމަށާއި އަދި ކިހާ ދުވަހަކު ތިބެން ޖެހޭނެ ކަމެއް ވެސް ނޭނގޭ ކަމުގައެވެ.

މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވާ ގޮތުގައި އެހާ ގިނަ ދުވަހު ފަޅުތެރޭގައި ތާށިވުމުން، ރަށުން ކާޑުގެ ބައެއް ބާވަތްތައް ހުސްވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އާންމު ގޮތެއްގައި މާލޭގެ ފަޅުތެރޭގައި ގިނަ ވެގެން 3-4 ދުވަސް ކޮށްފައި ރަށަށް ފުރާ އުޅަނދުފަހަރު ފަޅުތެރޭގައި ތާށިވުމުން ބޮޑެތި ގެއްލުންތައް އޮޑިވެރިންނަށް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނޫހަށް މަޢުލޫމާތު ދެމުން މާލެ ދަތުރުކުރާ ބޯޓެއްގައި އާންމުކޮށް ދަތުރުކުރާ ފަޅުވެރިއަކު ބުނިގޮތުގައި، އެއްވެސް ކަމެއް ނުކުރެވި ފަޅުތެރޭގައި ބޯޓު އޮންނަތާ މިއަދަށް 4 ދުވަސް ވެއްޖެ ކަމަށާއި ބޯޓުން ފެން ހުސްވާން ގާތްވެފައިވާއިރު ފެން ލެވޭނެ ގޮތެއް ވެސް ނެތް ކަމުގަ އެވެ.

"އާންމުކޮށް ބޯޓެއްގައި ބޭނުންކުރަން ފެން މިހުންނަނީ 1 ދުވަސް 2 ދުވަހުގެ ފެން. އެއީ ކަންކަން އަދި ފެންވަރަން ކަމަށް ވިޔަސް. މިތަނުން ބޯޓުން ފެން ހުސްވެއްޖެނަމަ ބޯޓަށް ފެން ލެވޭނެ ގޮތެއްވެސް ނެތް. ބޯޓް ފަޅުވެރިން ކިޔާ ގޮތުންނަމަ މިއީ ރާއްޖެތެރެއިން އަންނަ މީހުންގެ ޖަލު." އޭނާ ބުންޏެވެ.

މިނޫހަށް މަޢުލޫމާތު ދިން ބޯޓެއްގެ ކެޕްޓަން ހާމަ ކުރި ގޮތުގައި، އެންމެ ބޮޑަށް އުދަނގޫވެގެން އުޅެން ޖެހިފައިވަނީ މުޅި ޞަރަޙައްދު ޓިނު ޖަހާ ބަންދުކޮށްލުމުން ކަމަށެވެ.

"މިހެން ނުހެދި ނަމަ ގުޅާލުމުން މިޞަރަޙައްދަށް އޭރުން ޕިކަޕެއްގައި ވެސް ގެނެސް އަހަރަމެންނަށް ކޮންމެވެސް ގޮތެއް ހެދޭނެ." 

b

އެއްވެސް ރޭވުމެއް އިންތިޒާމެއް ނެތި ކަންކަން ކުރުމުން އެތައް އުނދަގޫތަކާއި ގެއްލުންވަމުންދާ ކަމަށާއި، މިއިން ކަމަކާ އަޅާލާނެ ޝަކުވާ ހިފައިގެންދާނީ ކޮންދިމާލަކަށް ކަން ވެސް ނޭނގޭ ކަމަށް ބޯޓަކުން ވާހަކަ ދެއްކި ފަރާތަކުން ބުންޏެވެ.

ރޯދައަށް ތައްޔާރުވާން މިހާރުން ފެށިގެން ވިޔަފާރިވެރިން ވަނީ ރަށްރަށަށް މުދާ ގެންދަން ތައްޔާރުވާން ފަށާފައެވެ. ނަމަވެސް މާލޭގެ ފަޅުތެރެ ބޭނުން ކުރުމަށް ދިމާވި ކުއްލި ހުރަސްތަކުގެ ސަބަބުން ރޯދަމަސް ބޯމަތިވެގެން އަންނައިރު ވިޔަފާރިވެރިންނަށް ވަނީ އިތުރު ތަކުލީފެެއް ކުރިމަތިވެފައި ކަމަށް ހުޅުމާލޭ ފަޅުތެރޭގައި ތާށިވެފައިވާ ބޯޓެއް ދުއްވާ ފަރާތަކުން ބުންޏެވެ.

ބޯޓު ފަހަރުމުދާ އުފުލާ ބޯޓު ފަހަރު

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

އިންޑިއާ ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

25 ސެޕްޓެމްބަރު 2025
އިންޑިއާ ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް